ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ

  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވައްޑެ
  • މެމްބަރުންނަށް ބޮޑެތި ހުށައެޅުންތައް ދަނީ ހުށައެޅެމުން: ރިޔާޒު
  • ސްޓޭޓް އޮފް އިމަޖެންސީއަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ އިމަޖެންސީއެއް
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވައްޑެ

ފެނިގެން މިދިޔައީ ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު ކުއްލި ކުއްލި އަށް އިއުލާން ކޮށްފައިވާތަން. 

މިހާރު މިއޮތީ ޔާމީނު އަސާސީއެއް، ރައްޔިތުންގެ މަޖިލީހުގެ މަސީހަށް އެތާ ތެރެއަށް ވަދެވޭކަމުގައި ވާނަމަ އަޅުގަނޑުމެނގެ 12 މެމްބަރުންނަށްވެސް ވަދެވޭނެ. އަޅުގަނޑުމެންނަށް މިފެންނަނީ މަސީހުވެސް ވެރިއަކަށް ހުންނެވި ބޭފުޅާގެ މަގާމު ދިފާއުކުރައްވަން އުޅުއްވާތަން. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ނުވައްދަން އުޅުނު އެންމެންވެސް މިވަނީ ގާނޫނާއި ގަވާއިދާއި ޚިލާފުވެފައި. މި 12 މެމްބަރުންގެ ތެރޭގައި ނުހިމެނޭ މެމްބަރެއް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ. އެބޭފުޅާވެސް މިއަުދގެ ޖަލްސާއަށް ހާޒިރެއް ނުކުރެއްވި.

 އެންމެ އަމުރަކުން ހިތްހަމަ ޖެހިވަޑައިނުގެން ދެން ނެރޭ އަމުރަކީ ރަނގަޅު އަމުރުކަމަށް ބައްލަވައިގަތް މަންޒަރު ފެނިގެން ދިޔައީ.

19 ފެބްރުއަރީ 2018 | ހޯމަ 14:01
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މެމްބަރުންނަށް ބޮޑެތި ހުށައެޅުންތައް ދަނީ ހުށައެޅެމުން: ރިޔާޒު

މެމްބަރުންނަށް ބޮޑެތި ހުށައެޅުންތައް ދަނީ ހުށައެޅެމުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައި. މިނިވަން މުއައްސަސާގެ ފަރާތްތައްވެސް އަދި ރައްޔިތުންގެ ތާއީދެއްވެސް ރައީސް ޔާމީނަކަށް ނެތް

19 ފެބްރުއަރީ 2018 | ހޯމަ 13:50
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ސްޓޭޓް އޮފް އިމަޖެންސީއަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ އިމަޖެންސީއެއް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ

ސްޓޭޓް އޮފް އިމަޖެންސީއަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ އިމަޖެންސީއެއް. މިއަދު ސްޓޭޓް އޮފް އިމަޖެންސީ މަޖިލީހުން ފާސްނުކޮށްފިނަމަ އުވިގެންދާނެ. މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް އަދިވެސް ނުބުނޭ. މިއަދު ހަވީރުވެސް މާދަމާވެސް މަޖިލީހުން 43 މެމްބަރުން ހަމަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބޭ. ސުޕްރީމްކޯޓަށް ގޮވާލާނީ ސަރުކާރުން ބަންޑާރަނައިބު ހުށައަޅުއްވާފައިވާ ކުއްލި މައްސަލަ އަށް ހުކުމެއް ނުވަތަ އަމުރެއް ނެރެދެއްވާށޭ. މަޖިލީހަށް މެމްބަރުންނަށް ވަދެވޭނެގޮތަށް ހައްދަވާ ދެއްވާށޭ

19 ފެބްރުއަރީ 2018 | ހޯމަ 13:42
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިދިކޮޅު ފަރާތްތަކުން ބާއްވާ ޕްރެސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ):

ކުއްލި ހާލަތަކީ ގާނޫނުއަސާސީއާއި ޚިލާފަށް ނެރެފައިވާ ހާލަތެއް. މަޖިލީހުގެ ދައުރުން ބޭރުން މިގޮތަށް ޖަލްސާއެއް ނުބޭއްވޭނެ. މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން.

19 ފެބްރުއަރީ 2018 | ހޯމަ 13:39
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިދިކޮޅު ކޯލިޝަންގެ ބައްދަލުވުމެއް ކުރިއަށް އެބަދޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓަރީ ގުރޫޕްގެ ބައްދަލުވުމެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އޮފީހުގައި ކުރިއަށް އެބަދޭ

 

19 ފެބްރުއަރީ 2018 | ހޯމަ 12:47
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ސަރުކާރު ކޯލިޝަންގެ ބައްދަލުވުމެއް މަޖިލީސް އިދާރާގައި ކުރިއަށް އެބަދޭ

ޕީޕީއެމް އެމްޑީއޭގެ ބައްދަލުވުމެއް މަޖިލީހުގެ ކޮމެޓީ ރޫމްގައި ކުރިއަށްދާކަމަށް މެމްބަރު ނިހާނު ވިދާޅުވެއްޖެ

 

19 ފެބްރުއަރީ 2018 | ހޯމަ 12:25
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަޖިލީސް ނިންމާލައިފި

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމައިފި

19 ފެބްރުއަރީ 2018 | ހޯމަ 11:54
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ނިހާން ހުށައެޅުއްވި މައްސަލަ ފާސްކޮށްފި

ގައުމީ ސަލާމަތުގެ ކޮމެޓީއަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ މައްސަލަ ފޮނުވަން 38 މެމްބަރުންނާއިއެކު ފާސްކޮށްފި. 

މިަދު މަޖިލީޙަށް ހާޒިރުވެ ތިއްބެވީ 39 މެމްބަރުން.

19 ފެބްރުއަރީ 2018 | ހޯމަ 11:50
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސްގެ ގަރާރަށް ބަހުސް ކުރުން ނިންމައިފި

ގައުމީ ސަލާމަތުގެ ކޮމެޓީއަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ މައްސަލަ ފޮނުވަން ސަރުކާރު ކޯލިޝަންގެ ޕީޖީ ލީޑަރު ނިހާން ވަނީ ހުށައަޅުއްވާފައި

19 ފެބްރުއަރީ 2018 | ހޯމަ 11:45
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސްގެ ގަރާރަށް ބަހުސްކުރަން ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހުނު ހާލަތު ބަދަލު ނުވާކަމަށް ރައީސް ޔާމީން މަޖިލީހަށް ހުށައެޅުއްވި ގަރާރުގައި ވަނީ ވިދާޅުވެފައި

19 ފެބްރުއަރީ 2018 | ހޯމަ 11:23
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ހުށައަޅައިފި

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށައަޅުއްވައިފި. އެގަރާރު ފާސްވެއްޖެ ކަމަށްވާނަމަ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މާޗްމަހުގެ 7 އާއި ހަމައަށް ދެމިގެންދާނެ

19 ފެބްރުއަރީ 2018 | ހޯމަ 11:21
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މިއަދުގެ ޖަލްސާ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ޓްވީޓް:

ސްޓޭޓްއޮފް އިމަޖެންސީއަކީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަންޖެހޭ ކަމެއް ކަމުން މަޖިލީހުން މިކަމަށް ވީޓަށް އަހާއިރު ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން 43 މެމްބަރުން ހާޒިރުވެތިބެންޖެހޭ. ޔާމީން އަށް ހަމަވީ 39މެމްބަރުން. ޖޮއިންޓް އޮޕޮޒިޝަން ޖަލްސާއެއް ވީމަ ބޮއިކޮޓް ކުރަން ނިންމައިފި

 

19 ފެބްރުއަރީ 2018 | ހޯމަ 11:16
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު މަޖިލީހުގައި އިއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު މަޖިލީހުގައި އިއްވައިފި.މިހާރު ކުރިއަށްދަނީ އެޖެންޑަކޮށްފައިވާ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުން

19 ފެބްރުއަރީ 2018 | ހޯމަ 11:10
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޖަލްސާ ފެށީ 12 މެމްބަރުން ނުވައްދާ

 މަޖިލިސް ކުރާ ގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން. ޖަލްސާ ފެށީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން މަޖިލީހަށް ނުވައްދާ. މަޖިލީހަށް ހާޒިރުވެ ތިއްބެވީ 39 މެންބަރުން

މަޖިލީސް ކުރާގެ 

 

19 ފެބްރުއަރީ 2018 | ހޯމަ 11:08
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދﷲ މަސީހު
19 ފެބްރުއަރީ 2018 | ހޯމަ 11:03
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

މަޖީދިއްޔާ ކައިރިން ސޯސަންމަގާ ހަމައިން ވަނީ ބަންދުކޮށްފައި. ގިނަ އަދަދެއްގެ ފުލުހުން އެބަތިބި. 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރުން އެ ސަރަހައްދުން ވަނީ ހިފަހައްޓާފައި

19 ފެބްރުއަރީ 2018 | ހޯމަ 11:01
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ޓްވީޓް

 

ބަޔަކު ހަލާކުވެ ނިމި ދާއިރު ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ނަގަހައްޓާ ހަމަ އެކަކުވެސް ހުއްޓަކަ ނުދޭނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ދާދިދެންމެއަކު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައި.

 

19 ފެބްރުއަރީ 2018 | ހޯމަ 10:56
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަޖިލީސް ވަށައިގެންވާ މަގުތައް ފުލުހުންނާއި ސިފައިން ވަނީ ބަންދުކޮށްފައި

މިއަދުގެ ޖަލްސާއަށް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވާއިރު ގިނައަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރި ވަމުން.އިދިކޮޅު މެމްބަރުންވެސް މިހާރު ވަނީ މަޖިލީހަށް ހާޒިރުވާން ފަށާފައި

މަޖިލީސް ވަށައިގެންވާ ސަރަހައްދު ވަނީ ބަންދުކޮށްފައި. ނޫސްވެރިންވަނީ މަޖިލިސް ފެންނަ ހިސާބުންވެސް ދުރަށް ޖައްސާލާފައި. ފުލުހުން އަންގަމުންދަނީ މުލިއާގެ ކަންމައްޗަށް ދިއުމަށް.

ފުލުހުން ފޯރިމަރަނީ
19 ފެބްރުއަރީ 2018 | ހޯމަ 10:47
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 11:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މި ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި މިވަނީ، މި އެޖެންޑާގައި ހިމެނޭ ކަންކަމުގައި މަޖިލީހުގައި ނަގާ ވޯޓުގައި ސަރުކާރަށް މެޖޯރިޓީ ލިބޭނެ ގޮތަށް، މަޖިލީހުގެ ބައެއް މެންބަރުން އެ މަޖިލީހަށް ވަނުން ހުއްޓުވުމަށް ބަންޑާރަ ނައިބު ހުށަހެޅި މައްސަލައެއްގައި ބަންޑާރަ ނައިބު އެދިލެއްވި ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި

19 ފެބްރުއަރީ 2018 | ހޯމަ 10:38
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ކުއްލި ނުރައްކަލުގެ ހާލަތު ނިމޭނީ މާދަމާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އާއި، މި ޤަރާރަށް އިޞްލާޙު ގެންނަވައި ނެރުއްވާފައިވާ ޤަރާރު ނަންބަރު 4/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) އަދި ޤަރާރު ނަންބަރު 5/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، އެ ޤަރާރާ ގުޅިގެން 18 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

19 ފެބްރުއަރީ 2018 | ހޯމަ 10:37
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މިއަދުގެ ޖަލްސާގައި އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ނެރުނު ޤަރާރާއި އެ ޤަރާރަށް އިސްލާހު ގެނެސް، އޭގެ ފަހުން ނެރުނު ޤަރާރުތަކާއި މެދު މަޖިލީހުން ގޮތެއް ނިންމުން.

 ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނެރުނު ވަގުތީ ކޯޓު އަމުރުގައި ބުނެފައިވަނީ ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށް.

19 ފެބްރުއަރީ 2018 | ހޯމަ 10:35