ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 23:42
ކަރީމްއާ ބައިވެރިވުމުގެ ގޮތުން ސީރިޔާގެ ގޫތާގެ ރައްޔިތުންތަކެއް ލޯ މަތީ އަތްއަޅައިގެން ނނނަގާފައިވާ ފޮޓޯތަކެއް
ކަރީމްއާ ބައިވެރިވުމުގެ ގޮތުން ސީރިޔާގެ ގޫތާގެ ރައްޔިތުންތަކެއް ލޯ މަތީ އަތްއަޅައިގެން ނނނަގާފައިވާ ފޮޓޯތަކެއް
އޭއެފްޕީ
ސީރިއާ ހަނގުރާމަ
އެއް ލޯ ފޮރުވުން، މިއީ ކޮންކަމެއް؟
 
ސޯޝަލް މީޑިޔާގައި ބޭނުންކުރަނީ solidaritywithkarim#
 
ކަރީމްގެ އެއް ލޮލުގެ ފެނުން ގެއްލި ބޮލުގެ ބައެއްވަނީ ހަލާކުވެފައި

އެއް ލޮލުގެ މަތީ އަތްއަޅައި ފޮރުވައިގެން ނަގާފައި ހުންނަ ފޮޓޯތަކެއް މި ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ. މިއީ ބާއްވަން އުޅޭ ހަރަކާތެއް، ނޫނީ ކުރިއަށް ގެންދެވޭ ހަރަކާތަކާ ގުޅިފައިވާ ކަމެއް ނޫނެވެ.

ހަތް އަހަރުވީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކީވެސް ނުރައްކަލާއި ބިރުވެރިކަމުގެ ދުވަހެކެވެ. މީހަކު ނޫނީ ކުއްޖަކު ޒަޚަމްނުވާ ދުވަހެއް ނުދާނެއޭ ވެސް ބުނެވިދާނެއެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން އިތުރު ހިތްދަތި ފޮޓޯތައް އާއްމުވެ ސޯޝަލް މީޑިއާގައި ހަމްދަރުދީ އޮހިގެންދެއެވެ. ސެޕްޓެމްބަރު 2، 2015 ގައި މެޑިޓެރޭނިއަން ކަނޑަށް ޣަރަގުވި ސީރިޔާގެ ރެފިއުޖީންގެ ބޯޓަކުން ތުރުކީގެ ގޮނޑުދޮށަށް ލައްގާފައި އޮތް ތުއްތު ތުއްތު ކުއްޖާ، އަލަން ކުރުދީ އާއި މިދިޔަ އަހަރުގެ އޯގަސްޓްގައި ހަލަބުގައި ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނެގުމަށްފަހު އެމްބިއުލާންސްގެ ތެރޭގައި ބަހެއްވެސް ނުބުނެވި އިން އުމުރުން 5 އަހަރުގެ އޮމްރާން ދަޤްނީޝްގެ ފޮޓޯ އަކީ އެތައް ބަޔަކު ރޮއްވާލި ފޮޓޯތަކެވެ.

މިހާރު ކުރިޔަށްގެންދެވޭ ،އެއްލޯ ފޮރުވުމުގެ ކެމްޕެއިން ގުޅިފައިވަނީ މިފަދަ ހިތްދަތި ފޮޓޯތަކަކާއެވެ. ދިމިޝްގުގެ ރަށްބޭރުން އޮންނަ ގޫތާއޭ ކިޔޭ ސިޓީގެ ބާޒާރަކަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ދިން ހަމަލާއެއްގައި އުމުރުން އެންމެ ދެމަހުގެ ކަރީމްގެ އެއް ލޮލުގެ ފެނުން ގެއްލި ބޮލަށްވަނީ ޒަޚަމްތަކެއް ލިބިފައެވެ. އެ ހަމަލާގައި އޭނާގެ މަންމަ ދުނިޔެ ދޫކުރިއެވެ. ސޯޝަލް މީޑިއާގައި އެއް ލޮލުގައި އަތްއަޅައިގެން ކުރިޔަށް ގެންދާ ކެމްޕެއިނަކީ ކަރީމްއާއެކުގައި ތިބިކަން ހާމަކުރުމަށް ގެންދެވޭ ކެމްޕެއިނެކެވެ. "ސޮލިޑަރިޓީ ވިތް ކަރީމް" ހޭޝްޓެގް ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ސައްބީސް ހާހަށްްވުރެ ގިނަ މީހުންވަނީ ޝެއަރކޮށްފައެވެ.

ސީރިޔާގައި ސޯޝަލް މީޑިއާ ބޭނުންކުރާ އެތައް ބަޔަކުވެސްވަނީ ލޯ މަތީ އަތްއަޅައިގެން ތިބެ ފޮޓޯ ނެގުމަށްފަހު ޝެއަރކޮށްފައެވެ. މީގެ އިތުރުން ސީރިޔާގައި ހޮސްޕިޓަލްތައް ހިންގަމުންދާ، ތުރުކީގައި ގާއިމްވެފައިވާ ޖަމާއަތެއްކަމަށްވާ އިންޑިޕެންޑެންޓް ޑޮކްޓަރސް އެސޯސިއޭޝަނުގެ މެމްބަރުންވެސް އެއްލޮލުގައި އަތްއަޅައިގެން ތިބެ ފޮޓޯ ނެގުމަށްފަހު ޝެއަރކޮށްފައެވެ. މީގެ އިތުރުން ވައިޓްހެލްމެޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ސީރިޔާގެ ސިވިލް ޑިފެންސް ގްރޫޕުންވެސް މިފަދައިން އަމަލުކޮށްފައިވެ އެވެ.

އިނިގރޭސިވިލާތުން އދ.އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު މެތިއު ރައިކްރޮފްޓްވެސް ވަނީ އދގެ މައި މަރުކަޒުގެ ތެރޭ އިންނަވައި އެއްލޮލުގެ މަތީ އަތްއަޅުއްވައިގެން އިންނެވި ފޮޓޯ ޓްވިޓަރގައި ޝެއަރކުރައްވާފައެވެ.

ގިނަބައެއްގެ މިފަދަ މަސައްކަތާއެކު ސީރިޔާގެ މަސްރަހުގެ ނާޒުކުކަން ސިޔާސީ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުގެ ސަމާލުކަމަށް އަނެއްކާވެސް މިވަނީ އައިސްފައެވެ. ނަމަވެސް ގިނަ ބަޔަކު ދެކެނީ އަލަން ކުރުދީއާއި، އޮމްރާން ދަގްނީޝްގެ ފޮޓޯއަށް ވީފަދައިން ހަފްތާ ނުވަތަ ދެ ހަފްތާއަށްފަހު، ސީރިޔާގެ މަސްރަހަށް ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަހަރުވެސް ވާހަކަތައް އޮބިގެން ހިނގައިދާނެ ކަމަށެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
67%
25%
0%
8%
ކޮމެންޓް
ގުޅުންހުރި
މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އިތުރު ހެކި ނެތިގެން ދޫކޮށްލައިފި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް