ކ. މާލެ
|
10 ޖުލައި 2019 | ބުދަ 19:50
ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ރައީސް އަބްދުﷲ ޔާމީން
ޔާމީން ސަރުކާރުން އަނިޔާކުރި ފުލުހުންގެ ހިމާޔަތުގައި ނުނިކުތީ ކީއްވެ؟
 
ގަވައިދާ ހިލާފުވާ ފުލުހުންނާއި މެދު ފިޔަވަޅުތައް އަޅަންޖެހޭ
 
ގަވައިދާ ހިލާފުވާ ފުލުހުންގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ

މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަޔަކީ ފުލުހުންތަކެއްގެ ޕްރޮފައިލް ފޮޓޯ ބަދަލުކުރި ވާހަކައެވެ. ކަޅު ކުލައިގެ ޕްރޮފައިލް ފޮޓޯ ޖަހައިގެން އުޅޭ ވާހަކައެވެ. ކަން ހިނގިގޮތް ސާފުކޮށްލިއިރު، އެއީ ދާދިފަހުން ލީކުވި ފުލުހުން މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ފުލުހުން ސަސްޕެންޑްކުރުމުން، އެފުލުހުންގެ ދިފާއުގައި ނިކުތް ފުލުހުންތަކެއް ކަމަށް ވެއެވެ.

މިއީ މިދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ. ފުލުހުންގެ މަދު ބަޔަކު ނިކުމެ، މުޅި ފުލުހުންގެ އިދާރާގެ އަގު ވައްޓާލީ މިދިޔަ ހަފްތާއަކު އެކަންޏެއް ނޫނެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ފުލުހުންގެ ބަޔަކު ނިކުމެ، ސިފައިންނާއި އާއްމުންގެ ބަޔަކު ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލައި، ޖެހިގެން އައި 8 ވަނަ ދުވަހު އިހުތިޖާޖެއް ކުރަން ނިކުތް އާއްމުންނަށް ފުލުހުން އަނިޔާކުރުމާއި، ފެބުރުއަރީ 1 ވަނަ ދުވަހުގެ އަމުރަށް ތަބާނުވެ ޖެހި ސަކަރާތުން ފެށިގެން ގޮސް ލިޔެވޭނެ އެތައް ވާހަކަތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް މިވާހަކަތައް އެއް ފަރާތްކޮށް، އައު ސަފުހާއެއް ލިޔަން ފެށޭތޯ ނުވަތަ އެތަން އިސްލާހުގެ މަގަށް ގެނެވޭތޯ ކިތަންމެ މަސައްކަތެއް ކުރެވޭތަން ވެސް އެބަ ފެނެއެވެ.

މިމަސައްކަތްތަކަށް ހުރަސް އަޅަނީ މިދަންނަވާ ފުލުހުންގެ ކުޑަކުޑަ ޓީމެކެވެ. މުޅި މުއައްސަސާ ބަދުނާމުކޮށް ޖިނާޢީ އަދުލުގެ ނިޒާމްގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލަނީއެވެ. ދާދިފަހުން ލީކުވި ވީޑިއޯއަށް ބަލަމާތޯއެވެ.

ގައިމު އޭނާ ދިޔައީ ފުލުހުންނަށް ހުރަސް އަޅަމުންނެއް ނޫނެވެ. މީހާ އޮތީ ތަޅާތަޅާ ހިރިނުލެވޭ ވަރުކޮށްފައެވެ. އެވަރުން ވެސް ދުރުގަ އޮތް ގާގަނޑެއް ނަގައިގެން އައިސް އެމީހާއަށް އަނިޔާކުރީއެވެ. އެގާގަނޑު ނަގައިގެން އައިސް އަނިޔާކުރި މީހާގެ މައްޗަށް ފިޔަވަޅު އެޅުމުގެ ކުރިން ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުން ވެސް ބުއްދިވެރިއެވެ. އެފަދަ އަނިޔާވެރި ހިސާބަކަށް އިންސާނެއްގެ ކަންތައް ދިޔައީމާ އެއީ އަދަބު ދިނުމުގެ އިތުރުން ފަރުވާ ހޯދަން ޖެހޭ ކަމެކެވެ.

އެފަދަ އަނިޔާވެރި ބަޔަކަށް ފިޔަވަޅު އެޅުމުން އެމީހުންގެ ދިފާޢުގައި ނިކުންނާނީ އަނިޔާވެރި ކަމަށް ހިތްވަރު ދިނުން ނޫން ދެން ކޮން ކަމަކުތޯއެވެ؟ މިދަންނަވަނީ ހައްޔަރުކުރަން އުޅުނު މީހަކު ގަދަ ހެދުމުން އެމީހަކު ހައްޔަރުކުރަން ބާރުގެ ބޭނުން ކުރުމުން އެމީހާއަށް އަނިޔާވި ވާހަކައެއް ނޫނެވެ.

މިއީ އާއްމު ރައްޔިތަކު އެކަން ކުރިނަމަ ހިފާ ހައްޔަރުކޮށް ވަގުތުން ޝަރީޢަތް ފެށޭ ޒާތުގެ ކަންކަމެވެ. މިފަދަ އަނިޔާވެރި އަމަލުތަކެއް ހިންގައި، ފިޔަވަޅު އެޅުމުން ދެން ފެނުނީ އެވީޑިއޯ ނެގިކަމަށް ބެލެވޭ މީހުން ތިބި ގެއަކަށް ވަދެ ފުލުހުން އިންޒާރު ދިން ތަނެވެ. ޒީރޯ ޓޮލަރެންސާއި ވިސްލް ބްލޯވިންގެ ވާހަކަ ދައްކާއިރު، ފުލުހުން ހިންގި މިއަމަލަށް ފިޔަވަޅު ނޭޅިއްޖެނަމަ ވިސްލްބްލޯވަރުންނަށް އޮތީ ކޮން ރައްކާތެރިކަމަކާއި ޔަޤީންކަމެއްތޯއެވެ؟

އެ ޔަޤީންކަން ރައްޔިތުންނަށް ދޭން ސަރުކާރުން ބޭނުންވާނަމަ އެގެއަށް ވަން ފުލުހުންނާއި، އެމީހުން އެގެއަށް ވަންނަން ހުއްދަ ދިން ފަރާތެއްގެ މައްޗަށް ވަކި ތަހުޤީގެއްކޮށް، ވަކިން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެއެވެ.

ޤާނޫނުގެ މަގަށް ފުލުހުންގެ މުއައްސަސާ އަނބުރާލަން މަސައްކަތް ކުރަމުންދާއިރު، ފުލުހުންގެ ތެރޭގައި އެކަމަށް ހުރަސް އަޅަން އެނިކުތް މަދު މީސްކޮޅު މިދިޔަ އަހަރު ކޮބައިބާވައެވެ؟ ގައިމު އެސްއޯ ފުލުހުންގެ ބަޔަކު ހައްޔަރުކޮށް، ކުޑަ ގޮޅިއަށް ލީއިރު އެއިން މީހަކު ނެތެވެ. "ބްރޯ ހިތްވަރުކޮށްލާ"ށޭ ބުނާކަށް ނުކެރުނެވެ. އެއަށް ވުރެ ބޮޑަށް ފެނުނީ ފިނޑިވެ، އަނިޔާވެރި ވެރިއެއްދެކެ ބިރު ގަތްތަނެވެ.

މިއަދަކީ މިއީ ފާޅުކޮށްލާ ޚިޔާލަކުން މީހަކު ކުޑަގޮޅިއަށްލާނެ ދުވަސް ނޫންކަމުން، އޭގެ ނާޖާއިޒް ފައިދާ ނަގަން ނޫޅޭށެވެ. ފުލުހުންގެ މުއައްސާސާގެ އަގު ވައްޓާލަން ނޫޅޭށެވެ. ދިވެހިން މިއަދު ތި ގްރޫޕް ދަނެއެވެ. އިރާދަކުރެއްވިއްޔާ ޝެއިޚް އިމްރާންއާއި ކޮމިޝަނަރ ހަމީދުގެ ބެލުމުގެ ދަށުން ފުލުހުންގެ މުއައްސަސާ ދާނީ އިސްލާޙުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
83%
4%
0%
0%
13%
ކޮމެންޓް