ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 10:30
ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ
ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ
ރާއްޖެ އެމްވީ
ބުރިޖް
ބްރިޖްގެ ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެ: މުއިއްޒު
 
ބްރިޖް ހުޅުވުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ މިނިވަން ދުވަހު
 
ބްރިޖަކީ ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ބްރިޖްގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ މަސައްކަތް ކުރާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ސެކެންޑް ހާބާ އިންޖިނިޔަރިން ކުންފުންޏާ އެކު ހައުސިން މިނިސްޓްރީ އިން ބޭއްވި ބައްދަލުވުމަށް ފަހު މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތަކާއި ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރުގެ ޖުލައި މަހު ނިމޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ ހުރިހާ މަސައްކަތްކެއް ވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. 

ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. މިނިސްޓަރު ވިދާޅުވީ ފައިސާގެ ދަތި ކަމެއް ވެސް ނެތް ކަމަށާއި ކަނޑައަޅާފައިވާ ތާވާލާ އެއްގޮތަށް ފައިސާ ދޫކުރަމުން ގެންދާ ކަމަށެވެ. އަދި އެހެންމެ ކޮލެޓީ ވެސް ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖްގައި ދަތުރު ކުރާ މީހުންގެ އަތުން ނަގާ ފީތަކާ މެދު އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށާއި އެހެން ނަމަވެސް އެކަށީގެންވާ އަގެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމިން ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ބްރިޖް ކަމަށާއި އެހެން ކަމުން ރައްޔިތުން އުފާވާނެ އަދި ހިތްހަމަ ޖެހޭނެ ފެންވަރެއްގައި އެ މަސައްކަތް ނިންމަދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ މަގު ހެދުމުގެ މަސައްކަތް ވެސް މިހާރު އެޗްޑީސީން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
33%
0%
0%
0%
0%
67%
ކޮމެންޓް