ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 22:38
މަހުލޫފް (މ) ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އާއިއެކު
މަހުލޫފް (މ) ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އާއިއެކު
ޓްވިޓަރ
ރިޔާސީ އިންތިހާބު
މިނިވަން އިންސާފުވެރި އިންތިހާބެއް 2018 ގައި ނުލިބޭނެ: މަހުލޫފް
 
90 ޕަސެންޓަށް ވުރެ މަތިން ރައީސް ޔާމީން ބަލިކުރާނަން
 
އިންތިހާބު ބޭއްވުމަށް ސަރުކާރަށް މަޖުބޫރުވާނެ
 
އިންތިހާބު ފަސްކުރުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަފާނެ

މިނިވަން އިންސާފްވެރި އިންތިހާބަކަށް 2018 ގެ ރިޔާސީ އިންތިހާބް ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ލަންކާގައި ހުންނަވައިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަން ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް 2018 ގައި ބޭއްވިއްޖެނަމަ 90 ޕަސެންޓަށް ވުރެ މަތިން ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށެވެ. އިންތިހާބް ނުބާއްވަން ރައީސް ޔާމީނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"މިނިވަން އިންސާފްވެރި ހުރިހާ ފަރާތަކަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވިއްޖެނަމަ، އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން 90 ޕަސެންޓަށް ވުރެ މަތިން. އެހެންނަމަވެސް ދިވެހި ރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފްވެރި އިންތިހާބަށް ނުވާނެ، އެއްވެސް ޝައްކެއް ނެތް" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮންޖެހުންތަކާއި އެކު ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސް ޔާމީންނަން އިންތިޚާބު ބާއްވަން މަޖުބޫރުވުން ކަމަށެވެ. އެހެންނަމަވެސް އެ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަން މަހުލޫފް ފާހަގަކުރިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ، ރިޔާސީ އިންތިހާބު އޮންނާނެ، ބާއްވަން ޖެހޭނެ، އަދި އެކަމަކު އެމީހުންނަން އޮޅުވާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ، އެކަމަކު ވެސް އަޅުގަނޑުމެން ބަލިކުރާނަން، ބަލިކުރާނީ ވެސް ތަފާތު ބޮޑުކޮށް" މަހުލޫފް ވިދާޅުވިއެވެ.

އެގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހް ފަސްކުރި އުސޫލުން، ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށާއި، އިންތިޚާބު ފަސްކުރުމަށް ރައީސް ޔާމީން ހިސާބުޖައްސަވާނަމަ، އެ ހެއްދެވެނީ ވަރަށް ބޮޑު ގޯހެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

" ރައީސް ޔާމީނަން ހީފުޅުވެދާނެ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި ގޮތަށް އިންތިޚާބު ފަސްކުރެވިދާނެ އޭ، ތިމަންނައަށް ވޯޓު އޮޅުވާލެވިދާނެ އޭ، އެއީ ވަރަށް ނުބައިކޮށް ރައީސް ޔާމީން ހައްދަވާނެ ކަލްކިއުލޭޝަނެން" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވިއަސް، ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
33%
0%
0%
50%
17%
ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 14:21
ހަގީގަތ
މޮޔަ ކުއްޖެއް ދައްކާވާހަކަ ތިލިޔަނީ..ބޯހަލާކު..ހީހީ
22 ޑިސެންބަރ 2017 | ހުކުރު 01:37
ހ މ ޒ
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ގައުމެއްކަން ފާހަގަކުރައްވަމުން މިގައުމުން އިސްލާމީ ވަހުދަތު ފޮހެވިގެން ދިޔަ ނުދެއްވުމަށާއި އަދި ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ؟
22 ޑިސެންބަރ 2017 | ހުކުރު 01:22
ނަޝީދު
ދެން އަންނާނީ ރާއްޖެއަށް ބޮން އަޅާން.. އެމެރިކާއިން؟
22 ޑިސެންބަރ 2017 | ހުކުރު 01:21
ނަޝީދު
ދެން އަންނާނީ ރާއްޖެއަށް ބޮން އަޅާން.. އެމެރިކާއިން؟
22 ޑިސެންބަރ 2017 | ހުކުރު 01:20
ހ މ ޒ
ޤުދުސްގެ މައްސަލާގައި ރާއްޖެއިން އެމެރިކާއާއި އިސްރާއީލަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ! މިއަދު މިވާއުފަލެއް ނޭގޭ ބުނެދޭން ސަރުކާރުން ދީނާގައުމައްޓަކާ! ގޮވާލާ ކޮއްމެގޮވާލުމަކަށް! ދީނާ ގައުމުގެ ހައްގުގަ! ހިތާރުހުން ނުކުމެ ޖާނުދޭންތައްޔާރު އަޅުގަނޑުގެ އާއިލާގެވޯޓު މަނިކުފާނަށް ހިބަކޮއްދީފިން! ތިޔައީ ހަގީގީ ޒައީމެ! ތިޔައީ ހިތްތަކުގެ އުފާވެރިކަން! ﷲމަނިކުފާނަށް ދެދުނިޔެ ބާއްޖެވެރި ކުރައްވާށި އާމީން. ފަސްޖެހުމެނެތި ދީނާ ގައުމުގެ ހައްގުގަ ކުރަންޖެހުނު ކޮއްމެކަމެކުރުމުގެ ހިއްވަރާ ތައުފީގުދެއްވާށި އާމީން!؟
21 ޑިސެންބަރ 2017 | ބުރާސްފަތި 22:43
ތިންދީދީ
މިއީ، ލިޔެ ޚިޔާލުފާޅުކޮށް ކުރިޔަށްއޮތް ދުވަސްތަކުގައި ލިޔަންވީވާހަކައީ