ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 12:52
ފިނޭންސް މިނިސްޓްރީ- މިނިސްޓްރީން ދަނީ ކޮންމެ ހަފްތާއަކުވެސް ކުރަމުންދާ ޚަރަދުތަކުގެ ތަފްސީލުތައް ހާމަކުރަމުން
ފިނޭންސް މިނިސްޓްރީ- މިނިސްޓްރީން ދަނީ ކޮންމެ ހަފްތާއަކުވެސް ކުރަމުންދާ ޚަރަދުތަކުގެ ތަފްސީލުތައް ހާމަކުރަމުން
ރާއްޖެއެމްވީ
އިންކަމް ސަޕޯޓް އެލެވެންސް
އިންކަމް ސަޕޯޓް އެލެވެންސް ގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފި
 
އިގްތިސާދު ހުއްޓުމަކަށް އައިސްފައި ވާއިރު، ގިނަ ބަޔެއްގެ ވަޒީފާތައް ވަނީ ގެއްލިފަ
 
2507 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކޮށްފައިވޭ
 
ރިކަވަރީ ލޯން ސްކީމުގެ ދަށުން 350 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 10.1 މިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 2507 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކޮށްފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 5000ރ. އެވެ. މި ފައިސާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް ވަޒީފާގައި ދެމިތިބި ފަރާތްތަކާއި، 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކާއި، އަދި އެހެނިހެން ގޮތްގޮތުން އާމްދަނީ ލިބެމުން އައި ފަރާތްތަކެވެ.

އޭގެ އިތުރުން، ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް 350 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ހުއްޓުމަކަށް އައިސްފައި ވާއިރު، ގިނަ ބަޔެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އެގޮތުން ސަރުކާރުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރަށްވެސް ގިނަ ބަޔަކު މައްސަލަ ހުށައަޅާފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންގެ އަދަދު މިހާރު ހުށައެޅޭ އަދަދުތަކަށްވުރެ ގިނަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް