ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 15:44
 ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ޕީޕީއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާ
ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ޕީޕީއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާ
ފާތިމަތު ޝަނާ މުހައްމަދު
މިރައީސް ޕްރޮގްރާމް
ރައީސް ޔާމީން "އެކަނި ބަބުރު" ހެދިގެން އުޅުނަސް ރައްޔިތުން އުޅެނީ އެހެންނެއް ނޫން: ނާދިރާ
 
ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް ވަނީ އިތުރުވެފައި
 
މި ސަރުކާރަށް އެއަރޕޯޓް ގާއިމްކޮށްދެވުނީ އެންމެ އަތޮޅެއްގައި
 
ކޮންމެ ރަށަކަށް ގޮސް އެއަރޕޯޓް އަޅާނެ ވާހަކަ ބުނި ނަމަވެސް އެކަން ރައްޔިތުން ބަލައެއް ނުގަންނާނެ

ރައީސް ޔާމީން އެކަނި "ބަބުރު" ހެދިގެން އުޅުނު ނަމަވެސް ދިވެހި ރައްޔިތުން އުޅެނީ އެކަނި ބަރުރު ހެދިގެން ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކަންކަން ވާގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށް ރައީސް މައުމޫން ފެކްޝަންގެ ޕީޕީއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "މި ރައީސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ނާދިރާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކޮންމެ ރަށަކަށް ވަޑައިގެން އެއަރޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ދިވެހި ރައްޔިތުންނަށް ފަސް މިނެޓުން އެއަރޕޯޓަށް ދެވޭ ރަށްރަށުގައި އެއަރޕޯޓެއް ގާއިމް ކުރުމަށް ބޭނުން ނުވާ ކަމަށެވެ. ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކަށް ގޮސް އެރަށެއްގައި އެއަރޕޯޓް އަޅުއްވާނެ ކަމަށް ވިދާޅުވުމުން އެކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް ހީފުޅު ނުކުރެއްވުމަށް ނާދިރާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހީކުރައްވަނީ، އެމަނިކުފާނު އުޅޭ ގޮތަށޭ އެހެން ހުރިހާ ބޭފުޅުން އުޅޭނީ. މިބޭފުޅާއަކީ އެކަނި ބަރުރު ހެދިގެން އުޅޭ މީހެއް. އެނގިވަޑައެއް ނުގަންނަވާނެ އެހެން މީހުން ވިސްނާ ވިސްނުމެއް. ތިމަން ގޮސް މިރަށު މީހުން ކައިރީގައި ބުނުމުން އަނެއް ރަށު މީހުންނަކަށް ނޭނގޭނެއޭ ހިތަށް އެރި ނަމަވެސް މިއީ ދިވެހި ރައްޔިތުން އުޅޭ ގޮތެއް ނޫން. ދިވެހި ރައްޔިތުން އުޅެނީ ލިބުނު މައުލޫމާތެއް ހޯދައިގެން. ރަށްރަށުގައި ހިނގާކަންކަން އެނގިގެން،" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ، މިހާރު ކައިރީގައި އުޅުއްވާ ބޭފުޅުންގެ ސިއްރު ވޯޓެއް ނެގި ނަމަވެސް، އެއްވެސް މީހަކު ރައީސް ޔާމީނަށް ވޯޓު ނުދެއްވާނެ ކަމަށާއި ރައީސް ޔާމީނަށް އެއްވެސް ވަރަކަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. މި ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކަކީ ރައްޔިތުން ހަނދާން ނެތޭނެ ކަންކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
44%
0%
33%
0%
22%
ކޮމެންޓް