ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 15:44
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
މިހާރު
މިރައީސް ޕްރޮގްރާމް
މި ސަރުކާރުން ތަރައްގީގެ ނަމުގައި ލޯނު ނެގުން ނޫން ކަމެއް ނުކުރޭ: ޝިފާޒު
 
ޖީއެމްއާރް އެގްރީމެންޓް އުވާލުމުން ގެއްލުން ނުވާނެ ކަމަށް ކުރިން ރައީސް ޔާމީން ވިދާޅުވި
 
އެއް ލޯނު ފޫބެއްދުމަށް އަނެއް ލޯން ނަންގަވާ މަންޒަރު ފެންނަމުންދޭ
 
ސަރުކާރުން ދަރަނި އިތުރުވުމުން ވެސް ދައްކަނީ އުޒުރު

ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން ލޯނު ނެންގެވުން ނޫން ކަމެއް ކުރައްވާތަން ނުފެންނަ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ މިރައީސް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، ރައީސް ޔާމިން ލޯނުތައް ނަންގަވަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރެއްވުމަށް ކަމަށް ވިދާޅުވެ ކަމަށާއި އެެހެން ނަމަވެސް ފެނިގެންދަނީ ލޯނުތައް އިތުރުކޮށް، ދަރަނި ފޫބެއްދުމަށް ލޯނު މައްޗަށް ލޯނު ނަންގަވަމުން ގެންދަވާ މަންޒަރު ކަމަށެވެ.

މިކަންކަމާ ގުޅިގެން މުޅި ދައުލަތް ދުނިޔޭގެ ކުރިމަތީގައި ފަލީހަތްވެފައިވާ ކަމަށާއި ގައުމުގެ އަގު ވެސް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެވިދާޅުވަނީ ސަރުކާރުގެ ދަރަންޏަކީ އެއް ބިލިއަން ރުފިޔާ އޭ. ބާކީ އެއީ ޖީއެމްއާރް ފަދަ މައްސަލަތަކާ ގުޅިގެން އިތުރުވި ދަރަނި ކަމަށް. ފެށުނީއްސުރެ އަޅުގަނޑުމެން މިވިދާޅުވީ، ޖީއެމްއާރް އެއްބަސްވުމަކީ، ދެފުއްފެންނަ އެއްބަސްވުމެއް ކަމަށާއި ޖީއެމްއާރް އެއްބަސްވުން އުވާނުލާށޭ. އެއީ އައިއެމްއެފް ބޭފުޅުންގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ބިޑިންގ ޕްރޮސެސްއެއް،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ، އެގްރީމެންޓް އުވާލުމުން ބޮޑު އަދަދެއް ދައްކަން ޖެހުނު ކަން ރައީސް ޔާމީން ފާހަގަކުރައްވާ އިރު އެގްރީމެންޓް އުވާލުމުގެ މަސައްކަތް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ޔާމިން ކަމަށެވެ. އަދި އެގްރީމެންޓް އުވާލައިގެން ރައްޔިތުންނަށް ނުވަތަ ދައުލަތަށް އެއްވެސް ތަކްލީފެއް ކުރިމަތިނުވާނެ ކަމަށް އޭރު ރައީސް ޔާމިން ވިދާޅުވިކަން ޝިފާޒު ފާހަގަކުރެއްވިއެވެ.

ޖީއެމްއާރު އެގްރީމެންޓް އުވާލުމުގެ ސަބަބުން ދައުލަތުން ޖީއެމްއާރް ކުންފުންޏަށް 250 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމް ކޮށްފައިވެއެވެ. އެ ފައިސާ ދައްކާފައި ވަނީ ދައުލަތުގެ ރިޒާވުން ބޮޑު އަދަދެއް ނަގައިގެންނެވެ.

 ޝިފާޒު ވިދާޅުވީ، ރައީސް ޔާމީން މިފަަދަ ވާހަކަތައް ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކި ނަމަވެސް ރައްޔިތުންނެއް އެކަމެއް ގަބޫލެއް ނުކުރާނެ ކަމަށާއި ރައްޔިތުންނަށް ވަރަށް ސާފުކޮށް ސަރުކާރުން ކުރަމުންގެންދާ ކަންކަން ފެންނަމުންދާނެ ކަމަށެވެ.

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް