ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 05:25
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރާއްޖެއެމްވީ
އެލްޖީއޭ
އެލްޖީއޭ އިން މަސައްކަތް ކުރަނީ ކައުންސިލުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން: ރޮޒެއިނާ
 
އެލްޖީއޭގެ މައިގަނޑު މަސައްކަތަކީ ކައުންސިލުތަކަށް އިރުޝާދު ދިނުން
 
މި ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ނިޒާމް އެއްކޮށް ފެއިލް ކޮށްލަން
 
މާލެ ސިޓީ ކައުންސިލުއާއި ގާނޫނުން ހަވާލުކުރެވިފައިވާ ޒިންމާތައް މި ސަރުކާރުން ނަގާފައިވޭ

ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އިން މަސައްކަތް ކުރަނީ ކައުންސިލުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅެމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެލްޖީއޭގެ މައިގަނޑު މަސައްކަތަކީ ކައުންސިލުތަކަށް އިރުޝާދު ދިނުމާއި ކައުންސިލުތަކުގެ މަސައްކަތް ފަސޭހަކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް އެ އޮތޯރިޓީ އިން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

" ހަގީގަތުގައި އެލްޖީއޭގެ މަސައްކަތަކީ ފިޔަވަޅު އަޅަން އޮންނަ ތަނެއް ނޫން އެއީކީ. އެލްޖީއޭ އުފައްދާފައި އޮތް މައިގަނޑު ސަބަބަކީ ކައުންސިލުތައް ގައިޑު ކޮށްދިނުން. ކައުންސިލުތައް ގައިޑު ކޮށްދީ ކައުންސިލަރުން އަލަށް އިލެކްޓުވެގެން އަންނައިރު އެ ބޭފުޅުންނަށް ޒިންމާ އަދާކުރަން ފަސޭހަކޮށްދިނުމަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމާއި މައްސަލެއް ހިނގައިފި ކަމަށްވަންޏާ އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. މިއީ އެބޭފުޅުންނަށް ފަސޭހަކޮށްދޭން އޮންނަ ބޮޑީއެއް. ކޮންމެ ގޮތެއް ވިޔަސް އެލްޖީއޭ އަށްވުރެން ރައްޔިތުން އިންތިހާބު ކުރާ ބައެއްގެ ބާރު ގަދަވާނެ" ރޮޒެއިނާ ވިދާޅުވިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ވަރަށް ފަހުން ކައުންސިލުތަކަށް ލަފާދޭ ކޮމެޓީއެއް އުފައްދާފައިވާއިރު ކައުންސިލުތަކުން ކުރަން ނިންމާ ކަންތައްތައް ހުއްޓުވުމުގެ ބާރު ލަފާދޭ ކޮމެޓީއަށް އެލްޖީއޭގެ ފަރާތުން ދީފައިވާކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުއާއި ގާނޫނުން ހަވާލުކުރެވިފައިވާ ޒިންމާތައް މި ސަރުކާރުން ނަގާފައިވާ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގަވާ ކަމެއް ނޫނިއްޔާ ކައުންސިލަށް ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ނިޒާމް އެއްކޮށް ފެއިލް ކޮށްލަން ކަމަށް ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

ރޮޒެއިނާ ވަނީ ސަރުކާރުން ކައުންސިލުތަކާއި ދެތޭރޭ އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
100%
0%
0%
0%
0%
0%
ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 12:00
ހ މ ޒ
ސާސްކަފަކާއި ދިމާއަށް ފަރި ނަލަ ވައިގައި އިންޑިޔާ ކަނޑުގައި ދަތުރުކޮށްފައި އެދަނީ އިސްލާމީ ނަވުގައެވެ. އެނަވުގެ ނަގާފައިވާ ރިޔަލަކީ ﷲ އެއްކައުވަންތަ ކުރުމުގެ ރިޔަލެވެ. އޭގަ އަޅަމުންދަނީ އެވަޔެވެ.
22 ޑިސެންބަރ 2017 | ހުކުރު 11:42
ހ މ ޒ
ފަނޑިޔާރު ވިދާޅުވީ އެފަދަ ބާތިލު އަގީދާތައް ގެނައުމަށް ގޮވާލަމުން ދަނީ ދިވެހި ދައުލަތުގެ މިނިވަންކަން ގެއްލުވާލަން ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ބާތިލް އަގީދާތައް ރާއްޖެ އަށް ގެނެސް، އިންސާނީ ހައްގުތަކުގެ ނަމުގައި ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލާ ކުރަމުންދާ މަސައްކަތުގައި ދިވެހިންގެ މަދު ބަޔަކު ހިމެނޭކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.