އިދިކޮޅު ކޯލިޝަންގެ އެއްވުން

  • ހުސައިންއަށް އޭޑީކޭގައި ކެމެރާމަން ނަދީމްއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުން
  • ހުސެއިންއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށް ބެލެވޭ
  • ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އޭޑީކޭއަށް ފުލުހުންގެ ކާރުގައި ގެންދިއުން
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހުސައިންއަށް އޭޑީކޭގައި ކެމެރާމަން ނަދީމްއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުން

 ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިންއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ރާއްޖެޓީވީގެ ކެމެރާމަން ނަދީމަށް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން. ފުލުހުން ބޫޓުން ޖަހާފައިވާ ނިޝާންތައް އޭނާގެ ގައިން ފެންނަން ހުރިކަމަށް ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވަނީ ވިދާޅުވެފައި. މަންޒަރު ދުށް ނޫސްވެރިއަކު ބުނެފައިވަނީ ހުސައިންގެ ކުރިމަތި ފަރާތުގައި ހިފާ ބޮނބިފަޅީގަ ޖެހުމަށްފަހު މައިކް ދަމައިގަނެ މޫނުވަތަށް ގަންނަވާ ފުލުހުން އޭނާ ވައްޓާލާފައިވާކަމަށް

17 ފެބްރުއަރީ 2018 | ހޮނިހިރު 01:25
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހުސެއިންއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށް ބެލެވޭ

 

17 ފެބްރުއަރީ 2018 | ހޮނިހިރު 01:08
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އޭޑީކޭއަށް ފުލުހުންގެ ކާރުގައި ގެންދިއުން

ހުސައިންއަށް ވަރަށްބޮޑަށް އަނިޔާ ކޮށްފައިކަމަށް ވަނީ މައުލޫމާތު ލިބިފައި. ރަނގަޅަށް ނޭވާ ނުލެވޭކަމަށާއި ހާލު ދެރަކަމަށްވެސް ވަނީ މައުލޫމާތު ލިބިފައި

 

17 ފެބްރުއަރީ 2018 | ހޮނިހިރު 00:48
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފުލުހުން އަނެއްކާވެސް ރާއްޖެޓީވީގެ ނޫސްވެރިންނަށް ހަމަލާ ދީފި

ފުލުހުން އަނެއްކާވެސް ރާއްޖެ ޓީވީގެ ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފި. ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު ބުނީ ކެމެރާމަން ޒަރީރުއާއި ނަދީމް އަދި ނޫސްވެރިޔާ ސާއިފްގެ ލޮލަށް ވަރަށް ކައިރިން ޕެޕަރ ސްޕްރޭ ޖަހާފައިވާކަމަށް. މުރުޝިދުގެ ލޮލަށްވެސް ޕެޕަރ ސްޕްރޭ ވަނީ ޖަހާފައި

17 ފެބްރުއަރީ 2018 | ހޮނިހިރު 00:39
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ކުރިމަތިލުންތަކެއް

މާވެޔޮމަގު ކަންމަތީގައި ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ފަރާތްތަކާމެދު ބަހުގެ ހޫނު ހަމަލާތަކެއް. ސަރަހައްދު ދަނީ ބާރު ބޮޑުވަމުން

17 ފެބްރުއަރީ 2018 | ހޮނިހިރު 00:23
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ވީޓީވީގެ ނޫސްވެރިޔާ ލީވާން ވެސް ވަނީ ހައްޔަރު ކޮށްފައި

ވީޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައި. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހުގެ ލޮލަށް ގިނައަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާކަމަށް ރާއްޖެޓީވީގެ ނޫސްވެރިޔާ ފަޒީން ވަނީ ރިޕޯޓްކޮށްފައި. މީގެ އިތުރުން ރާއްޖެޓީވީގެ ފޮޓޯގްރާފަރ ޝަރުހާންވެސް ދަނީ އޭޑީކޭގައި ފަރުވާހޯދަމުން

17 ފެބްރުއަރީ 2018 | ހޮނިހިރު 00:05
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ފުލުހުން ބައެއް މީޑިއާތަކަށް ވަނީ އެއްވުން ކަވަރު ކުރުމަށް ފުރުސަތު ދީފައި

މީޑިއާތަކަށް ހުރަސް އަޅައި އަނިޔާކުރާއިރު ސަރުކާރަށް ސަނާކިޔާ ބައެއް ޗެނަލްތަކަށް ފުލުހުން ވަނީ ޗާންދަނީމަގު ކަންމަތީގައި ހަރަކާތްތެރިވުމުގެ ފުރުސަތުދީފައި

16 ފެބްރުއަރީ 2018 | ހުކުރު 23:54
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
 ރާއްޖެޓީވީގެ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކުރިީ އަބްދުއް ރަހީމް ރާއްޖެޓީވީއާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލެއްވިތާ މާގިނަ އިރެއް ނުވަނީސް

 ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރު ކޮށް އަނިޔާ ކޮށްފައި މިވަނީ އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލެއްވިތާ ކުޑައިރުކޮޅެއް ނުވަނީސް.

 ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވަނީ ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ވަކިން ފާހަގަ ކުރައްވައި، "ފިތުނަފަސާދަ" އުފައްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައި. 

އޭނާ ވިދާޅުވެފައިވަނީ "ރާއްޖެ ޓީވީންނާއި ވީޓީވީން މިކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް. ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް" ކަމަށް

ރާއްޖެޓީވީގެ ކެމެރާމަން އަނިލްއާއި ޝަރުހާން  
16 ފެބްރުއަރީ 2018 | ހުކުރު 23:44
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށްފި

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށްފި. ހުސައިން ހައްޔަރުކޮށްފައިވަނީ އަނިޔާވެރިކޮށްކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ވަނީ ބުނެފައި. ޕެޕަރސްޕްރޭ އަނެއްކާވެސް ނޫސްވެރިންގެ ލޮލަށް ޖަހައިފި. އެސްއޯ ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި. ރާއްޖެޓީވީގެ ކެމެރާމަން އަނިލްއަށް ވެސް ވަނީ އަނިޔާ ކޮށްފައި. ރާއްޖެޓީވީގެ ފޮޓޯގްރާފަރ ޝަރުހާނަށްވެސް ވަނީ އަނިޔާ ވެފައި. އަދި މީގެ އިތުރުން ކެމެރާމަން ޒަރީރުގެ ހަށިގަނޑުގެ އަތްލަން ނުވާ ތަންތަނުގައި ހިފާ އަނިޔާކޮށްފައިވާކަމަށް ޒަރީރު ވަނީ ބުނެފައި.

16 ފެބްރުއަރީ 2018 | ހުކުރު 23:37
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަހުލޫފު ހައްޔަރުކޮށްގެން ގެންދިޔަ ވީޑިއޯ

 

16 ފެބްރުއަރީ 2018 | ހުކުރު 23:09
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އެމްޑީޕީގެ އެކްޓިވިސްޓް ރަޝީދު މޫސާވެސް ހައްޔަރު ކޮށްފި

 

16 ފެބްރުއަރީ 2018 | ހުކުރު 22:59
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕީޕީއެމް އިން ކުރިއަށް ގެންދާ ޕްރެސް

މިޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު "ބަލާ މުސީބާތަކީ" ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމް ނާއިބު ލީޑަރު، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

16 ފެބްރުއަރީ 2018 | ހުކުރު 22:56
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަހުލޫފު ހައްޔަރުކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރު ކޮށްގެން ގެންގޮސްފި. މަހުލޫފު ހައްޔަރު ކުރީ މަޖީދީ މަގުގައި ހުންނަ ކެމްޕަސް ފިހާރަ ދޮރުމަތިން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު 
16 ފެބްރުއަރީ 2018 | ހުކުރު 22:41
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ފުލުހުންގެ ޓާގެޓް ހުރީ މީޑިއާ ތަކަށް

 

16 ފެބްރުއަރީ 2018 | ހުކުރު 22:39
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ނޫސްވެރިއެއްގެ އަނގަމަތި ފަޅާލައިފި

ބައެއް ނޫސްވެރިންނަށް ހަމަލާދީ އަނގަމަތި ފަޅާލާފައިވާކަމަށް ރާއްޖެއެމްވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވަނީ ބުނެފައި. އަނގަމަތި ފަޅާލާފައިވަނީ ސަންގު ޓީވީގެ ކެމެރާމަނެއްކަމަށްވާ އަހުމަދު އަޔާދުގެ އަނގަމަތި.  އެއްވުމުގެ ބައިވެރިން ތިބީ މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި.

