ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 09:01
ނޮޅިވަރަމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ
ނޮޅިވަރަމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ
މުރުޝިދް އަބްދުލް ހަކީީމް
ނޮޅިވަރަމް
ނޮޅިވަރަމުން ގެއްލުނު އަންހެން މީހާ އަދިވެސް ނުފެނޭ، ރައްޔިތުން ވަލުތެރެ ހޯދަނީ
 
ގެއްލިގެން ހޯދަނީ 41 އަހަރުގެ އަންހެނެއް
 
އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 11.0 ގައި

ހދ. ނޮޅިވަރަމުން ގެއްލިގެން ހޯދަމުންދާ އަންހެން މީހާ އަދިވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަޝީދު އާދަމް "ރާއްޖެއެމްވީ"އަށް މިރޭ މައުލޫމާތު ދެއްވި ގޮތުގައި ބުދަ ދުވަހު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އެރަށު މަންޒަރުގެ، ޝާހިދާ އަލީ ފެނިފައި ނުވާތީ ހޯދުމުގެ މަސައްކަތް މިރޭ ވެސް އެރަށުގެ ރައްޔިތުން ނިކުމެ ދަނީ ކުރަމުންނެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި އުޅެނީ އެރަށުގެ ފިރިހެނުންނެވެ. މިރޭ ވެސް އެށުގެ ވަލުތެރޭގެ ބައެއް ހިސާބު ބަލަމުންދާއިރު ދުވާލު ވެސް ބައެއް ހިސާބުތައް ވަނީ ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. 

ފުލުހުން ބުނީ މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ހާއިރު ކަމަށެވެ. އުމުރުން 41 އަހަރުގެ އެ އަންހެން މީހާ މޫދަށް އެރި އުޅެނިކޮށް ވީގޮތެއް ނޭނގިގެން ހޯދަމުންދާއިރު އޭނާ މޫދުން އަރައިގެން ދިޔަތަން ދުށް ކަމަށް ބައެއް މީހުންނާ ހަވާލާދީ ކައުންސިލުން ބުނެއެވެ. އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން އެރަށުގެ ވަށައިގެން ކަނޑުގެ ސަރަހައްދު ބެލުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެމްއެންޑީއެފްގެ ޓީމަކުން ފީނައިގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ގެއްލިގެން ހޯދަމުން ދަނީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އޭނާ ހެނދުނު މޫދަށް ގޮސްފައި ވަނީ އޭނާ ދިރިއުޅޭ ގޭ މީހުންނަށް ވެސް ނޭނގި ކަމަށް މައުލޫމާތުލިބިފައިވެއެވެ. އަދި އޭނާ ހޯދުމަށް ރަށު ތެރެ ބަލަމުންދަނީ ހެނދުނު 08:30 ހާއިރު އޭނާ މޫދުން އެރި ތަން ފެނުން ކަމަށް ބައެއް މީހުން ބުނާތީ ކަމަށް ވެސް ރަށު ކައުންސިލުން ބުނެއެވެ. 

ނަމަވެސް ފުލުހުން ވެސް އަދި ސިފައިން ވެސް އެރަށުގެ ވަލު ތެރެ އާއި ރަށުގެ އެހެން ސަރަހައްދެއް ހޯދާފައިނުވާ ކަމަށް އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
5%
90%
5%
0%
0%
ކޮމެންޓް