ކޮވިޑް-19: އެންމެ ފަހުގެ

18,053,451
  • ކޮވިޑް-19 ގެ 72 އިންސައްތަ ޚަރަދުތައް ކުރެވިފައިވަނީ އެސްޓީއޯ މެދުވެރިކޮށް: މިނިސްޓަރ
  • ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ: މިނިސްޓަރ
  • ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތް: މިނިސްޓަރ
 
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 ގެ 72 އިންސައްތަ ޚަރަދުތައް ކުރެވިފައިވަނީ އެސްޓީއޯ މެދުވެރިކޮށް: މިނިސްޓަރ

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ވަރަށް އަވަހަށް ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތް ނިންމައި އެކަމުގެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށް، ގާތްގަނޑަކަށް 72 އިންސައްތަ ޚަރަދުތައް ކުރެވިފައިވަނީ ޖުމުލަކޮށް އެސްޓީއޯ މެދުވެރިކޮށް ކަމަށްވެސް މިނިސްޓަރ ވިދާޅުވި، އަދި އެކަމުގެ އޮޑިޓެއްވެސް ހެދުމަށް އިންޓަރނަލް އޮޑިޓް ކޮމިޓީގައި އެދި އެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވި

23 މެއި 2020 | ހޮނިހިރު 16:01
Writer Profile Picture
ލައިޝާ އަހްމަދު
ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު ހުންނާނެ: މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ، ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގައި މިހާރުވެސް 190 މިލިއަން ޑޮލަރު ހުންނާނެކަމަށް،

23 މެއި 2020 | ހޮނިހިރު 15:51
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތް: މިނިސްޓަރ

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ، ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް ނެތްކަމަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ދައްޗެއް އަންނާނެކަމަށް ނުބެލެވޭކަމަށްވެސް ވިދާޅުވި

23 މެއި 2020 | ހޮނިހިރު 15:48
Writer Profile Picture
ލައިޝާ އަހްމަދު
ލޭންޑް ރެންޓް ފަސް ކުރުމުން މި އަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދޭ

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ، ލޭންޑް ރެންޓް ފަސް ކުރުމުން މި އަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދާ ކަމަށް،

23 މެއި 2020 | ހޮނިހިރު 15:37
Writer Profile Picture
ލައިޝާ އަހްމަދު
އިންކަމް ސަޕޯޓް އެލަވަންސް 69 ފަރާތަކަށް ދީފި
23 މެއި 2020 | ހޮނިހިރު 15:28
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް ޓެކްސްއެއް ނެގުމަށް މިހާތަނަށް ނިންމާފައެއް ނުވޭ: މިނިސްޓަރ

ކޮވިޑް ޓެކްސްގެ ގޮތުގައި އަދަދެއް ނެގުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް ޓެކްސްއެއް ނެގުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށް

އޭގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެކްޒެކްޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، އާމްދަނީ އިތުރުކުރުމާއި، ދަރަނި މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރެވެމުންދާކަމަށް،

23 މެއި 2020 | ހޮނިހިރު 15:27
Writer Profile Picture
ލައިޝާ އަހްމަދު
ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތްވެސް ކުރެވެމުންދޭ: ޕެންޝަން އޮފީސް

އިންވެސްޓްމަންޓް ރެޖީމް ފުޅާކުރުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާތައް ކުރެވެމުންދޭ، އަދި ކުރިއަށް އޮތް މުސްތަޤުބަލުގައި ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް އުފެއްދުމުގެ މަސައްކަތްވެސް ކުރެވެމުންދޭ،

ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް

23 މެއި 2020 | ހޮނިހިރު 15:15
Writer Profile Picture
ލައިޝާ އަހްމަދު
ކަރަންޓް ބިލުން މިހާތަނަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އިންކަމް ސަޕޯޓް އެލެވަންސް މިހާތަނަށް 69 ފަރާތަކަށް ދޫކުރެވިފައިވާނެ،

އަދި ޔުޓިލިޓީސްއަށް ދިން ޑިސްކައުންޓްތަކަށް ބަލާއިރު ފެން ބިލަށް ދިން ޑިސްކައުންޓުގެ 10.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެވިފަވާނެ، އެއީ ބިލަކުން އެވްރެޖްކޮށް 235 ރުފިޔާގެ ޑިސްކައުންޓް،

އަދި ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

-ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު-

23 މެއި 2020 | ހޮނިހިރު 14:54
Writer Profile Picture
އަމަން ހަލީމް
ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް އިތުރު 413 މީހަކު ގެންގޮސްފި: މަބްރޫކް

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އިތުރު 413 މީހަކު "ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް" އަށް ގެންގޮސްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ، ހުކުރު ދުވަހު ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްތަކަށް 413 މީހަކު ގެންގޮސްފައިވާކަމަށާއި ޖުމްލަ 1558 މީހުން މިހާރު ޓްރާންސިޓް ކަރަންޓީންގައި އެބަތިބި ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:40
Writer Profile Picture
އަމަން ހަލީމް
ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރުން ދުވަސް ކަނޑައަޅައިގެނެއް ނޫން: މަބްރޫކް

ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރަށް ބެލުމަށްފަހު ދުވަސް ކަނޑައަޅައިގެން ނޫން ކަމަށާއި، ލުއި ދެނީ ލަނޑުދަނޑި ހާސިލް ކުރެވުނީމަ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ލޮކްޑައުން އިން ފުރަތަމަ ފޭސްގައި ލުއި ދޭނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ފޭސް އެކެއްގައި ދޭނެ ލުއިތަކަށް ކަނޑައެޅުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ލޮކްޑައުންގައި ލުއި ދިނުމަށް ނިންމާނީ ޑޮކްޓަރުންގެ ޓީމުން ކަމަށާއި، ދެވޭ ލުޔެއްގެ ސަބަބުން ކޮވިޑް-19 ގެ ކޭސްތައް އިތުވާނަމަ އަނެއްކާ ވެސް ލޮކްޑައުންއަށް ދާން ޖެހޭނެ ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:39
Writer Profile Picture
އަމަން ހަލީމް
ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް އައުން އެކަށީގެންވޭ: ޑރ. އަފްޒަލް

މާލެސިޓީގެ ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް (ކުއްލިއަކަށް ކޭސްތައް ފެނުން) އެކަށީގެންވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމާ ގުޅިގެން ފުދޭ ވަރަކަށް މީހުން ބޭރަށް ނުކުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަމާއި ގުޅިގެން މައިނާ ސަރޖެއް ފެނުން އެކަށީގެންވާ ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:38
Writer Profile Picture
އަމަން ހަލީމް
އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: މަބްރޫކް

ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ޕްރޮސަސްގައި ލަސްތަކެއް ހުރުމާ ގުޅިގެން ކަރަންޓީންގައި ތިބޭ މީހުން އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ ކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ކަރަންޓީން ކުރެވިފައި ތިބި ބައެއް މީހުންގެ ސާމްޕަލް ނެގުނުއިރު 21 ދުވަސް ވެފައިވާ ކަމަށާއި، ފަހަރުގައި ސާމްޕަލް ނުނެގި ތިބި ބަޔަކު ތިބެދާނެ ކަމަށެވެ. މި މަސައްކަތް އިތުރަށް ހަރަދުނާ ކުރުމަށް މަސައްކަތް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

23 މެއި 2020 | ހޮނިހިރު 05:36
Writer Profile Picture
އަމަން ހަލީމް
މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފި

މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފިއެވެ. މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މައިނަރ ހޮޓެލް ގްރޫޕުގެ ފަރާތުން ޕީސީއާރ މެޝިނާކާއި 100 ގެލަންސް ހޭންޑް ސެނެޓައިޒަރ ހަދިޔާކުރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރާކަމަށެވެ. އަދި މި ތަކެއްޗަކީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތައް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:35
Writer Profile Picture
އަމަން ހަލީމް
ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައި ރިސްކް މީހުން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

ލޮކްޑައުންއަށް ދެވޭ ލުއިގެ ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައިރިސް ބޮޑު މީހުން ބޭރަށް ނުކުމެ އުޅުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުންދާ މީހުން އަދި ހައި ރިސްކް ގްރޫޕްގައި ހިމެނޭ މީހުން ފޭސް އެކެއްގައި ބޭރަށް ނުކުތުން ބުއްދިވެރި ނޫން ކަމަށެވެ. އަދި އެމީހުންނަށް ގޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

23 މެއި 2020 | ހޮނިހިރު 05:34
Writer Profile Picture
އަމަން ހަލީމް
ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 30 އާއި 50 އާ ދެމެދު، އެއީ ދަށް އަދަދެއް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ހުންނާނީ 30 އާއި 50 އާ ދެމެދު އަދަދެއްގައި ކަމަށް ލަފާކުރެވޭ ކަމަށާއި، އެ އަދަދަކީ ދަށް އަދަދެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު އެއީ ދަށް އަދަދެއް ކަމަށާއި، އެ އަދަދަކީ ރާއްޖޭގެ ބޭސްލައިން ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:33
Writer Profile Picture
އަމަން ހަލީމް
ނަތީޖާ ލަސްވާ ސަބަބު: ފުރަތަމަ ދޮށީ އުމުރުގެ މީހުން، ދެން ތޮއްޖެހިގެން އުޅޭ މީހުން

ސާމްޕަލްތައް ނެގުމަށް ފަހު ޓެސްޓު ތަކުގެ ނަތީއްޖާ ލަސްވާން މެދުވެރިވާ ސަބަބު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ސާފުކޮށްދީފީ އެވެ. އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސާމްޕަލްތަކުގެ ނަތީޖާތައް ލިބެމުންދަނީ އެ ސާމްޕަލްތައް ނަގާ އޯޑަރަކުން ނޫން ކަމަށެވެ. މަބްރޫކް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ހޯދަން އިސްކަންދޭ ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:32
Writer Profile Picture
އަމަން ހަލީމް
ފުރަބަންދަށް ލުއި: ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމަށް ހުއްދައެއް ނުދޭނެ

މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމުގެ ހުއްދަ ނުދޭނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ފޭސް އެކެއްގައި ދެވޭނެ ލުއިތައް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރު ކުރެވިފައިވާ މަޝްވަރާތަކުގެ ދަށުން ފުރަތަމަ ފޭސްގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލެއިން އަތޮޅު ތެރޭގެ ރަށަށް ދިއުމަށް ވެސް އެމީހަކު ފުރަތަމަ ދާން ޖެހޭނީ ކަރަންޓީނަށް ކަމަށެވެ.

23 މެއި 2020 | ހޮނިހިރު 05:31
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އޭޑީކޭއިން ޓެސްޓުތައް ހަދާނީ އަގެއްދީފައި، އެކަން ކުރާނީ އާސަންދަގެ ތެރެއިން: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ އޭޑީކޭއިން ޓެސްޓުތައް ހަދަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށެވެ. އަދި އެކަން ކުރާއިރު އޭޑީކޭއަށް އަގެއްދޭނެކަމަށާއި، އެކަން ކުރުމަށް ނިންމާފައިވަނީ އާސަންދަގެ ތެރެއިންކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އަގެއް ފަހުން ހާމަކުރައްވަމުންގެންދަވާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި އޭޑީކޭއިން ޓެސްޓުތައް ހެދިނަމަވެސް، ސާމްޕަލްތައް ނަގާނީ އެންއީއޯސީގެ ޓީމުތަކުންނެނެވެ.

22 މެއި 2020 | ހުކުރު 22:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން: ޑރ. އަފްޒަލް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިިހެނުންކަމުން، ބަލިން ރަނގަޅުވަ މީހުންގެ ތެރޭގައިވެސް ގިނައީ ފިރިހެނުންކަމަށް ޑރ. ވިދާޅުވި އެވެ.

22 މެއި 2020 | ހުކުރު 22:30
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަނަދޫން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަނަދޫގައި ފުރަތަމަ ޕޮޒިޓިވް ކޭހާ ގުޅިގެން ވަނީ ސާމްޕަލްތަކެއް ނެގިފައިވާކަމަށާއި، އެ ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ ނެގެޓިވްކަމަށެވެ.

22 މެއި 2020 | ހުކުރު 22:24
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބަލިން ރަނގަޅުވި މީހުންގެ އަދަދު 109ށް އަރައިފި

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވި މީހުންގެ އަދަދު 109 އަށް އަރާފައިވާކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 104 ގައެވެ.

22 މެއި 2020 | ހުކުރު 22:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އޭގެތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، 39 ބަންގަލަދޭޝްގެ ރައްޔިތުންނާއި، އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އެޔާއެކު ރާއްޖޭގެ ޖުމްލަ އަދަދު ވަނީ 1274ށް އަރާފަ އެވެ.

22 މެއި 2020 | ހުކުރު 18:59
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 352 ރައްޔިތަކު ފުރުވާލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން، އެނބުރި ޤައުމަށް ފުރުވާލުމަށްކުރާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހު އެކިވެސް ދެ ފްލައިޓެއްގައި 352 މީހަކު ޤައުމަށް ފުރުވާލައިފައިވެއެވެ. އެގޮތުން ފުރަތަމަ ފްލައިޓްގައި 152 މީހަކު ޤައުމަށް ފުރުވާލައިފައިވާއިރު، ދެ ވަނަ ފްލައިޓްގައި 200 މީހަކު ޤައުމަށް ފުރުވާލައިފައިވެއެވެ.

އެޔާއެކު އޭޕްރީލް 21 ވަނަ ދުވަހުގެ ފަހުން ބަންގަލަދޭޝްއަށް ފުރުވާލެވުނު ރައްޔިތުންގެ އަދަދު ވަނީ 840 އަށް އަރާފަ އެވެ. އެ އެންމެންނަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަރާތްތަކެވެ.

22 މެއި 2020 | ހުކުރު 18:56
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެންމެ ފަހުން ސައުދީން ބޭންކު ނޫޓު ވެސް ކަރަންޓީން ކުރަނީ

ކޮވިޑް-19ން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން ސަޢުދީ ޢަރަބިއްޔާގައި ފައިސާ ނޫޓާއި، ފައިސާ ފޮތި ކަރަންޓީން ކުރަން ނިންމައިފި އެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ސައުދީގެ އެކި ދާއިރާތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، އެ ޤައުމުގެ މާލީ އިދާރާތަކުންވެސް މިހާރު ވަނީ ކަންކަން ތަންފީޒު ކުރަން ފަށާފަ އެވެ. އެގޮތުން، އެންމެ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ އެޤައުމުގެ ބޭންކު ނޫޓާއި، ފައިސާ ފޮތި ކަރަންޓީންކޮށް އައިސޮލޭޓް ކުރަން އެޤައުމުގެ މަރުކަޒީ ބޭންކުން ނިންމި ނިންމުމެވެ.

އެޤައުމުގެ މަނިޓަރީ އޮތޯރީޓީން ބުނެފައިވަނީ 14 ދުވަހާއި 20 ދުވަހުގެ މުއްދަތަކަށް ބައިނަލްއަޤުވާމީ އަދި މަދަނީ ފައިސާގެ މުޢާމަލާތްތަކުން ލިބޭ ފައިސާ ކަރަންޓީންކޮށް އައިސޮލޭޓުކުރަން ނިންމާފައިވާ ކަމަށެވެ. ކަރަންޓީން ކުރަން ނުވަތަ އައިސޮލޭޓް ކުރާނެ މުއްދަތު ކަނޑައަޅާނީ އެ ފައިސާ ލިބޭ ތަނެއްގެ ޙާލަތައް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ސްޓެރެލައިޒް ކުރާނެކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

22 މެއި 2020 | ހުކުރު 18:50
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެއްވެސް ގޮތަކަށް ދެކިގެން ނުވާނެ މިދެވޭ ލުއިތަކަކީ ވައިރަސްގެ ބިރު ކެނޑުން ކަމަކަށް: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުންް އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުނަށް ލުއިތަކެއްދެވޭއިރު، އެއީ ވަރަށް ވިސްނުންތެރިކަމާއެކު ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެން ނޫންކަމުގައިވާނަމަ އަނެއްކާވެސް ލޮކްޑައުންއަކަށްދާންޖެހިދާނެކަމަށާއި، ދުނިޔޭގެ ގިނަ ޤައުމުތަށް އެކަން ތަޖުރިބާކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ދެވިގެން އަންނަ ލުޔަކީ ވައިރަސްގެ ބިރު ކެނޑުންކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ވައިރަސްއަކީ އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ އެއްޗެއްކަން ގަބޫލުކުރަންވާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވަނީ ލޮކްޑަައުނަށް ލުޔެއް ދެވޭއިރު، ކުންފުނިތަކުންނާއި، ވިޔަފާރިތަކުން އަދި އާންމުން ސަމާލުކަންދޭންޖެހޭނެކަންކަން ފާހަގަކުރައްވާފަ އެވެ.

21 މެއި 2020 | ބުރާސްފަތި 23:16