ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 19:23
ކުޅުދުއްފުށި އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށް ގެންދަނީ
ކުޅުދުއްފުށި އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށް ގެންދަނީ
ޓްވިޓަރ
ކުޅުދުއްފުށި އެއާޕޯޓް
ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބެލޭނެ:އިކޯކެއާ
 
މައްސަލަ ހުށަހެޅި އީޕީއޭއާއި އެންވަޔަރަމެންޓް މިނިސްޓްރީން ނިންމާފައިވާ އިދާރީ ނިންމުމަކާ ގުޅިގެން
 
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފަ

ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އުސޫލްތަކާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް، އެ މައްސަލަ ހުށަހެޅި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އިކޯކެއާ އިން ބުނެފިއެވެ. 

އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނެފައިވާއިރު، އެކަމަށް ޖަވާބްދާރީވުމަށް ހުށަހެޅި ލިޔުންތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޯކެއާގެ ވަކީލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމާގުޅޭ ގޮތުން އެ ޖަމްއީއްޔާއިން ހުށަހެޅި މައްސަލައަކީ ކުޅުދުއްފުށި އެއާޕޯޓް ތަރައްގީކުރާ ބިމާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. 

އިކޯކެއާގެ ވަކީލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައަކީ އެންވަޔަރަމެންޓް މިނިސްޓްރީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާގެ  އިދާރީ ނިންމުންތަކަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. 

ކުޅުދުއްފުށި އެއާޕޯޓާގުޅޭ މައްސަލަ ނުބެލޭނެ ކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާވާއިރު، އިކޯކެއާގެ ވަކީލް ވިދާޅުވީ، ދައުލަތުގެ އިދާރާތަކަކާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ބެލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

މީގެ އިތުރުން ވަކީލް ވިދާޅުވީ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި ދައުލަތުން ނެގި އިޖުރާޢީ ނުކުތާއާ ގުޅިގެން ބަދަލު ކުރަންޖެހޭ ލިޔެކިޔުންތައް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ. އެހެން ކަމުން އަޑުއެހުންތައް ފެށުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް