ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 11:36
ކޯސްޓްގާޑްގެ އުޅަނދެއް: ގެއްލިގެން ހޯދަމުން ދިޔަ ޑިންގީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު
ކޯސްޓްގާޑްގެ އުޅަނދެއް: ގެއްލިގެން ހޯދަމުން ދިޔަ ޑިންގީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު
ގޫގުލް
ޑިންގީ ގެއްލުން
ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު
 
ޑިންގީގައި ތިބީ ތިން މީހުން
 
ޑިންގީ ބަންޑުން ޖަހާލި

ގދ. ވާދޫއިން ފުރައިގެން ގދ. ގައްދޫއަށް ދަތުރުކުރި ޑިންގީއެއްގެ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ 9:15 ހާއިރު ތިން މީހުންނާއެކު ވާދޫއިން ފުރި 15 ފޫޓުގެ މި ޑިންގީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ހޮނިހިރު ދުވަހު ފަތިހު 05:30 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދަކާއި ސީއެމްބިޔުލާންސްއެއް ބޭނުންކޮށްގެން އެ ސަރަޙައްދު ބަލަމުން ދަނިކޮށް ޑިންގީ ފެނިފައިވަނީ އެ އަތޮޅު ފަޅުރަށެއްގެ ކައިރިން ހޮނިހިރު ދުވަހު ހެނދުނު 08:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ފެނުނުއިރު އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅެވެ.

ޑިންގީ ގެއްލުނީ، ދަތުރުކުރަމުން ދަނިކޮށް ރާޅު ބާންޏާއެކު ބަންޑުން ޖަހާލުމުން ކަމަށް އޭގައި ތިބި މީހުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
100%
ކޮމެންޓް