ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 20:27
ޖެރޫސަލަމްގެ މަންޒަރެއް - ގުދުސް ނުވަތަ ޖެރޫސަލަމް އަކީ އިޒްރޭލުން ފޭރިގަނެފައިވާ ސިޓީ އެއް
ޖެރޫސަލަމްގެ މަންޒަރެއް - ގުދުސް ނުވަތަ ޖެރޫސަލަމް އަކީ އިޒްރޭލުން ފޭރިގަނެފައިވާ ސިޓީ އެއް
ޖެރޫސަލަމް
ގުދުސް އާ ބެހޭ ގޮތުން އ.ދ ގެ އާއްމު މަޖިލީހުގެ ނިންމުން އިޒްރޭލުން ގަބޫލު ނުކުރާނެ ކަމަށް ބުނެފި
 
ޓްރަމްޕްގެ ނިންމެވުމާއެކު އެމެރިކާ ވަނީ ބައިނަލްއަގްވާމީ ދުނިޔޭގައި އެކަހެރިވެފައި
 
ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް އިއުލާން ކުރެއްވީ ޑިސެމްބަރު 6 ވަނަ ދުވަހު
 
އެމެރިކާ އާ ދެކޮޅަށް 127 ގައުމުން ވޯޓު ދީފައިވޭ

ޖެރޫސަލަމް ނުވަތަ ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާ އިއުލާނު ކުރި ކުރުމާ ދެކޮޅަށް އ.ދ ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އާއްމު މަޖިލީހުގެ ވޯޓުގައި 127 ގައުމުން ބުނެފައިވަނީ އެމެރިކާގެ ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.

އެމެރިކާގެ ރައީސް އިޒްރޭލްގެ ވެރި ރަށަކީ ގުދުސް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރައްވާނެ ކަން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އިއުލާން ކުރެއްވުމާ ގުޅިގެން ދުނިޔޭގެ އެތައް މިތަނުން ނުރުހުން ފާޅު ކޮށް އެމެރިކާގެ ރައީސްގެ ނިންމެވުން ކުށްވެރި ކޮށްފައިވެއެވެ. މި ނިންމެވުމާއެކު ފަލަސްތީނުގެ ރައްޔިތުންނާ އިޒްރޭލު ސިފައިންގެ ކުރިމަތިލުންތައް ވަރަށް ބޮޑަށް އިތުރުވެ މެދުއިރުމަތީގެ މަސްރަހް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އދ ގެ އާއްމު މަޖިލީހުގެ ވޯޓުގެ ނަތީޖާ ނުކުތުމާއެކު އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ އެ ވޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އާއްމު މަޖިލީހުގެ ނިންމުން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ ވީޑިއޯ މެސެޖެއް އާއްމު ކުރައްވާފައެވެ.

"ޖެރޫސަލަމް އަކީ އަހަރެމެންގެ ވެރި ރަށް، އަބަދުވެސް، ކުރިންވެސް އަދި ކުރިޔަށް އޮތްތާ ވެސް އެކަން އޮންނާނީ އެހެން" ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫގެ ބަޔާނުގައި، އިޒްރޭލުގެ ދިފާއުގައި ކުރައްވާ މަސައްކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އދ އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރަށް ޚާއްސަ ގޮތެއްގައި ޝުކުރު އަދާކުރައްވާފައެވެ. އަދި އިޒްރޭލް ކޮޅަށް ވޯޓު ދިން ގައުމުތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ބުރާސްފަތި ދުވަހު އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ދުނިޔޭގެ ގައުމުތަކުން އެމެރިކާ ވަނީ ލަދު ގަންނަވާލާފައެވެ. ވޯޓުގެ ނަތީޖާ އިން ހާމަވި ގޮތުން ދުނިޔޭގެ ސިޔާސީ މައިދާނުގައި އެމެރިކާ އެކަހެރިވެފައިވާ މިންވަރު ހާމަވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ވޯޓުގައި އެމެރިކާއިން ގުދުސް އަކީ އިޒްރޭލްގެ ވެރި ރަށުގެ ގޮތުގައި ބަލައި ގަތުމަށް އެމެރިކާއިން ނިންމި ނިންމުން ކުށްވެރި ކުރާ ކަމަށާއި، އަދި އިޒްރޭލްގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް ގުދުސް އަށް ބަދަލު ނުކުރުމަށް ގޮވާލާފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ވޯޓުގެ ނަތީޖާ އެމެރިކާ އެދޭ ގޮތައް ނުނިކުތުމުން ރައީސް ޓްރަމްޕްވަނީ އެކަމާ ވަރަށް ބޮޑަށް ހިތްޕުޅު ހަމެޖެހިވަޑައިނުގެން ވާހަކަ ފުޅު ދައްކަވާފައެވެ.

"ބޭނުން ގޮތަކަށް ވޯޓުދީ، އެއްވެސް ފަރުވާލެއް ނެތް، އެކަމަކު މިއީ ވާން ޖެހޭނެ ގޮތެއް ނޫން، އެތައް މިލިއަން ޑޮލަރެއް އަހަރެމެން އަތުން ދިނުމުން އަހަރަމެންނާ ދެކޮޅަށް ވޯޓު ލަނީ" އެމެރިކާއިން އެހީގެ ގޮތުގައި ގައުމުތަކަށް ދޭ ފައިސާ އާ ވޯޓާ ގުޅުވާ ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

 

 

"އަހަރެމެންގެ ނާޖާއިޒް ފައިދާ ނެގިޔަކު ނުދޭނަން" ވޯޓާ ބެހޭ ގޮތުން ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

އދ ގެ އާއްމު މަޖިލީހުން އެމެރިކާ އާ ދެކޮޅަށް ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި ވޯޓާ ގުޅިގެން، އެމެރިކާ އިން އެކަމާ ނުރުހުންވި ވަރު ބަޔާން ކުރައްވާ އެމެރިކާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވަނީ އާއްމު މަޖީލިހުގައި ވާހަކަފުޅު ދައްކަވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި އެމެރިކާ މި ވޯޓުގައި އެކަހެރި ކުރި އިރު، މިއީ އެމެރިކާގެ ހަނދާނުން ފުހެވިގެންދާނެ ވޯޓެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. އަދި އެމެރިކާއަކީ އދ އަށް އެންމެ ބޮޑު ހޭދައެއް ކުރާ ގައުމު ކަމަށާއި އޭގެ އިތުރުން އެމެރިކާގެ އެހީތެރި ކަމަށް އެދި އެތައް ގައުމަކުން އަބަދުވެސް އެދެމުން ގޮސްފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ، އެމެރިކާއިން ޖެރޫސަލަމްގައި އެމްބަސީ ގާއިމް ކުރާނެ ކަމަށާއި، އެއީ އެމެރިކާ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.

 

 

އދ ގެ މި ފަހަރުގެ ވޯޓު ބޮލާލާ އިޒްރޭލުން ޖެހިއިރު މީގެ ކުރިންވެސް މިފަދަ ބައިނަލް އަގްވާމީ ނިންމުންތަކަށް އިޒްރޭލުން ވަނީ ބީރު ކަންފަތެއް ދީފައެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު އަވިގްޑޯ ލިބަމަން ވިދާޅުވީ، އިޒްރޭލަކީ މިފަދަ ވޯޓުތައް ބަލައިނުގަންނަ ތާރީޚެއް އޮތް ގައުމެއް ކަމަށެވެ.  

---------------------------

ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައެޅި ކަނޑައެޅުމަކީ ބާތިލް ނިންމުމެއް ކަމަށް އދ ގެ އާއްމު މަޖިލީހުގެ އިމަޖެންސީ ސެޝަންގައި މެމްބަރު ގައުމުތަކުން ވޯޓު ދިން ގޮތް:

  • ވޯޓުލީ ތާރީޚް: 21 ޑިސެމްބަރު 2017

128 ގައުމަކުން ގަރާރު ފާސް ކުރުމަށް ވޯޓު ދީފައިވެއެވެ.

  • އަފްޣާނިސްތާން، އަލްބޭނިއާ، އަލްޖީރިއާ، އެންޑޯރާ، އެންގޯލާ، އަރުމީނިއާ، އޮސްޓްރިއާ، އާޒަރުބައިޖާން
  • ބަހްރެއިން، ބަންގްލަދޭޝް، ބާރބޭޑޯސް، ބެލަރުސް، ބެލްޖިއަމް، ބެލީޒް، ބޮލީވިއާ، ބޮޓްސްވާނާ، ބްރެޒިލް، ބްރޫނާއި، ބަލްގޭރިއާ، ބްރުކީނާ ފާސޯ، ބުރުންޑީ
  • ކޭޕް ވާރޑް، ކެމްބޯޑިއާ، ޗާޑް، ޗިލީ، ޗައިނާ، ކޮމޮރޯސް، ކޮންގޯ، ކޮސްޓަރިކާ، ކޯޑިވޯ، ކިއުބާ، ސައިޕްރަސް، އުތުރު ކޮރެއާ، ޑެންމާކް، ޖިބޫތީ، ޑޮމިނިކާ
  • އިކުއެޑޯ، މިސްރު، އެރިޓްރިއާ، އެސްޓޯނިއާ، އިތޮއޮޕިއާ
  • ފިންލޭންޑް، ފްރާންސް
  • ގެބޮން، ގެމްބިއާ، ޖާރމަނީ، ގާނާ، ގްރީސް، ގްރެނާޑާ، ގިނީ، ގުޔާނާ
  • އައިސްލޭންޑް، އިންޑިއާ، އިންޑޮނީޝިއާ، އީރާން، އިރާގް، އަޔަލޭންޑް، އިޓަލީ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް