ކޮވިޑް-19: އެންމެ ފަހުގެ

18,060,872
  • ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުލް ކެޕޭސިޓީގައި ބޭނުންކުރާއިރު 63 ޑޮކްޓަރުންނާއި 130 ނަރުހުން ހަރަކާތްތެރިވާނެ: އައިޖީއެމްއެޗް
  • ފަރުވާދިނުމަށް 500 އެއްހާ އެނދު ހުރީ ތައްޔާރަށް: އައިޖީއެމްއެޗް
  • ރައީސް އޮފީހުގެ ހުއްދައާއެކު ސަރުކާރު އޮފީސްތައް ހުޅުވޭނެ، ހުޅުވޭނީ ދުވާލަކު 4 ގަޑިއިރަށް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުލް ކެޕޭސިޓީގައި ބޭނުންކުރާއިރު 63 ޑޮކްޓަރުންނާއި 130 ނަރުހުން ހަރަކާތްތެރިވާނެ: އައިޖީއެމްއެޗް

ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުލް ކެޕޭސިޓީގައި ބޭނުންކުރާ އިރު 63 ޑޮކްޓަރުންނާއި 130 ނަރުހުން ހަރަކާތްތެރިވާނެ ކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވީ ހުޅުމާލެ ފެސިލިޓީގެ ބީ ބްލޮކްގައި އިން 68 ބެޑަށް މިވަގުތު ޓާގެޓްކުރާ އިރުގައި އެ ކެޕޭސިޓީގައި ރައުންޑް ހަދާ 3 ސްޕެޝަލިސްޓުން، އެގޮތުން ފިޒިޝަނުން ނުވަތަ ޕުލްމޮނަލަޖިސްޓުން ހިމެނޭނެ ކަމަށާއި، ޝިފްޓް ޑިއުޓީ އުސޫލުން 10 މެޑިކަލް އޮފިސަރުން އަދި 30 ނަރުހުން މަސައްކަތް ފަރުވާދިނުމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

28 މެއި 2020 | ބުރާސްފަތި 06:13
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަރުވާދިނުމަށް 500 އެއްހާ އެނދު ހުރީ ތައްޔާރަށް: އައިޖީއެމްއެޗް

ކޮވިޑް-19 އާއި ގުޅިގެން ބަލިމީހުންނަށް ފަރުވާދިނުމަށް 500 އާ ގާތްކުރާ އަދަދަކަށް އެނދު ތައްޔާރުކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވީ ޑީއެޗް 11 ގައި 10 ބެޑް އިންޓެންސިވް ކެއަރގެ ގޮތުގައި ބޭނުންކުރަމުންދާކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި މެއި 6 ގައި ފަރުވާދޭން ފަށާފައިވާ އިރު، އެތަނުގައި ބަލިމީހުން އެޑްމިޓް ކުރެވިގެން ފަރުވާ ކުރިއަށްދާތާ 3 ހަފްތާ ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 06:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް އޮފީހުގެ ހުއްދައާއެކު ސަރުކާރު އޮފީސްތައް ހުޅުވޭނެ، ހުޅުވޭނީ ދުވާލަކު 4 ގަޑިއިރަށް

ލޮކްޑައުންއަށް ލުއިތަކެއް ދޭއިރު ސަރުކާރު އޮފީސްތަކުގެ ތެރެއިން ހުޅުވާލާނީ ރައީސް އޮފީހުން ހުއްދަ ލިބިގެން ކޮންމެހެން ހުޅުވަންޖެހޭ އޮފީސްތައް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީގު ވިދާޅުވީ ކޮންމެހެން ވަކި ޚިދުމަތްތަކެއް ދޭންޖެހޭ ނުވަތަ ބައެއް ކަހަލަ މަސައްކަތްތައް ކުރަންޖެހޭ އޮފީސްތައް ހުޅުވާނެ ކަމަށާއި ނަމަވެސް އެ އޮފީސްތަކުން ކުރާ މަސައްކަތައް އެޗްޕީއޭއަށް ހިއްސާކުރަން ޖެހޭނެ ކަަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި އޮފީސްތައް ހުޅުވާފައި ބެހެއްޓޭނީ ދުވާލަކު އެންމެ ގިނަވެގެން 4 ގަޑިއިރު ކަމށް ޑރ ނަޒްލާ ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 06:05
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފުރަތަމަ ދެ ހަފްތާ އުމުރުން ދުވަސްވީ މީހުންނަށް 3 ގަޑިއިރަށް ބޭރަށް ނިކުމެވޭނެ، ފަހު ދެ ހަފްތާ ކުޑަކުދިންނަށް

މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދެމުންދާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ދެ ހަފްތާ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދުވާލަކު 3 ގަޑިއިރަށް ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ފަތިހު 5 ން ހެނދުނު 8 ކާ ދެމެދު ހުއްދަ ނަގައިގެން އުމުރުން ދުވަސްވީ މީހުންނަށް ގެއިން ބޭރަށް ނިކުމެވޭނެ ކަމަށެވެ.

28 މެއި 2020 | ބުރާސްފަތި 06:04
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފުރަތަމަ ދެ ހަފްތާގައި އިތުރު ޓެކްސީތަކަށް ހުއްދަދެނީ، މަގުމަތިން މީހުން އެރުވުމަކީ މަނާކަމެއް

ކުރިޔަށް އޮތް ދެ ހަފްތާގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ފުރަތަމަ ފޭސްގެ ދަށުން ލުއިތަކެއް ދޭއިރު އިތުރު ޓެކްސީތަކަށް ހުއްދަދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ އިތުރު ޓެކްސީތަކަށް ހުއްދަ ދިން ނަމަވެސް ވަކި ޚާއްސަ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި އެއުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ޓެކްސީއަކީ ވަރަށް ބަންދުވެފައި ވަރަށް ކައިރި ކައިރީގައި މީހުން ތިބެވޭނެ ގޮތަށް އޮންނަ އެއްޗެއްކަމުން ބަލި ޖެހިފައިތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ޓެކްސީއަށް އަރާނަމަ އެކަމުގެ ސަބަބުން ބަލި ފެތުރޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 06:00
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބޭންކުތައް ފުރަތަމަ ދެ ހަފްތާ ހުޅުވާލާނީ ހަފްތާއަކު ތިން ދުވަހު، ފަހު ދެ ހަފްތާ ހަފްތާއަކު ފަސް ދުވަހު

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށްފަހު، ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދޭން ފަށާފައިވާއިރު ފުރަތަމަ ދެ ހަފްތާ ބޭންކުތައް ހުޅުވާލާނީ ހަފްތާއަކު ތިން ދުވަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުން ބުދަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ މަސައްކަތްކުރާ ސްޓާފުން ދެ ދުވަހުން އެއް ދުވަހު ނިކުންނަ ގޮތަށް ނުވަތަ ވަކިވަކި ޝިފްޓްތަކަށް ނިކުންނަ ގޮތަށް އެކަން ހަމަޖެއްސިދާނެ ކަމަށެވެ. ނަމަވެސް ޝިފްޓަށް ނިކުންނަ ސްޓާފުން އަނެއް ޝިފްޓުގެ ސްޓާފުންނާ ވީހާވެސް ދިމާނުވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 05:59
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގިނަ ވިޔަފާރިތަކެއް ހުޅުވާލުމުގެ ފުރުސަތު، ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ކުރުމަށް އެދެފި

މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަށާއިރު ގިނަ ފިހާރަތަކެއް ހުޅުވާލުމުގެ ފުރުސަތު ދީފި އެވެ.

ކޮވިޑް-19 ޓާސްކު ފޯހުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ސުޕަރމާކެޓްތަކާއި ބޭކަރީތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތަކައި، ފަރމަސީތައް، ދިވެހި ބޭސް ވިއްކާ ފިހާރަތައް، ބުކްޝޮޕްސް، ސްޓޭޝަނަރީ ވިއްކާ ފިހާރަތަކާއި، ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތައް އަދި ހާޑުވެއަރ ފިހާރަތައް ހުޅުވާލުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

28 މެއި 2020 | ބުރާސްފަތި 05:43
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަސްމާރުކޭޓް އަލުން ހުޅުވާލާއިރު ސްޓޯލްތައް މަދުވާނެ

މާލެ ސިޓީގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ތެރެއިން މަސްމާރުކޭޓް ހުޅުވާ ލެވިގެންދާއިރު ސްޓޯލްތައް މަދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބުދަ ދުވަހުގެރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ މަސް މާރުކޭޓް ގައި ސްޓޯލްތައް މަދުކޮށް، ސްޓޯލްތަކުގެ ދޭތެރޭ ވީހާވެސް ގައިދުރުކަން ހިފެހެއްޓޭގޮތަށް އެކަން ހަމަޖެއްސުމަށްފަހު މަސް މާރުކޭޓް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސް މާރުކޭޓަށް ވަދެވޭ މީހުންގެ އަދަދުތައް ވަކި މިންވަރެއްގައި ހިފަހައްޓާ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 05:43
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބުރާސްފަތި ދުވަހުން ފެށިގެން ލޮކްޑައުންނަށް ދެވޭ ލުއިތައް:
  1. ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު ގޭބިސީތަކުން ނުކުމެވޭ އަދަދު އިތުރު ކުރެވި، އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެ.
  2. ބޭރަށް ނުކުމެ އުޅޭއިރު، ބޭރުގައި އުޅޭނެ ޒޯނުތައް އިތުރު ކުރެވިގެންދާނެ.
  3. ސުޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ. މޮބައިލް ފޯނު ފިހާރަ، އިލެކްޓޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ.
  4. ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތް، ހުޅުވާނެ.
  5. މަސް މާރުކޭޓުވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ.
  6. ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ހުޅުވޭނެ.
  7. ފުރަތަމަ ހަފްތާގައި ރެސްޓޯރަންޓު އަދި ކެފޭތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ދެވަނަ ހަފްތާ އިން ފެށިގެން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ.
  8. ފްލޫ ކްލިނިކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ހުއްދަ ދެވޭނެ.
  9. ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނެތް. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ.
  10. އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކު އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮތްތައް އިއުލާން ކުރެވިގެންދާނެ.
28 މެއި 2020 | ބުރާސްފަތި 03:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިތުރު 10 މީހަކު ބަލިން ފަސޭހަވެއްޖެ

އިތުރު 10 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ އަދަދު 242ށް އަރައިފިއެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 242 މީހަކު މިހާތަނަށް ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖޭގެ ރިކަވަރީ ރޭޓް މިހާރު ވަނީ 16.6 އިންސައްތައަށް އަރާފައެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރު 787 ސާމްޕަލް ނަގާފައިވާ ކަމަށާއި، ޖުމްލަ 21338 ޓެސްޓް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެރޭގެ ޕްރެސްއިން ފެށިގެން ބުދަ ދުވަހުގެރޭގެ ޕްރެސްއާ ހަމައަށް 43 ކޭސް އިތުރަށް ފެނިފައިވާ ކަމަށެވެ.

28 މެއި 2020 | ބުރާސްފަތި 03:20
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހާލަތު ރަނގަޅުވީ، އިރުޝާދުތަކަށް އާއްމުން ބޯލެނބުމުން: ޑރ. ޝީނާ

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔާ އަޅައި ބަލާއިރު ހާލަތު ރަނގަޅުވެފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް އާއްމުން ބޯލެނބުމުން ކަމަށް ކުރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއި ދިނުމާއި ގުޅޭގޮތުން ބުދަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ހާލަތާއި ބެހޭ ގޮތުން އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތާ ހަ ހަފްތާ ވެފައިވާއިރު، ބަލި ފެތުރުމުގެ ރޭޓަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް މާލެއިން ފެންނަ ކޭސްތަކުގެ ކޮންޓެކްޓްތައް ދަށްވެފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިންވެސް ވަނީ ބުނެފަ އެވެ.

28 މެއި 2020 | ބުރާސްފަތި 02:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖޫން 29 ނިޔަލަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ޖޫން މަހުގެ 29 ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ. އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށްވެސް މިނިސްޓަރު އަމީން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވިދާޅުވި އެވެ.

28 މެއި 2020 | ބުރާސްފަތި 02:11
Writer Profile Picture
އަޒްލިފާ އަބްދުﷲ
ސްކޫލްތައް ހުޅުވުން ފަސްކުރުން

ސްކޫލްތައް ހުންނާނީ އަދިވެސް ބަންދު ކުރެވިފައި ކަމަށާއި، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު އެޅިފައި ހުރި ފުޔަވަޅުތައް ދެމިގެންދާނެ ކަމަށާއި އަދި ޕާކްތަކާއި ބީޗްތައް ހުޅުވާނުލާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 22:01
Writer Profile Picture
އަޒްލިފާ އަބްދުﷲ
ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައިނުވޭ

ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައި ނުވާކަމަށާއި އޮފީސްތައް ފަންކްޝަން ކުރަން ބޭނުންވާ މިންވަރަށް ސަރުކަރުގެ ހުއްދަ ލިބޭ ފަރާތްތަަކަށް އޮފީސްތަކުގެ ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:58
Writer Profile Picture
އަޒްލިފާ އަބްދުﷲ
ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައިނުވޭ

ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައި ނުވާކަމަށާއި އޮފީސްތައް ފަންކްޝަން ކުރަން ބޭނުންވާ މިންވަރަށް ސަރުކަރުގެ ހުއްދަ ލިބޭ ފަރާތްތަަކަށް އޮފީސްތަކުގެ ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:58
Writer Profile Picture
އަޒްލިފާ އަބްދުﷲ
ސިއްޚީ ޚިދުމަތަށް ލުއިތަކެއް ދިނުން

ފްލޫ ކްލިނިކް ތަކަށް ގޮސްގެން ޚިދުމަތް ދިނުމަށް ހުޅުވޭނެ ކަމަށާއި ސިއްޚީ ޚިދުމަތްދޭ ކްލިނިކް ތަކަށް އޮންލައިންކޮށް ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:56
Writer Profile Picture
އަޒްލިފާ އަބްދުﷲ
ޓެކްސީ އަދި ޕިކަޕްގެ ޚަިދުމަތް ދިނުން

ޓެކްސީ އަދި ޕިކަޕްގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:54
Writer Profile Picture
އަޒްލިފާ އަބްދުﷲ
ރެސްޓޯރެންޓް ކެފޭތަކުގެ ޚިދުމަތަށް ލުއިތަކެއް ދިނުން

ކެފޭ އަދި ރެސްޓޯރެންޓްތައް ފުރަތަމަ ހަފްތާގައި ޑެލިވަރީ އަދި ދެވަނަ ހަފްތާގައި ޑެލިވަރީ އަދި ޓޭކްއަވޭ އަށް ހުޅުވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:52
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޭންކްގެ ޚަިދުމަތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިއުން

ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، ދެ ހަފްތާއިން ފެށިގެން ފަސްދުވަހަަށް ބޭންކްގެ ޚިދުމަތް ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:49
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޭންކްގެ ޚަިދުމަތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިއުން

ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، ދެ ހަފްތާއިން ފެށިގެން ފަސްދުވަހަަށް ބޭންކްގެ ޚިދުމަތް ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:49
Writer Profile Picture
އަޒްލިފާ އަބްދުﷲ
އޮންލައިން ކޮށް ތަކެތި ވިއްކުމާއި ޑެލިވަރީ އަށް ލުއިތަކެއް ދިނުން

މޯބައިލް ފޯން ފިހާރަ، އިލެކްޓްރޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅޭ ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ހުންނަ ފިހާރަތަކަށް އޮންލައިން ކޮށް ވިޔަފާރި ކުރުމާއި ޑެލިވަރ ކުރުމަށް ފުރުސަތު ހުޅުވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:47
Writer Profile Picture
އަޒްލިފާ އަބްދުﷲ
ރީޓެއްލް ފިހާރަތައް ހުޅުވުމަށް ލުއިތަކެއްދިނުން

ސުޕަމާކެޓް، ބެކަރީ، ކަންމަތީ ފިހާރަތައް، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއަރ ފިހާރަތައް ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | ބުދަ 21:43
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޭރުގައި އުޅުމުން މާދަމާއިން ފެށިގެން ލުއިދެނީ

ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެކު ގެއަކުން ބޭރަށް ނުކުމެވޭނެ މީހުންގެ އަދަދާއި ވަގުތު އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ބޭރުގައި އުޅެވޭނެ ޒޯންތައްވެސް އިތުރުކުރެވިގެންދާނެ ކަމަށެވެ.

27 މެއި 2020 | ބުދަ 21:42
Writer Profile Picture
އަޒްލިފާ އަބްދުﷲ
ކޮވިޑް-19 ފެތުރޭ ނިސްބަތް ދަށްކުރެއްވިއްޖެ

ކޮވިޑް ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

27 މެއި 2020 | ބުދަ 21:39
Writer Profile Picture
އާއިޝަތު ޝިއުރާ
އަންދާޒާކުރި 17.2 ބިލިއަން ރުފިޔާގެ އާމްދަނީ، 8.95 ބިލިއަނަށް ތިރިވެއްޖެ
27 މެއި 2020 | ބުދަ 15:27