ކޮވިޑް-19: އެންމެ ފަހުގެ

16,630,184
  • ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ ހުރީ ރީތިރަށް ރިސޯޓުގައި
  • ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ
  • ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކްލޯސް ކޮންޓެކްޓްވި ދެ ދިވެއްސެއް އައިސޮލޭޓްކޮށްފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ ހުރީ ރީތިރަށް ރިސޯޓުގައި

ފެލައިނީއާއި ކޮންޓެކްޓްވެފައި ހުރި މީހަކު ވާނަމަ 1676 އަށް ގުޅުމަށް އެދިއްޖެ

22 މާރޗް 2020 | އާދީއްތަ 21:11
Writer Profile Picture
ޙުސައިން މަޚްތޫމް
ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ

ފެލައިނީ ރާއްޖެ އައިއިރުވެސް ބަލި ޖެހިފައި ހުރިކަމަށް ވެދާނެ. އެކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން.

ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު ވަނީ އައިސޮލޭޝަނަށް ގެންގޮސްފައި

22 މާރޗް 2020 | އާދީއްތަ 21:10
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކްލޯސް ކޮންޓެކްޓްވި ދެ ދިވެއްސެއް އައިސޮލޭޓްކޮށްފި
22 މާރޗް 2020 | އާދީއްތަ 20:30
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބަންގްލަދޭޝަށް ދަތުރުކުރާ އަދި ބަންގްލަޑޭޝްގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

22 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 31 މާރިޗު 2020 އަށް ބަންގްލަޑޭޝްއަށް ވަނުމަށް ދޫކުރާ އޮން-އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލަން އެޤައުމުގެ ސަރުކާރުން ވަނި ނިންމާފައެވެ. މީގެ އިތުރުންވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަދޭޝްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން، ބަންގްލަދޭޝަށް ދަތުރުކުރާ އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

22 މާރޗް 2020 | އާދީއްތަ 19:01
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މޯލްޑިވިއަންގައި މަސައްކަތްކުރާ 55 އަހަރުން މަތީގެ މުވައްޒަފުންނަށް ޚާއްޞަ ލުއިތަކެއް ހަމަޖައްސައިދެނީ

މޯލްޑިވިއަނުން ބުނީ އެކުންފުނީގައި މަސައްކަތްކުރާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންގެ ތެރެއިން، ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ކެންސަރާއި، ލޭމައްޗަށް ދިއުންފަދަ ބަލިތައް ތަޙައްމަލް ކުރަމުންދާ މުވައްޒަފުންގެ އިތުރުން މާބަނޑު މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތައް އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

22 މާރޗް 2020 | އާދީއްތަ 18:57
Writer Profile Picture
ޒިހްނަތު ހަސަން
މޯލްޑިވިއަންގެ މޭނޭޖްމެންޓާއި ބޯޑް މެންބަރުންގެ މުސާރައިން 20 އިން ސައްތަ އުނިކުރަނީ

މޯލްޑިވިއަންގެ މޭނޭޖްމެންޓާއި ބޯޑް މެންބަރުންގެ މުސާރައިން 20 އިން ސައްތަ އުނިކުރަން ނިންމައިފިއެވެ. މިއީ ކޮވިޑް019 އާއި ގުޅިގެން ޚަރަދުކުރުމުގެ ގޮތުން އެކުންފުނިން އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން، މުސާރަ ނުހިނގާ ގޮތައް މުވައްޒަފަކު އަމިއްލައަށް ޗުއްޓީ ނަގަން ބޭނުންވާނަމަ އެފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

22 މާރޗް 2020 | އާދީއްތަ 18:53
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސިންގަޕޫރަށް ދަތުރުކުރާ އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެ ޤައުމަށް ފަތުރުވެރިން ވަނުން އަދި ޓްރާންސިޓްކުރުން މަނާކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ސިއްޙީ އަދި ދަތުރުފަތުރުގެ ދާއިރާ ފަދަ ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިޔަވައި، ސިންގަޕޫރުގައި މަސައްކަތް ކުރާ އެހެން ބިދޭސީން އެޤައުމަށް އެނބުރި ދިއުން އަދި ވަނުންވެސް މަނާކުރަން އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ދިވެހި ޚާއްރިޖިއްޔާއިން ވަނީ ދިވެހިން ސަމާލުުވުމަށް އިލްތިމާސްކޮށްފައެވެ.

22 މާރޗް 2020 | އާދީއްތަ 18:51
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރު ވައިރަސްޖެހިގެން ދުނިޔެއިން 500އަށް ވުރެ ގިނަ މަރު

ދުނިޔޭގެ 188 ޤައުމަކުން ކޮވިޑް-19 ފެނިފައިވާއިރު، ފާއިތުވި 24 ގަޑިއިރު މިވައިރަސް ޖެހިގެން 592 މީހުން ވަނީ މަރުވެފައެވެ. މިއާއެކު، މުޅި ދުނިޔެއިން މި ވައިރަސްގައި މަރުވީ މީހުންގެ އަދަދު ވަނީ، 13,599 އަށް އަރާފައެވެ. މިއަދު އެކަނިވެސް 11,639 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 316,629 އަށް އަރާފައެވެ. މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކަރަންޓީންކޮށްގެންނާއި އެކަހެރިކޮށްގެން 207,108 މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 10,140 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފަރުވާ ދީގެން މިހާތަނަށް 95,922 މީހުން ވަނީ ރަނގަޅުވެފައެވެ.

