ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 21:40
މާރުކޭޓުގެ ގޮޅިއެއް
މާރުކޭޓުގެ ގޮޅިއެއް
މުހައްމަދު ޝަރުހާން
މާރުކޭޓް ގޮޅިތައް
ގޮޅި ހުސްކުރުމަށް އަންގާފައިވަނީ ގޮޅިއަށް ކުލި ހަމައަށް ނުދައްކާ ފަރާތްތަކަށް: ހައުސިންގ މިނިސްޓްރީ
 
ގޮޅިތައް ހުސްކުރުމަށްފަހު ތަކެތި ގެންދާނެ އިތުުރު ތަނެއް ނެތް: ތަކެތި ވިއްކާ ފަރާތްތައް
 
ގޮޅިތައް ހުސްކުރުމަށް ދީފައިވަނީ ތިން ދުވަސް
 
ވަޅޯމަސް މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް ވަނީ އަންގާފައި

މާރުކޭޓުގެ ގޮޅިތައް ހުސް ކުރުމަށް އަންގާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާއި ގަވައިދަށް ބޯ ނުލަނބާ ފަރާތްތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، ގޮޅިތައް ހަވާލު ކޮށްފައިވަނީ އެގްރީމެންޓް ކުރެވިގެން ވަކި މުއްދަތަކަށް ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ގޮޅިތަކަށް ފުރުސަތު ހުޅުވާލި ކަމަށެވެ. އެގޮތުން އެގްރީމެންޓް ހަމަވުމަށް ފަހު، އަލުން ގޮޅިތައް ހިފުމަށް ފުރުސަތު ހުޅުވާލި ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ. އަދި މާކްސް ދީގެން ގޮޅިތަކަށް މީހުން ހޮވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ. ހައުސިންގ މިނިސްޓްރީން ބުނީ ގޮޅިތައް ހުސްކުރުމަށް އަންގާފައިވަނީ ކުލި ނުދައްކާ ފަރާތްތަކާއި ބިދޭސީން ގެންގުޅޭ ގޮޅިތަކުގެ މީހުންނަށް ކަމަށެވެ. އެފަދަ ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ.

ހައުސިންގ މިނިސްޓްރީން ވަޅޯމަސްމާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކަށް ފޮނުވައިފައިވާ އެންގުމުގައި ބުނެފައި ވަނީ، އެ މިނިސްޓްރީން ގޮޅިތައް ހަވާލުކޮށްފައިވާ ފަރާތާއި އެކު ކުރެވިފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފަރާތެއްގެ މުދަލެއް އެގޮޅިތަކުގައި ބެެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އަދި މިހާރު އެއްވެސް މުދަލެއް ހުރިނަމަ، ޑިސެމްބަރު 11 ވާ، ހޯމަ ދުވަހުގެ ކުރިން ގޮޅި ހުސްކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ކަނޑައެޅިފައިވާ ތާރީހުގެ ފަހުން އެއްވެސް މުދަލެއް ހުރިކަމުގައިވާނަމަ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމުދަލެއް ނަގަމުންގެންދާނެ ކަމަށާއި މިގޮތަށް ނަގާ މުދަލަށް ލިބޭގެއްލުމުގެ ޒިންމާ އެ މިނިސްޓްރީން ނުނަގާނެ ކަމަށް ހައުސިންގ  މިނިސްޓްރީން ބުނެފައިވެ އެވެ. މިގޮތަށް ނަގާ މުދަލެއް 12 ގަޑިއިރުގެ ތެރޭގައި ވެރިފަރާތުން ހަވާލު ނުވެއްޖެނަމަ، ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތަކުން ބުނީ، މިއީ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ އެ ފަރާތްތަކުން ވިހި ތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް