ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 11:13
ރަޅޭގެ އަލްބަމް އާޓް
ރަޅޭގެ އަލްބަމް އާޓް
ފޭސްބުކް
ނަޒީހުގެ ފުރަތަމަ އަލްބަމް
ނަޒީހުގެ ފުރަތަމަ އޮރިޖިނަލް ލަވަ ރިލީޒުކޮށްފި
 
މިއީ ނަޒީހުގެ ފުރަތަމަ އަލްބަމްގެ ފުރަތަމަ ލަވަ

ގިނަ ބައެއްގެ ތާޢިދު ހޯދާފައިވާ ޒުވާން މޫސީގާރު، އަޙުމަދު ނަޒީހުގެ ފުރަތަމަ އޮރިޖިނަލް ލަވަ ރިލީޒްކޮށްފިއެވެ.

ރާޅުބޯއީގެ ނަމުން މަޝްޙޫރުވެފައިވާ ނަޒީހުގެ ފުރަތަމަ ލަވައަށް ދީފައިވާ ނަމަކީ 'ރާޅޭ' އެވެ. ފަތުރުވެރިކަމާއި މޫދުކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ނަޒީހުގެ މި ލަވަ މި މަހު ރިލީޒް ކުރާނެކަން އިޢުލާނު ކުރުމާއެކު ކުރިން ހީވެފައި އޮތީ މި ލަވަ ވެގެންދާނީ ރާޅާއި އެޅުމާއި، އެހެނިހެން މޫދުކުޅިވަރުތަކާއި ގުޅުންހުރި ލަވައަކަށް ކަމަށެވެ.

ނަމަވެސް ނަޒީހުގެ ފުރަތަމަ ލަވަ ވެގެންދިޔައީ ލޯބީގެ ރީތި ލަވައަކަށެވެ.

ހުކުރު ދުވަހުގެރޭ ރިލީޒްކުރި 'ރާޅޭ' އަކީ ނަޒީހުގެ ފުރަތަމަ އަލްބަމް 'އޮގަރު ކަނޑި އައްޑަނަ' އިގެ ފުރަތަމަ ލަވައެވެ. ނަޒީހު މީގެ ކުރިން ބުނެފައިވާ ގޮތުގައި ދިވެހި އަމިއްލަ ރާގުގެ 6 ލަވަ ހިމެނޭ މި އަލްބަމްގެ ލަވަތައް، ފަހަރަކު ލަވައެއް ކޮންމެ ތިން މަހަކުން ތިން މަހަކުން ކަހަލަ ގޮތަކަށް އޮންލައިން އިން ރިލީޒުކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ.

ލަވަ ކިޔުމުގެ އިތުރުން މި ލަވައިގެ މިއުޒިކް ހަދާފައިވަނީވެސް ނަޒީހް އަމިއްލައަށެވެ.

މި ލަވަ ސައުންޑްކްލައުޑް، ޔޫޓިއުބް އަދި ލަވަފޮށީގައި ފްރީ ސްޓްރީމިންގއަށް ވަނީ ދޫކޮށްލާފައެވެ.

 

ލިރިކް: ރާޅޭ

(ކަޑި)

ރާގެއް މި ހިތުގާ ކުޅެލީ ތިޔަ މަލާ

ރާޅެއް މިހިތުގާ ހަމަ އުފެއްދީ ހަމަ ކަލާ

 

(ޕްރީކޯރަސް)

ތަސްވީރެކޭތީ މިހިތުގާ ކުރަހާލަމުންދާ

އަސްވާރެކޭ މީ ކަލާ ފެނިފާ ހޯދަމުންދާ

(ކޯރަސް)

ކިއްލާ ތެރޭގާ ފޮޅިފާ އެ އިން ރީތި މާ

ބިއްލާހި ތެދެކޭ ފެނިފާ ވި ދީވާނާ

ކިއްލާ ތެރޭގާ ފޮޅިފާ އެ އިން ރީތި މާ

ރީތި މާ

 

(ކަޑި)

ރާގެއް މި ހިތުގާ ކުޅެލީ ތިޔަ މަލާ

ރާޅެއް މިހިތުގާ ހަމަ އުފެއްދީ ހަމަ ކަލާ

 

(ޕްރީ ކޯރަސް)

މުރިނގުން އަރައިގެން އައި ތަރިއެކޭ ތީ

ކުރަނގީގެ ދެލޮލުން ނުކުރާށެ ގޯނާ

 

(ބްރިޖް)

މަގޭ ހިތުގެ ފަނާރު ހުދުކޮޅު

ޔަޤީނޭ ތީ

މިލަ ފަނޑު އަލިން އޭގެ

ރަންދޯދި ދޭތި

 

(ނިންމުން)

ރާޅޭ މިހިތަށް ބިންދާލީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް