ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 21:32
ހ، ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސްފައިވަނީ އަންގާރަ ދުވަހު ރޭ
ހ، ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސްފައިވަނީ އަންގާރަ ދުވަހު ރޭ
ޝުއައިބް މުހައްމަދު އިގްބާލް
އަބްދުﷲ ލުތުފީ
9 އަހަރު ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނެސްފި
 
ލުތުފީ ލަންކާގައި އުޅޭކަން ފަޅާ އަރުވަލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
 
ލަންކާގައި ފިލައިގެން އުޅުމަށް ފަހު ލުތުފީ އެމްބަސީ އަށް ހާޒިރުވެފައިވަނީ އަމިއްލައަށް
 
ލުތުފީ ރާއްޖެ ގެނަސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި

1988އަށް ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސްފިއެވެ.

25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ހުއްޓާ ބޭސް ފަރުވާ އަށް ގޮސް ފިލައިގެން އުޅެނިކޮށް ލުތުފީ ރާއްޖެ ގެނެސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި، އެމިރޭޓްސް ފްލައިޓް އީކޭ 635ގައި އަންގާރާ ދުވަހުގެ ރޭ 9:10 ހާއިރެވެ.

ފުލުހުން ބުނީ، އަންގާރަ ދުވަހުގެ ރޭ 23:03 ގައި ލުތުފީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްއާ ހަވާލުކޮށްފައިވާ ކަމަށާއި، އޭނާ އަކީ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް 16 ޖެނުއަރީ 2010 ގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް އެނބުރި ނައިސް ފިލާފައިވާ މީހެއް ކަމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ލަންކާގައި ފިލައިގެން އުޅުމަށް ފަހު ލުތުފީ އެމްބަސީއާ ހަވާލުވެފައިވަނީ މޭ މަހުގެ އެއްވަނަ ދުވަހު އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލުތުފީ ލަންކާގައި އުޅޭކަން ފަޅާ އަރުވަލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ. ލުތުފީ ރާއްޖެ ގެނައުމަކީ އެހާ މުހިއްމުކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މި ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
17%
0%
78%
0%
6%
ކޮމެންޓް