އަޔާދުގެ އަނގަމަތި ފަލާލާފައި
16 ފެބްރުއަރީ 2018 | ހުކުރު 22:20
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓް

މޫދަށް ލިއަސް ރައްޔިތުން ފަހަތަކަށް ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވި

 

16 ފެބްރުއަރީ 2018 | ހުކުރު 22:14
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ

މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ. ރާއްޖެޓީވީގެ ކެމެރާމަން ފަޒީން ގެ ލޮލަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައ. މީގެ އޮތުރުން ސަންގު ޓީވީގެ ނޫސްވެރިޔާ ޔާމީންގެ ލޮލަށްވެސް ވަނީ ކަރުނަ ގޭސް ޖަހާފައި.ނޫސްވެރިންނަށް ވަނީ  އެކިވަރުގެ ގެއްލުން ލިބިފައި 

16 ފެބްރުއަރީ 2018 | ހުކުރު 22:05
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ ޓްވީޓް

 

16 ފެބްރުއަރީ 2018 | ހުކުރު 22:00
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެއްޖެ

އާޓިފިޝަލް ބީޗް ސަރަހައްދުން ފުލުހުން ދުރައްޖެއްސުމުން މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެއްޖެ. 

 

16 ފެބްރުއަރީ 2018 | ހުކުރު 21:35
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މީޑިއާ ދުރަށް ޖެއްސުމަށްޓަކައި ފުލުހުން ދަނީ މަސައްކަތް ކުރަމުން

 ބީޗް ސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެއެމްވީގެ ރިޕޯޓަރ ބުނީ މީޑިއާ ދުރައް ޖައްސަމުންދާކަމަށް. ފުލުހުން ދަނީ ޝީލްޑާއިއެކު މީހުން ދުރަށް ޖައްސަމުން. އެއްވުމުގެ ބައިވެރިންނަށް ދަނީ އަނިޔާވަމުން

16 ފެބްރުއަރީ 2018 | ހުކުރު 21:32
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަހުލޫފު ވިދާޅުވީ ފުލުހަށް ހާޒިރު ކުރީ މިފަހަރުވެސް ޓްވީޓުގެ މައްސަލައިގައި ކަމަށް

މާދަމާވެސް 17:00 އަށް ފުލުހަށް ހާޒިރު ވުމަށް މަހުލޫފަށް ވަނީ އަންގާފައި. މިރޭގެ އެއްވުމުގައިވެސް ފެނިގެންދާނެކަމަށް ވަނީ ވިދާޅުވެފައި. 

16 ފެބްރުއަރީ 2018 | ހުކުރު 21:08
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަހުލޫފު ފުލުހުންގެ އިދާރާއިން ދޫކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ދޫކޮށްލައިފި. މަހުލޫފު ފުލުހުންގެ އިދާރާއަށް މިއަދު ދެފަހަރު ވަނީ ގޮސްފައި. އެއީ މއިަދު 14:30 އާއި 17:00 ގައި. މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ކުރެއްވި ޓްވިޓްތަކާއި ގުޅިގެން. މިއަދުގެ އެއްވުމުގައިވެސް އޭނާ ވަނީ ބައިވެރިވެ ލައްވާފައި

މަހުލޫފު. ފައިލް ފޮޓޯ
16 ފެބްރުއަރީ 2018 | ހުކުރު 21:05
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އާޓިފިޝަލް ބީޗް ސަރަހައްދަށް އަނެއްކާވެސް މީހުން އެއްވާން ފަށައިފި

އާޓިފިޝަލް ބީޗް ސަރަހައްދަށް އަނެއްކާވެސް މީހުން އެއްވާން ފަށައިފި. ފުލުހުންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުން. 

16 ފެބްރުއަރީ 2018 | ހުކުރު 20:49
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އާޓިފިޝަލް ބީޗް ސަރަހައްދު ފުލުހުން ހުސްކޮށްލައިފި

އެއްވުމުގެ ބައިވެރިން ތިބި އާޓިފިޝަލް ބީޗް ސަރަހައްދު ފުލުހުން ހުސްކޮށްލައިފި. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއްވުން އަދިވެސް ނުނިމޭކަމަށާއި އިރުކޮޅެއްގެ ތެރޭގައި އެއްވުން ފެށިގެން ދާނެކަމަށް. 

16 ފެބްރުއަރީ 2018 | ހުކުރު 20:40
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓް

ރާއްޖޭގެ އެތަށް ހާސް ބަޔަކު ވަނީ ސުޕްރީމްކޯޓުން އަމުރުކޮށްފައިވާ ގޮތަށް ސިޔާސީ ކުށްވެރިން ދޫކުރުމަށް ރައީސް ޔާމީނަށް ގޮވާލުމަށް އެއްވެފައި. ރައީސް ޔާމީން އިސްތިއުފާ ދެއްވާ ރާއްޖޭގައި މިނިވަން އިންތިޚާބަކަށް ޖާގަ ދޭންޖެހޭކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައި

 

16 ފެބްރުއަރީ 2018 | ހުކުރު 20:34