ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 19:22
އެމްޑީޕީގެ ސައިގެ ހަރަކާތައް ގެނައި ބައެއް ހެދިކާ ފުލުހުން ގެންދިއުން
އެމްޑީޕީގެ ސައިގެ ހަރަކާތައް ގެނައި ބައެއް ހެދިކާ ފުލުހުން ގެންދިއުން
މުރުޝިދް އަބްދުލް ހަކީީމް
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުގެ ސަޔަށް ނެރުނު ބައެއް ހެދިކާތައް މިއަދުވެސް ފުލުހުން ގެންގޮސްފި
 
ދެ ވަނަ ބުރަށް ނެރުނު ހެދިކާތައް ނުގެންދޭ
 
ބައެއް ބޭފުޅުން ވަނީ އުއްތަމަ ފަނޑިޔާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
 
ދެ ވަނަ ފަހަރަށް ނެރުނު ހެދިކާ ތަށިތައް ފުލުހުން ގެންގޮސްފައެއް ނުވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސަޔަށް ގެނައި ބައެއް ހެދިކާ މިއަދުވެސް ފުލުހުން ގެންގޮސްފި އެވެ.

ކޮންމެ ހުކުރު ދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީ ބާއްވާ ސަޔަށް ފުލުހުން ހުރަސްއެޅަ އެވެ. މިއަދު ސައި ބޭއްވި ނަމަވެސް، ސަޔަށް ގެނައި ބައެއް ހެދިކާތައް ފުލުހުންގެ ގެންދިޔަ އެވެ. ނަމަވެސް، ފުރަތަމަ ފަހަރަށް ނެރުނު ހެދިކާތައް ގެންދިއުމުން ދެ ވަނަ ފަހަރަށް ނެރުނު ހެދިކާތައް ފުލުހުން ނުގެންދެ އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މި އެއްވުމުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ސަރުކާރަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވި ދައުލަތުގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށްވެސް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ. 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްކެވި ވާހަކަ އަށް ރައީސް މައުމޫން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އައިމިނަތު ނާދިރާ މިއަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިސްލާމް ދީން ހިމާޔަތް ކުރުމަކީ ހަމަ އެކަނި ބަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިންސާފު ގާއިމުކޮށް ނުދެއްވައި އިސްލާމްދީންގެ ވާހަކަ އުއްތަމަ ފަނޑިޔާރު ދެއްކެވުމަކީ ލަދުވެތިވާންޖެހޭނެ ކަމެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނުހައްގުން ޖަލަށް ލާފައި ވަނީ ވެސް ކޯޓްތަކުގެ ބޭއިންސާފުކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުގެ އެއްވުމުގެ ބައެއް ބޭފުޅުން ވަނީ ރައީސް އަބްދުﷲ ޔާމިނަށް ޕީޕީއެމްގެ ތެރޭގައިވެސް ތާއީދެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޔާސީ ޕާޓީތަކަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށާއި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ވެސް ގޮވާލެއްވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް