ކޮވިޑް-19: އެންމެ ފަހުގެ

16,636,239
  • ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އަސާސީ ބާވަތްތައް މެދު ނުކެނޑި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން: އިންޑިއާ ސަފީރު
  • ލިބުނު ފައިސާއިން ފޫބެއްދޭނީ މިހާރުގެ ޚަރަދުތައް އެކަނި، އިތުރު ފައިސާ ހޯދަން ކުރާ މަޝްވަރާތައް އުނދަގޫ
  • ފުރަބަންދު އަމުރާ ހިލާފުވެގެން ޖޫރިމަނާގެ ގޮތުގައި 4 މިލިއަން ރުފިޔާ!
 
Writer Profile Picture
އަމަން ހަލީމް
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އަސާސީ ބާވަތްތައް މެދު ނުކެނޑި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން: އިންޑިއާ ސަފީރު

ކޮވިޑް-19 ގެ މި ހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ އަސާސީ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންޑިއާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނ ސަފީރު ސަންޖޭ ސުދީރް ދެއްވައިފި އެވެ. ސަފީރު ވިދާޅުވީ، ރާއްޖެއާ އިންޑިއާ އަކީ ޒަމާންވީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމު ކަމަށާއި، ކޮވިޑްގެ ކަންތައްތައްކުގައި ރާއްޖެއާއެކު މަސައްކަތް ކުރަން ފުުރުސަތު ލިބިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

16 މެއި 2020 | ހޮނިހިރު 14:25
Writer Profile Picture
އަމަން ހަލީމް
ލިބުނު ފައިސާއިން ފޫބެއްދޭނީ މިހާރުގެ ޚަރަދުތައް އެކަނި، އިތުރު ފައިސާ ހޯދަން ކުރާ މަޝްވަރާތައް އުނދަގޫ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު އާމްދަނީ ލިބޭ މިންވަރު މަދުވެފައި ވާތީ ބޭރު އެހީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ 200 މިލިއަން ޑޮލަރުން ހަމަޖެއްސޭނީ މިހާރަށް ކުރަން ހުރި ޚަރަދުތައް އެކަނި ކަމަށާއި އިތުރު އެހީ ހޯދުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

16 މެއި 2020 | ހޮނިހިރު 14:24
Writer Profile Picture
އަމަން ހަލީމް
ފުރަބަންދު އަމުރާ ހިލާފުވެގެން ޖޫރިމަނާގެ ގޮތުގައި 4 މިލިއަން ރުފިޔާ!

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން ހުކުރު ދުވަހު ޖުމުލަ 128 މީހަކު ޖޫރިމަނާ ކޮށް، އިތުުރު 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުރަބަންދު އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމުލަ ޢަދަދަކީ 4،020 އެވެ. މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 4،020،000ރ (ހަތަރު މިލިއަން ވިހި ހާސް ރުފިޔާ) އެވެ.

16 މެއި 2020 | ހޮނިހިރު 14:23
Writer Profile Picture
އަމަން ހަލީމް
ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަންޖެހޭ މީހުންނަށް ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި: މަނަަދޫ ކައުންސިލް

ނ. މަނަދޫގައި ދާއިމީކޮށް ބޭސް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ، ދާއިމީ ފަރުވާއަށް ބައެއް ބޭސްތައް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

16 މެއި 2020 | ހޮނިހިރު 14:22
Writer Profile Picture
އަމަން ހަލީމް
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ: އިސްލާމިކް މިނިސްޓްރީ

ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 2،480،200ރ (ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ހާސް ދުއިސައްތަ ރުފިޔާ) ލިބިފައިވާ ކަމަށެވެ.

16 މެއި 2020 | ހޮނިހިރު 14:20
Writer Profile Picture
ލައިޝާ އަހްމަދު
އިތުރު 11 މީހުން ޕޮޒިޓިވްވެ، ޖުމުލަ އަދަދު 1031ށް!
16 މެއި 2020 | ހޮނިހިރު 06:15
Writer Profile Picture
ލައިޝާ އަހްމަދު
މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް
16 މެއި 2020 | ހޮނިހިރު 06:14
Writer Profile Picture
ލައިޝާ އަހްމަދު
ރިހެބުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކިހިނެއްކަމެއް ނޭންގޭ
16 މެއި 2020 | ހޮނިހިރު 06:13
Writer Profile Picture
ލައިޝާ އަހްމަދު
ހައިރިސްކް މީހުންގެ ފަރުވާ މެދުކަނޑާ ނުލާ: ޑރ. ޝަހީދު
16 މެއި 2020 | ހޮނިހިރު 06:13
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ އިތުރު ސާމާނުތަކެއް ގެނެސްފި

ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފިއެވެ.

300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.

16 މެއި 2020 | ހޮނިހިރު 06:12
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 11 މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު 1031 އަށް އަރައިފި

ހުކުުރު ދުވަހުގެރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހުގެރޭ 03:00 ގެ ނިޔަލަށް އިތުރު 11 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި، ބަނގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއްކަމަށް އެޗްޕީއޭއިން ބުނެ އެވެ.

16 މެއި 2020 | ހޮނިހިރު 03:28
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގެޑޭޝްބޯޑުންދައްކާގޮތުން ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 49ށް އަރާފައެވެ. އެގޮތުން އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 4.80 އިންސައްތަކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެތެރޭގައި ގިނައީ ދިވެހިންނެވެ. އަދި މި އަދަދުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކުން މި ބަލި ފެނުނުއިރު ފާހަގަކުރެވުނު ބިދޭސީން ވެސް ހިމެނެ އެވެ. މިހާރު ރިކަވަރނުވެ ހުރި ކޭސްތަކުގެ ތެރޭގައި ގިނައީ މާލެ ސިޓީއިން ކޮމިއުނިޓީ ޓްރާންސްމިޝަން ދެނެގަނެވުނު ފަހުން ފެންމަތިވެފައިވާ ކޭސްތަކެވެ.

16 މެއި 2020 | ހޮނިހިރު 00:49
Writer Profile Picture
އާއިޝަތު ޝިއުރާ
މާލޭގައި ދެން ވިޔަފާރި ކުރަން ނިކުމެވޭނީ ހަފުތާއަކު އެންމެ ފަހަރަކު
15 މެއި 2020 | ހުކުރު 02:30
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު ހަ މީހެއްގެ ބަލި ފަސޭހަވެ، ޖުމްލަ އަދަދު 46ށް
15 މެއި 2020 | ހުކުރު 00:50
Writer Profile Picture
އާއިޝަތު ޝިއުރާ
ސާރީ ކޭސްތަކުންނާއި ފްލޫ ކްލިނިކްތަކުން ސަރޖް އައުމުން އިނގޭނެ
15 މެއި 2020 | ހުކުރު 00:49
Writer Profile Picture
އާއިޝަތު ޝިއުރާ
ބަންގްލަދޭޝްގެ 500 އަށްވުރެ ގިނަ މީހުން ގައުމަށް ފޮނުވާލަނީ
15 މެއި 2020 | ހުކުރު 00:49
Writer Profile Picture
އާއިޝަތު ޝިއުރާ
ހީކުރިވަރުގެ ސަރޖެއް އަދި ނާދޭ

ހީކުރިވަރުގެ ސަރޖެއް އަދި ނާދޭ، އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ކޭސްތައް އިތުރުވެދާނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

14 މެއި 2020 | ބުރާސްފަތި 22:33
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް 1.89 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް 1.89 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

14 މެއި 2020 | ބުރާސްފަތި 22:23
Writer Profile Picture
އާއިޝަތު ޝިއުރާ
ބިދޭސީން ދިރިއުޅޭ 33 ތަނެއްގެ ސާމްޕަލް ނެގިފައިވަނީ

ބިދޭސީން ދިރިއުޅެމުންދާ 33 ތަނެއްގެ ސާމްޕަލް ވަނީ ނެގިފައި. އަދި ސައިޓްތަކަށް ބަދަލުކުރެވިފައިވަނީ. ޖުމްލަ 500 ސާމްޕަލް ވަނީ ނެގިފައި

14 މެއި 2020 | ބުރާސްފަތި 22:22
Writer Profile Picture
އާއިޝަތު ޝިއުރާ
ފްރޮންޓް ލައިންގައި މަސައްކަތްކުރާ 137 މީހަކު ވަނީ ޕޮޒިޓިވްވެފައި

ފްރޮންޓް ލައިންގައި މަސައްކަތްކުރާ 137 މީހަކު މިހާތަނަށް އައިއިރު ވަނީ ޕޮޒިޓިވްވެފައި

14 މެއި 2020 | ބުރާސްފަތި 22:18
Writer Profile Picture
އާއިޝަތު ޝިއުރާ
ލޮކްޑައުން އާ ޚިލާފުވި 42 މީހަކު ޖޫރިމަނާކޮށްފި

ލޮކްޑައުން އާ ޚިލާފުވެގެން މިއަދު 42 މީހަކު ވަނީ ޖޫރިމަނާކޮށްފައި

14 މެއި 2020 | ބުރާސްފަތި 22:14
Writer Profile Picture
އާއިޝަތު ޝިއުރާ
ކ. ތުލުސްދޫ އަދި ށ މިލަންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

މޮނިޓަރިންގ ގައި އޮތް ކ ތުލުސްދޫ އަދި ށ މިލަންދޫ މޮނިޓަރިން ގެ ހާލަތުން މިއަދު ނަގައިފި

14 މެއި 2020 | ބުރާސްފަތި 22:14
Writer Profile Picture
އާއިޝަތު ޝިއުރާ
ކަރަންޓީނު ފެސިލިޓީތަކުން 65 މީހަކު މިއަދު ދޫކޮށްލާފައިވޭ

ކަރަންޓީނުން މިއަދު 65 މީހަކު މިއަދު ދޫކޮށްލާފައިވޭ. އަދި ކަރަންޓީނުގައި ތިބި 61 މީހެއްގެ ސާމްޕަލް ވަނީ ނަގާފައި

14 މެއި 2020 | ބުރާސްފަތި 22:13
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިފައިވާ އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ. އެއާއެކު ޖުމްލަ އަދަދު 46 ށް މިވަނީ އަރާފައި

14 މެއި 2020 | ބުރާސްފަތި 22:12
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 14 މީހުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކު ޖުމްލަ އަދަދަކީ 982 ށް އަރާފައި

14 މެއި 2020 | ބުރާސްފަތި 22:11