ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 19:26
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ
ރާއްޖެ އެމްވީ
ރާއްޖެ - އިންޑިއާ
އިންޑިއާ ސަފީރާއި އެމްބަސީގެ ފޯނު ކޯލުތައް ދިވެހި ސަރުކާރުން އަޑުއަހަމުންދާ ކަމަށް ތުހުމަތުކޮށްފި
 
ސަރުކާރާއި ޕީޕީއެމްގެ އިސްވެރިންނަށް ސަފީރާ ބައްދަލުކުރުން މަނާކޮށްފައިވާ ކަމަށް ތުހްމަތުކޮށްފައިވޭ
 
އިންޑިއާ ސަފީރު ހުންނެވީ "ކޮއްޓަކަށް ލާފައިވާ ގުރައެއްގެ" ހާލަތުގައި
 
ފޯން ކޯލް އަޑުއަހަމުންދާކަމުގެ ތުހުމަތާއި ގުޅިގެން ސަރުކާރުގެ ބަހެއް ނުލިބުނު

އިންޑިއާ އެމްބަސީއާއި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ފޯނު ކޯލުތައް ދިވެހި ސަރުކާރުން އަޑުއަހަމުންދާ ކަމަށް އިންޑިއާގެ ސްޓްރެޓީޖިކް އެނަލިސްޓު ރަޖީވް ޝަރުމާ ތުހުމަތު ކުރައްވައިފި އެވެ.

އިންޑިއާގެ "ދަ ކުއިންޓް" ނޫހުގައި ޝާއިއުކޮށްފައިވާ ރަޖީވް ޝަރުމާގެ ލިޔުމެއްގައިވާ ގޮތުގައި، މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ލޭންޑްލައިން ފޯނުތަކާއި އެމްބަސީގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ސަފީރު އަކިލޭޝް މިޝްރާގެ މޯބައިލް ފޯނު ކޯލުތައް ދިވެހި ސަރުކާރުން ދަނީ އަޑުއަހަމުންނެވެ.

ހޯމް މިނިސްޓަރަށާއި ޑިފެންސް މިނިސްޓަރަށް ގުޅައިގެން މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ވާނީ މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް، މީގެން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ މިހާތަނަށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ރަޖީވް ޝަރުމާގެ ލިޔުމުގައިވާ ގޮތުގައި، އިންޑިއާގެ ސަފީރާއި ބައްދަލުނުކުރުމަށް، މިނިސްޓަރުންނަށާއި ސަރުކާރުގެ އޮފިޝަލުންނަށާއި ޕީޕީއެމްގެ އިސްވެރިންނަށް ސަރުކާރުން ވަނީ  އަންގާފަ އެވެ. ލިޔުމުގައިވާ ގޮތުގައި މިކަންތައްތަކުގެ ސަބަބުން، އިންޑިއާ ސަފީރަށް ރާއްޖޭގައި ހަރަކާތްތެރިވުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެ ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި އިންޑިއާ ސަފީރު މިހާރު ހުންނެވީ "ކޮއްޓަކަށް ލާފައިވާ ގުރައެއްގެ" ހާލަތުގައެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ވަކި ގައުމެއްގެ ސަފީރަކާއި ބައްދަލުނުކުރުމަށް ސަރުކާރުން ނުވަތަ ޕީޕީއެމް އިން އެއްވެސް ފަރާތަކަށް އަންގާފައިނުވާ ކަމަށެވެ. އަދި ސަރުކާރާއި ޕީޕީއެމްއާ ގުޅޭގޮތުން ދައްކާފައިވާ އެ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަ ކުއިންޓް" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވެސް ވަނީ، އިންޑިއާގެ ސަފީރާއި ބައްދަލުކުރުމުން ގއ. އަތޮޅު ކައުންސިލް ސަސްޕެންޑްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޑިއާގެ ސަފީރާއި ބައްދަލުކުރުމުން ގއ. އަތޮޅު ކައުންސިލާ ދެކޮޅަށް ފިޔަވަޅު އެޅިއިރު، ހަމަ އެ ދުވަހު އިނގިރޭސީ ސަފީރު ޖޭމްސް ޑޯރިސްއާ ބައްދަލުކުރެއްވި ގދ. ތިނަދޫ ކައުންސިލަށް ފިޔަވަޅު އަޅާފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ލިޔުމުގައިވާ ގޮތުގައި، ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމަށް އެހީތެރިވެދީ އަދި ހުރިހާ އިންތަކެއް ދިވެހި ސަރުކާރުން ވަނީ ހުރަސްކޮށްފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
6%
22%
0%
6%
13%
53%
ކޮމެންޓް
24 ޑިސެންބަރ 2017 | އާދީއްތަ 12:05
ނަޖްވާ
މީ ހަމަ ވަަރަށް ގިނަ ޤައުމު ތަކުން ކުރާ ކަމެއް ކަމަށް ބެލެވޭ! އެންމެ ފަސޭހައިން ފޯނު ޓެޕްކޮށްފަ ހުރިކަން އެނގޭނީ، ފީޑް ބެކް އެރުން، ނުނީ އެކޯ އެއް ހުރުން ނޫނީވިއްޔާ އާދަޔާ ޚިލާފަށް ފޯނު ދޮން ބޮޑުވުން! އެހެން ކަމަށް ވާނަމަ ބެލެވޭނީ ފޯނު އެހެރީ ޓެޕް ކޮށްފަ ކަމަށް!