ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 08:49
މޫސާ ނިޒާރު
މޫސާ ނިޒާރު
ރާއްޖެއެމްވީ
މޫސާ ނިޒާރު
ގައުމުގައި ހުރި މައްސަލަތަކާ މެދު ޚިޔާލު ފާޅުކުރުމަކީ ހައްގުތަކުން މަހުރޫމު ކުރަންޖެހޭ ކަމެއް ނޫން: މޫސާ ނިޒާރު
 
އިސްލާމްދީނުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ ކަންތައްތަކުގެ ތެރޭގައި މުޖުތަމައުގެ އެއްބައިވަންތަކަން ހިމެނޭ
 
ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމަކީ އަސާސީ ހައްގުތަކުން މަހުރޫމުކުރަންޖެހޭ ކަމެއް ނޫން

ގައުމުގައި ހުރި މައްސަލަތަކާ މެދު ޚިޔާލު ފާޅުކުރުމަކީ އެމީހަކަށް ލިބިގެންވާ ހައްގުތަކުން މަހުރޫމު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބުދަދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ނިޒާރު ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތް ވުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

މޫސާ ނިޒާރު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ގައުމުގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދައްކާނެ ކަމަށާއި އެވާހަކަ ދެއްކުން އެއީ ދީނީ ގޮތުން ވެސް އަދި ސިޔާސީ ގޮތުން ވެސް އެ ބަޔަކު އެ ނިސްބަތްވާ ޖަމާއަތަކުން ބޭރުކުރެވި، އެމީހަކަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"މިދެންންވި ކަންތައްތައް ހުރީ އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭ ފަދަ ދަރަޖައެއްގައި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. ސިޔާސީ ގޮތުން ތެދެއްމެ އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އޮތް ކަމަށް ގަބޫލު ކޮށްފާނެ. ސިޔާސީ ޕާޓީތަކާއި ސިޔާސީ ޖަމާއަތްތައް ގާނޫނު އަސާސީ ބުނާ ގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދިފައި މިއޮތީ. އެކަމަކު އެއީ ގާނޫނީ ގޮތުން ލިބިފައި އޮތް ހައްގުތަކެއް އެއީ. އެއްގޮތަކަށް ވެސް ގާނޫނަށް ފުށޫ އަރާ ކަމެއް ނޫން އެއީ،" މޫސާ ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ނިޒާރު ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ އެއްބައެއްގެ ގޮތުގައި އިސްލާމްދީނުގެ މަތީގައި ކަމަށާއި އިސްލާމްދީނުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ ކަންތައްތަކުގެ ތެރޭގައި މުޖުތަމައުގެ އެއްބައިވަންތަކަން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު މި މުޖުތަމައުގެ ހާލަތު އޮތީ އެއް ދީނަކަށް ނިސްބަތްވާ އެއްބައިވަންތަ ބައެއްގެ ގޮތުގައި ކަމުގައި ވީނަމަވެސް ސިޔާސީ ގޮތުން ބައިބައިވެފައި ކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް