މަޖިލިސް 19

  • މިހާތަނަށް 95422 މީހުން ވޯޓުލައިފި
  • ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވޯޓުލައްވައިފި
  • ވޯޓުލުމަށްފަހު ވޯޓުކަރުދާސް ފޮޓޯ ނެގި ކަމަށް ބުނާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ
 
Writer Profile Picture
ލައިޝާ އަހްމަދު
މިހާތަނަށް 95422 މީހުން ވޯޓުލައިފި

މަޖިލިސް އިންތިހާބުގައި މިހާތަނަށް 95،422 މީހުން ވޯޓުލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 51،281 ފިރިހެނުންނާއި، 44،141 އަންހެނުން. ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 264442 މީހުން އެބަތިބި. 

6 އޭޕްރިލް 2019 | ހޮނިހިރު 12:53
Writer Profile Picture
ލައިޝާ އަހްމަދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވޯޓުލައްވައިފި

 

6 އޭޕްރިލް 2019 | ހޮނިހިރު 12:43
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލުމަށްފަހު ވޯޓުކަރުދާސް ފޮޓޯ ނެގި ކަމަށް ބުނާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ

 މިކަން ހިނގާަފައިވަނީ ގއ ވިލިނގިލީގައި. ގއ. ވިލިނގިލީގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ފޮޓޯނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވޭ.

ވިލިނގިލީ ވޯޓުލާ ސަރަަހއްދުގައި ފުލުހުން ހަރަކާތްތެރިވަނީ

 

6 އޭޕްރިލް 2019 | ހޮނިހިރު 12:32
Writer Profile Picture
ލައިޝާ އަހްމަދު
މަޖިލިސް އިންތިހާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށްދަނީ

 

6 އޭޕްރިލް 2019 | ހޮނިހިރު 12:21
Writer Profile Picture
ލައިޝާ އަހްމަދު
އިންތިހާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް

 

6 އޭޕްރިލް 2019 | ހޮނިހިރު 12:15
Writer Profile Picture
ލައިޝާ އަހްމަދު
އެޗްއާރްސީއެމުން ވެސް ދަނީ އިންތިހާބުގެ ކަންކަން އޮބްޒާރވް ކުރަމުން

 

6 އޭޕްރިލް 2019 | ހޮނިހިރު 12:06
Writer Profile Picture
ލައިޝާ އަހްމަދު
އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން - އިންތިހާބުގެ ކަންކަން ފުލުހުން ބަލަހައްޓަނީ

 

6 އޭޕްރިލް 2019 | ހޮނިހިރު 11:51
Writer Profile Picture
ލައިޝާ އަހްމަދު
މަޖިލިސް 2019 ވޯޓުލުން

‏އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން މިހާތަނަށް 43،074 މީހަކު ވަނީ ވޯޓުލާފައި. މީގެތެރެއިން 26،513 މީހުންނަކީ ފިރިހެނުން. 16،561 މީހުންނަކީ އަންހެނުން.

6 އޭޕްރިލް 2019 | ހޮނިހިރު 11:47
Writer Profile Picture
ލައިޝާ އަހްމަދު
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލެއްވުން
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލެއްވުން
6 އޭޕްރިލް 2019 | ހޮނިހިރު 11:43
Writer Profile Picture
ލައިޝާ އަހްމަދު
އުމުރުން ދުވަސްވީ މީހަކު ވޯޓުލާން އަންނަ މަންޒަރު

 އުމުރުން ދުވަސްވީ މީހަކު ވޯޓުލާން އަންނަ މަންޒަރު. ދޮށީ އުމުރުގެ މީހުންނަށް ކިއޫގައި ނުޖެހި ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި. 

އުމުރުން ދުވަސްވީ މީހަކު ވޯޓުލާން އަންނަ މަންޒަރު

 

 

6 އޭޕްރިލް 2019 | ހޮނިހިރު 11:38
Writer Profile Picture
ލައިޝާ އަހްމަދު
ނައިބު ރައީސް ވޯޓު ލައްވައިފި

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އަމާންކަމާއެކު ވޯޓުލުން ކުރިއަށްދާކަމާ އެކަމުން ދޭހަވަނީ ސުލްހަވެރިކަމާއެކު ހަރަކާތްތައް ހިންގުމުގެ ފުރުސަތު އޮތްކަން ކަމަށް ވިދާޅުވި. އަދި ވީހާވެސް ގިނަ ބަޔަކު ވޯޓުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވޭ. 

6 އޭޕްރިލް 2019 | ހޮނިހިރު 11:26
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުންނަށް ހުށައެޅޭ އިންތިހާބާ ގުޅޭ ޝަކުވާތައް

އިންތިހާބާ ގުޅޭ 2 ޝަކުވާއެއް މިހާތަނަށް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށާއި، ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް ފުލުހުން މައުލޫމާތުދެއްވާ

6 އޭޕްރިލް 2019 | ހޮނިހިރު 11:23
Writer Profile Picture
ލައިޝާ އަހްމަދު
ކުރީގެ ރައީސް މައުމޫނުވެސް ވޯޓުލައްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުވެސް ދާދި ދެންމެ ވޯޓުލައްވައިފި.  

ރައީސް މައުމޫނު ވޯޓުލެއްވުން

 

6 އޭޕްރިލް 2019 | ހޮނިހިރު 11:21
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހު ވޯޓުލައްވައިފި

މިއީ އެމަނިކުފާނު ހުވާކުރެއްވި ފަހުން އާންމު އިންތިހާބެއްގައި ވޯޓު ލެއްވި ފުރަތަމަ ފަހަރު. އެމަނިިކުފާނު ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓު ލެއްވުމަށް އެދިވަޑައިގެންފައި.  

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

 

 

6 އޭޕްރިލް 2019 | ހޮނިހިރު 11:18
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހު ވޯޓުލައްވައިފި، ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް އެމަނިކުފާނު އެދިލައްވާފައިވޭ

ރައީސް ސޯލިހުވެސް ވޯޓުލައްވައިފި. އެމަނިކުފާނު ވަނީ ވީީހާވެސް ގިނަ ބަޔަކު ވޯޓުލުމުގެ ހައްޤު ބޭނުންފުޅު ކުރެއްވުމަށް .  . އެދިވަޑައިިގެންފައި. އަދި ވޯޓު ލުމުގެ ކަންކަން ކުރިއަަށްދަނީ ސުލްހަވެރިކަމާ އަމާންކަމާއެކު ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި

ރައީސް ސޯލިހު ވޯޓުލައްވައިފި
6 އޭޕްރިލް 2019 | ހޮނިހިރު 10:18
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހު ވޯޓުލެއްވުމަށް ވަޑައިގެންފި

ވޯޓުލެއްވުމަށްޓަކައި ދާދި ދެންމެއަކު ރައީސް ސޯލިހު ޖަމާލުއްދީން ސުކޫލަށް ވަޑައިގެންފި. ރައީސް ވޯޓުލައްވަނީ ހިންނަވަރު ދާއިރާއަށް، އެ ދާއިރާއަށް 3 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވޭ

ރައީސް ސޯލިހު ވޯޓުލައްވަން ވަޑައިގަތުން
6 އޭޕްރިލް 2019 | ހޮނިހިރު 10:15
Writer Profile Picture
ލައިޝާ އަހްމަދު
އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން ފައްޓަވާފައިވާ އޮޕަރޭޝަންގެ ތެރެއިން

 

6 އޭޕްރިލް 2019 | ހޮނިހިރު 10:03
Writer Profile Picture
ލައިޝާ އަހްމަދު
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިންޓަރވިއު

މަޖިލިސް އިންތިޚާބުގައި އަމާން މާހައުލެއް ގާއިމްކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގައި 500 އަށް ވުރެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، މި އޮޕްރޭޝަންގެ މައިގަނޑު މަގުސަދަކީ އަމާން ރައްކާތެރި މާހައުލެއް މާލެ އާއި އަތޮޅުތަކުގައި ގާއިމްކުރުން ކަމަށް ހަމީދު ވިދާޅުވި، އަދި މި އޮޕްރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް 1200 އެއްހާ ފުލުހުން މާލެ އާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ހަމީދު ވިދާޅުވެފައިވޭ.   

6 އޭޕްރިލް 2019 | ހޮނިހިރު 09:55
Writer Profile Picture
ލައިޝާ އަހްމަދު
އިންޑިއާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ

 

6 އޭޕްރިލް 2019 | ހޮނިހިރު 09:26
Writer Profile Picture
ލައިޝާ އަހްމަދު
ފަރސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ވޯޓުލައްވައިފި

ރައީސް ސޯލިހުގެ އަނބިކަނބަލުން ރާއްޖޭގެ ފަރސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ވޯޓު ލައްވައިފި. އެކަމަނާ ވޯޓުލެއްވީ މާފަންނު ހުޅަނގު ވޯޓުފޮއްޓަށް، 

ފަރސްޓްލޭޑީ ފަޒްނާ ވޯޓުލައްވާ މަންޒަރު
6 އޭޕްރިލް 2019 | ހޮނިހިރު 09:21
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ނަޝީދު ވޯޓުލެއްވި މަންޒަރު

 

6 އޭޕްރިލް 2019 | ހޮނިހިރު 09:05
Writer Profile Picture
ލައިޝާ އަހްމަދު
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. 

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިިފި. ރައީސް ނަޝީދު ވޯޓުލައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާއަށް. 

ރައީސް ނަޝީީދުު ވޯޓުލެއްވުން

 

6 އޭޕްރިލް 2019 | ހޮނިހިރު 08:59
Writer Profile Picture
ލައިޝާ އަހްމަދު
އީސީގެ ރައީސް ޝަރީފްގެ އިންޓަރވިއު

ބޮޑެތި މަރުކަރުތައް ބަލަމުން މިދަނީ އަދި މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާކަން ފާހަގަކުރެވޭ. ޤަބޫލުކުރަނީ އަމާންކަމާއި ސުލްހަވެރިކަމާއެކު އިންތިހާބުގެ ހުރިހާ ކަމެއް ދާނެ ކަމަށް. މިހާރު ޑީޕީއާރްއެސްއާ މަޝްވަރާކޮށް ތިލަފުށީގައިވެސް ވޯޓުލުން ފެށުމަށް ދަނީ މަސައްކަތް ކުރަމުން : ޝަރީފް 

6 އޭޕްރިލް 2019 | ހޮނިހިރު 08:56
Writer Profile Picture
ލައިޝާ އަހްމަދު
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ދަނީ ވޯޓުލާ ސަރަހައްދުތަކަށް ގޮސް މޮނިޓަރ ކުރަމުން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ދަނީ ވޯޓުލާ ސަރަހައްދުތަކަށް ގޮސް މޮނިޓަރ ކުރަމުން. އެގޮތުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި، ސްޕޯކްސްޕަރސަން އަކްރަމް އަދި އިތުރު މެމްބަރުންތަކެއް ދާދި ދެންމެއަކު އިސްކަންދަރު ސުކޫލަށް ވަޑައިގެން ވޯޓުލުން ކުރިއަށްދާ ގޮތް މޮނިޓަރ ކުރައްވަމުން އެބަދޭ. 

6 އޭޕްރިލް 2019 | ހޮނިހިރު 08:53
Writer Profile Picture
ލައިޝާ އަހްމަދު
އީސީގެ މެމްބަރު އަހުމަދު އަކްރަމްގެ އިންޓަރވިއު

މިއަދު 8:30 އާ ހަމައަށް ދިޔައިރު ވޯޓުލުން ފެށިފައި ނުވާ ކަމުގެ މައުލުމާތު މިހާތަނަށް ލިބިފައިވަނީ ތިލަފުށިން އެކަނި. ތިލަފުށީގައިވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓުލުން ފެށޭނެ. މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ފުރިހަމައަށް ކުރިއަށްދާއިރު މިއަދު އިންތިހާބާ ބެހޭ ޚާއްސަ ޖަލްސާއެއް 9:00 އަށް ވަނީ ތާވަލު ކުރެވިފައި، އެ މައުލޫމާތުތައް މީޑިއާއާ ހިއްސާކުރާނެ- އަކްރަމް

6 އޭޕްރިލް 2019 | ހޮނިހިރު 08:35