22 މާރޗް 2020 | އާދީއްތަ 18:39
Writer Profile Picture
ޒިހްނަތު ހަސަން
ކަރަންޓީން ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖައްސައިފި
22 މާރޗް 2020 | އާދީއްތަ 18:27
Writer Profile Picture
ޒިހްނަތު ހަސަން
އަނަންތަރަ ދިގުގެ ތިން މީހަކު ޓެސްޓުކުރަނީ

ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އަންނަތަރަ ދިގު މޯލްޑިވްސް ރިސޯޓުގެ ތިން މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

22 މާރޗް 2020 | އާދީއްތަ 18:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބަންގްލަދޭޝުން އަޅާފައިވާ އިތުރު ފިޔަވަޅުތަކާއެކު ދިވެހިން ސަމާލުވާން އަންގައިފި

ކޮވިޑް-19 އާއި ގުޅިގެން ބަންގުލަދޭޝްގައި އިތުރު ފިޔަވަޅުތައް އަޅާފައިވާތީ އެގައުމަށް ދަތުރުކުރާ އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަނެއްކާ ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

22 މާރޗް 2020 | އާދީއްތަ 18:24
Writer Profile Picture
ޒިހްނަތު ހަސަން
ފެލައިނީ އަށް ވައިރަސް ޖެހިފައިވަނީ ޗައިނާއިން ކަމަށް ބެލެވޭ، ކްލޯޒް ކޮންޓެކްޓެއް އައިސޮލޭޝަންގައި: މަބްރޫކް

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވަނީ ޗައިނާއިން ކަމަށް ބެލެވޭ ކަމަށް ކޮވިޑް-19 ޓާސްކްޕޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

22 މާރޗް 2020 | އާދީއްތަ 18:23
Writer Profile Picture
ޒިހްނަތު ހަސަން
ހެލްތު މިނިސްޓްރީގެ އެންގުމާއި ޚިލާފަށް ސަފާރީ އަކުން ހުޅުމާލެއަށް ފޭބި މީހަކު ހައްޔަރުކޮށްފި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާއި ޚިލާފަށް ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

22 މާރޗް 2020 | އާދީއްތަ 18:20
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އޮލިމްޕިކްސް ފަސްކުރަނީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

22 މާރޗް 2020 | އާދީއްތަ 16:03
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ސްރީލަންކާގެ ކޭސްތަކުގެ އަދަދު 80 އަށް!

ސްރީލަންކާއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މިއާއި އެކު އެގައުމުގެ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަނީ 80 އަށް އަރާފައެވެ.

22 މާރޗް 2020 | އާދީއްތަ 15:55
Writer Profile Picture
މުހައްމަދު ފަޒީން
މިހާތަނަށް 637 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވޭ

މަބްރޫކް ވިދާޅުވީ، މިހާތަނަށް 637 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް. އޭގެތެރެއިން މިހާތަނަށް 621 މީހަކު ނެގަޓިވް ވެފައިވާއިރު، ޕޮޒިޓިވްވީ، 13 މީހުން ކަމަށް. އަދި ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 3 މީހެއް މިހާރު ރަނގަޅު ވެފައިވާ ކަމަށް. މީގެއިތުރުން މަބްރޫކް ވިދާޅުވީ ދެ މީހެއްގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭ ކަމަށް.

22 މާރޗް 2020 | އާދީއްތަ 14:57
Writer Profile Picture
މުހައްމަދު ފަޒީން
ކޮވިޑް-19: ޕްރެސް:- އިއްޔެ ރާއްޖެއަށް އައި މީހުންގެ އަދަދުތައް

އިއްޔެ ރާއްޖެއަށް 393 މީހަކު އައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، 160 ދިވެހިން ކަމަށާއި އަދި ފަތުރުވެރިންގެ ގޮތުގައި 204 މީހަކު އައި ކަމަށާއި އެހެނިހެން ނުވަތަ ވޯކްވިސާގައި 29 މީހަކު ރާއްޖެއައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި

22 މާރޗް 2020 | އާދީއްތަ 14:51
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އެފްއޭއެމްގެ މުވައްޒަފުން ދެން މަސައްކަތް ކުރާނީ ގޭގައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

22 މާރޗް 2020 | އާދީއްތަ 09:52
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ވައިރަސް އާ ގުޅިގެން އިތުރު ތަކެތިން އިމްޕޯޓް ޑިޔުޓީ ކަނޑާލައިފި

ކޮވިޑް-19 ފެތުރެމުންދާތީ އިމްޕޯޓްކުރާ އިތުރު ތަކެތީގެ ޑިއުޓީތައް ކަސްޓަމްސްއިން ކަނޑާލައިފިއެވެ. އަލަށް ޑިއުޓީ މާފްކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރޮޓެކްޓިވް މާސްކާއި ހޭންޑް ވޮޝްއާއި ޕްރޮޓެކްޓިވް ގްލޯވްއާއ ފޭސް ޝީލްޑާއި ޑިސްއިންފެކްޓެވެ.

22 މާރޗް 2020 | އާދީއްތަ 07:20
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ކާބޯތަކެއްޗާއި ސިއްހީތަކެތި އުފައްދާ ފެކްޓްރީތައް ނޫން ހުރިހާ ފެކްޓްރީތަކެއް ބަންދުކުރަނީ

ހަލުވިމިނުގައި އިޓަލީގައި ކޮވިޑް-19 ފެތުރެމުންދާތީ ކާބޯތަކެއްޗާއި ސިއްހީ ތަކެތި އުފައްދާ ކާރުހާނާތައް ނޫން ހުރިހާ ކާރުހާނަތަކެއް ބަންދުކުރުމަށް ނިންމާފައިވާކަމަށް އިޓަލީގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ. ފޭސްބުކް ލައިވް އެއްގައި ވާހަކަދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީއަށް ދިމާވި އެންމެ އުނދަގޫ ދުވަސްތައްކަމަށެވެ. އެހެންކަމުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. މިހާތަނަށް އެގައުމުން މިވައިރަސް 53،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު 4000 ށް ވުރެ މައްޗަށް އަރައެވެ.

22 މާރޗް 2020 | އާދީއްތަ 06:48
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އާއި އަނބިކަނބަލުން ވައިރަސް އަށް ނެގެޓިވް

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އާއި އަނބިކަނބަލުން ކޮވިޑް-19 އަށް ނެގެޓިވްކަމަށް ނައިބު ރައީސްގެ ސްޕޯކްސްވުމެން ވިދާޅުވެއްޖެ އެވެ. އެކަން ހާމަކޮށްފައިވަނީ ކޮށްފައިވާ ޓްވީޓެއްގަ އެވެ. ޕެންސް އާއި އަނބިކަނބަލުން ވައިރަސް އަށް ޓެސްޓް ކުރެއްވީ އޮފީހުގައި އުޅޭ ސްޓާފަކު ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

22 މާރޗް 2020 | އާދީއްތަ 06:32
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެޕަލް ކުންފުނިން 2 މިލިއަން މާސްކު އެމެރިކާ އާއި ޔޫރަޕްގެ ސިއްހީ އެހީތެރިންނަށް ދެނީ

އެޕަލް ކުންފުނިން 2 މިލިއަން މާސްކު އެމެރިކާ އާއި ޔޫރަޕްގެ ސިއްހީ އެހީތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެފި އެވެ. އެކަން ހާމަކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ ކޮށްފައިވާ ޓްވީޓެއްގަ އެވެ.

22 މާރޗް 2020 | އާދީއްތަ 05:43
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ބޮލީވިއާގައި 14 ދުވަހުގެ ކަރަންޓީނު އިއުލާންކޮށްފި

ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޮލީވިއާގައި 14 ދުވަހުގެ ކަރަންޓީނު އެގައުމުގެ ރައީސް އިއުލާންކުރައްވައިފި އެވެ. އެގައުމުގެ ރައީސް ވިދާޅުވީ ހުރިހާ އެންމެންވެސް 24 ގަޑިއިރު ތިބެންޖެހޭނީ ގޭގައި ކަމަށެވެ. އަދި ފިހާރަތަކަށް އެއްޗެހި ގަތުމަށް ކޮންމެ އާއިލާއަކުންވެސް ދެވޭނީ އެކަކަށްކަމަަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ޕަބްލިކާއި ޕްރައިވެޓް ޓްރާންސްޕޯޓް ވެސް ބަންދުކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

22 މާރޗް 2020 | އާދީއްތަ 04:42
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ލެވަންޑޯސްކީގެ ދީލަތި އެހީއެއް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދީލަތި އެހީއެއް ވެއްޖެ އެވެ.

ޖަރުމަން ގައުމީ ޓީމުގެ ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ވަނީ ގުޅިގެން ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ފަންޑެއް ހުޅުވާފައެވެ.

މި ފަންޑަށް ޖަރުމަން ގައުމީ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި އޭނާގެ އަންހެނުން ވަނީ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

22 މާރޗް 2020 | އާދީއްތަ 04:05
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ޗިލީން މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ޗިލީން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިމީހާއަކީ އުމުރުން 82 އަހަރުގެ އަންހެނެއްކަމަށް އެގައުމުން ބުނެއެވެ.

22 މާރޗް 2020 | އާދީއްތަ 03:21