ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވައިފި

 
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފްލައިތަރށް އަރާވަޑައިގެންފި.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 13:14
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

އެއް ނަންބަރު ފާލަން ބަންދުކޮށްފި

1 ނޮވެންބަރ 2018 | ބުރާސްފަތި 13:11
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދާއެކު މާލެ ވަޑައިގަތުމަށްޓަކާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާ އެއަރޕޯޓުގައި.

 

 

 

1 ނޮވެންބަރ 2018 | ބުރާސްފަތި 12:31
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު މާލެ ވަޑައިގެން ދަތުރު ކުރައްވާނެ މަގުތަކުގެ ތަފްސީލު 

ދަތުރު ފައްޓަވަނީ އެއް ނަންބަރު ޖެޓީއިން
1 ނޮވެންބަރ 2018 | ބުރާސްފަތި 12:25
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު މިހާރު އިންނެވީ ލަންކާ އެއަރޕޯޓުގެ ވީއައިޕީ ލައުންޖު ގައި.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 12:20
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 2:20 ގައި

ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ މެންދުރުފަހު 2:20 ގައި. އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ ހަވީރު 4 ޖަހާއިރު. ރައީސް ނަޝީދު ދެއްވާ ނޫސްވެރިންގެ ބައްދަލުވުމެއް އިރުއޮއްސި 6:00 ޖަހާއިރު އޮންނާނެ. 

 އެމްޑީޕީގެ 85 ދާއިރާތަކުގެ މީހުން ދާއިރާތައް ނިސްބަތްވާ ގޮތަށް މާލޭގެ މަގުތަކަށް ހަވީރު ގަޑީގައި ނިކުތުމަށް ވަނީ ހަމަޖެހިފައި. 

1 ނޮވެންބަރ 2018 | ބުރާސްފަތި 12:15
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަންނަނީ

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ މާލެ އަންނަން ފަށާފައި. ރާއްޖޭގެ އެކި ހިސާބުތަކުން ރީނދޫ ކުލައިގެ ދިދަފަތި ދަމައި ޒީނަތްތެރިކޮށްފައިވާ އޮޑިދޯނިފަހަރާއި ލޯންޗުތަކުގައި މީހުން އަންނަނީ މާލެ އަށް ޖަމާވަމުން. ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށޭނީ ކަނޑުމަތިން. 

1 ނޮވެންބަރ 2018 | ބުރާސްފަތި 12:11
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު ކޮލަމްބޯ އިމިގްރޭޝަން ކައުންޓަރުގައި

 

1 ނޮވެންބަރ 2018 | ބުރާސްފަތި 12:05
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 12:02
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ތޮއްޑޫ އިން އަންނަ ދޯނި

 

1 ނޮވެންބަރ 2018 | ބުރާސްފަތި 11:57
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި

 

 ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ 

 

ރައީސް ނަޝީދާއި އެކު ވަޑައިގެންނެވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ލަންކާއަށް ވަޑައިގެން ފައި.  އެމަނިކުފާނާއި އެކު ގާނޫނީ ވަކީލުންގެ ޓީމް ވެސް ރާއްޖެ ވަޑައިގަންނަވާނެ.އެމަނިކުފާނަށް ޚާއްސަކޮށްގެން އެމްޑީޕީން ބާއްވާ މަރުހަބާ ހަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައި.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 11:50
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 11:33
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 11:29
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު ފުރާ ވަޑައިގަތުމަށްޓަކައި އެއަރޕޯޓަށް ދަތުރުފައްޓަވައިފި

1 ނޮވެންބަރ 2018 | ބުރާސްފަތި 11:28
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދު 2005 ވަނަ އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުން

 

1 ނޮވެންބަރ 2018 | ބުރާސްފަތި 08:43
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 08:42
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 08:23
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 08:16
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

 

1 ނޮވެންބަރ 2018 | ބުރާސްފަތި 08:15
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ބ.ހިތާދޫގެ ގިނަ ބަޔަކުވެސް ވަނީ މާލެ އައިސްފައި. 

"ރައީސް ނަޝީދު ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ކުރި މަސައްކަތްތަކަކީ ރައްޔިތުންގެ ހިތުގެ ފުން މިނުން ބަލައިގަންނަން."ހިތާދޫ ކައުންސިލް މެންބަރެއް

ބ އަތޮޅުން މާލެއާއި ދޯނި
1 ނޮވެންބަރ 2018 | ބުރާސްފަތި 07:49
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ބ.ތުޅާދޫއިން ގިނަ އަދަދެއްގެ މީހުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް. ތުޅާދޫ އިން 160 މީހުން ވަނީ އައިސްފައި. އެރަށުން އިތުރު ދެ ދޯނި އައުމަށް ވަނީ ހަމަޖެހިފައި.

"ރައީސް ނަޝީދު ދެކިލުމަށް މިތިބީ ކެންމަދުވެފައި" ތުޅާދޫ ރައްޔިތަކު ބުނި.

ތުޅާދޫ އިން މާލެ އާއި ދޯނި
ތުޅާދޫ އިން މާލެ އާއި ދޯނި
1 ނޮވެންބަރ 2018 | ބުރާސްފަތި 07:46
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހުކުމް ކުރުމާއި ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް 2015 ވަނަ އަހަރު ގޮވާލައްވާފައިވޭ.

އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ޝަރީއަތުގެ ތެރެއިން ވަރަށް ގިނަ އުނިކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނި. އަދި ކުރި ދައުވާއިން ސަލާމަތްވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ހެކިން ގެނައުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނި.

މީގެ އިތުރުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލެއްވި.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 06:56
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމްކޮށްފައިވަނީ 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކޮށް ކ.ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި.

ނަޝީދަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 06:52
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ބުނެ.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 06:51
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު. އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ،  ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން ނަޝީދާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އެންމެހާ އިދާރަތަކުގެ މައްޗަށް އަމުރުކުރާ ކަމަށް.

 

1 ނޮވެންބަރ 2018 | ބުރާސްފަތި 06:49