ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 20:15
ޕީޕީއެމް ކެމްޕެއިން ޓީމް އައްޑޫ ގެއަކުން ނެރެނީ
ޕީޕީއެމް ކެމްޕެއިން ޓީމް އައްޑޫ ގެއަކުން ނެރެނީ
ޓްވިޓަރ
ޕީޕީއެމް ގެއަކުން ނެރުން
ޕީޕީއެމް ކެމްޕެއިން ޓީމެއް ގެއަކުން ނެރޭ ވީޑިއޯއެއް ވައިރަލް ވެއްޖެ
 
މީގެ ކުރިން މާލޭގައި ބަޔަކު ވަނީ މިނިސްޓަރ ސައީދުވެސް ލަދުގަންނަވާލާފައި
 
ގެއިން ނުކުތުމަށް ތަކުރާރުކޮށް ބުނަމުންދޭ
 
އެއީ އައްޑޫ ސިޓީގެ ގެއެއް

ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ހަރަކާތްތެރިވާ ޕީޕީއެމްގެ ކެމްޕެއިން ޓީމެއް ގެއަކުން ނެރޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

ވީޑިއޯގައި ދައްކާ ވާހަކައަށް ބަލާއިރު އެއީ އައްޑޫ ސިޓީގެ ގެއެއްކަން ވަނީ ކަށަވަރު ވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް ގެއަކަށް ވަންނަ ދެ މީހަކު އެ ގެއިން ނެރޭ މަންޒަރެވެ.

ގޭގެ ވެރިމީހާ ކަމަށް ބެލެވޭ މީހާ އެ ދެމީހުން އެގެއިން ނެރެމުން ދައްކާ ވާހަކަތަކުން ސާފުވާ ގޮތުން ކޮންމެވެސް އެހެން ތަނަކަށްދާށޭ ބުނާކަން އެނގެއެވެ. އަދި އަތުންވެސް އިޝާރާތް ކުރަމުން ތަކުރާރުކޮށް ބުނަމުން ދަނީ އެގެއިން ނުކުތުމަށެވެ. ޓީމުގައި ހިމެނޭ ދެމީހުންވެސް ކޮންމެވެސް ވާހަކައެއް ދައްކާތީ އަޑުއިވެއެވެ. އެކަމަކު އެމީހުން ބުނާ އެއްޗެއް ސާފުވާވަރެއް ނުވެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިޔާގެ ޓްވިޓަރއާއި ފޭސްބުކް ފަދަ ތަކެތީގައި ދަނީ ފަތުއަޑުކިޔާފައި ފެތުރެމުންނެވެ.

މިފަދަ ވީޑިއޯއެއް ހޯމަ ދުވަހު ޢާއްމުވެފައިވާއިރު މީގެ ކުރިން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދައިދިނުމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކެމްޕެއިނަށް ނިކުމެވަޑައިގެން ބަޔަކާ ބައްދަލުކުރެއްވުމުން އެމީހުން އެމަނިކުފާނު ލަދުގަންނަވާލައްވާ ވީޑިއޯއެއްވެސް ޢާއްމު ވެފައެވެ.

އާންމުވެފައިވާ އެ ވީޑިއޯގައި ފެންނަނީ މިނިސްޓަރ ސައީދު ޕީޕީއެމްގެ ބަޔަކާއެކު މާލޭގެ ގެއެއްގެ ދޮރޮމައްޗަށް ހުއްޓިވަޑައިގެން އެގޭގެ މީހުންނާ ވާހަކަ ދެއްކެވުމަށް މަސައްކަތްކުރާއިރު އެމީހުން އެ ވާހަކަތައް އަޑު ނާހަން މަސައްކަތްކުރާ ތަނެވެ. މިނިސްޓަރު ސައީދު އެމަނިކުފާނުގެ ވާހަކަ އަޑުއެއްސެވުމަށް އެދިވަޑައިގަންނަވަމުންދާއިރު ވެސް "އަޑުހަންވެސް ބޭނުމެއް ނުވެ އޭ" ތަކުރާރުކޮށް އަންހެނަކު ބުނާ އަޑު އެ ވީޑިއޯއިން އިވެއެވެ. އެހެން ނަމަވެސް އެ އަންހެން މީހާއާއި އެގޭގެ އެހެން މީހުންނާ ކޮންމެސް ވާހަކައެއް ދައްކަވަން މިނިސްޓަރު މަސައްކަތް ކުރައްވާތަން ފެނެ އެވެ.

އަދި އެގޭގައި ހުރި އެހެން ފިރިހެނަކު މިނިސްޓަރު ސައީދުއާ ދިމާލަށް "ސައީދުމެން ދައްކާ ވާހަކަ އަޑު އެހޭކަށް ނެތެއް ނޫން ހޭ ހުސް ޖަރީމާއޭ ހިންގަނީ" ބުނާތަން ފެނެ އެވެ. އަދި ފަހުން ސައީދު އޭނާއާ ޖަލުން ބައްދަލުކޮށްފާނެ ކަމަށްވެސް އެމީހާ ބުނެ އެވެ. ހަމަ އެހެންމެ ސައީދު ވެސް އަދި ޖަލަށް ލާނެ ކަމަށް އެގޭގެ މީހުން ތަކުރާރުކޮށް މިނިސްޓަރާ ދިމާލަށް ބުނާތަންވެސް މި ވީޑިއޯއިން ފެނެ އެވެ. މީގެ އިތުރުންވެސް "އަމިއްލަ ބޭބެ ޖަލަށް ލީ މީހަކު އެހެން މީހަކަށް ބަލާނެ ތޯ"އޭވެސް ރައީސް ޔާމީނާމެދު ހިތްހަމަ ނުޖެހިތިބި އެމީހުންގެ ތެރެއިން މީހަކު ބުނާ އަޑު ވެސް އެ ވީޑިއޯއިން އިވެ އެވެ.

މިނިސްޓަރު ސައީދާއެކު ޕީޕީއެމްގެ އިތުރު މީހުންވެސް ތިބި ނަމަވެސް އެހެން ބަޔަކު އެމީހުންނާ ވާހަކަ ދައްކަން މަސައްކަތެއް ކުރެއެވެ. އަދި މިނިސްޓަރު ސައީދާ ވަރަށް ގާތުގައި ހުންނަވައިގެން އެމަނިކުފާނަށް ބަހުގެ ހަމަލާދެމުންދިޔައިރު އެމްއެންޑީއެފް ބޯޑީގާޑަކު ވެސް މިނިސްޓަރުގެ ގާތުގައި އެވަގުތު ހުއްޓެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
1%
13%
1%
9%
1%
74%
ކޮމެންޓް