ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 20:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނު ވަނީ މިއަދު ފާހަގަކުރާ  ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅިގެން އެޗްއާރުސީއެމްއަށް ފާޑުވިދާޅުވުންތައް އަމާޒުކޮށްފައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނު ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅިގެން އެޗްއާރުސީއެމްއަށް ފާޑުވިދާޅުވުންތައް އަމާޒުކޮށްފައި
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
އިންސާނީ ހައްޤުތަކުގެ ދުވަސް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުވިދާޅުވުންތައް އެޗްއާރުސީއެމްއަށް
 
ރާއްޖެއަށް ޑިމޮކްރަސީ ގެނެސްފައިވަނީ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް
 
ގިނަ އަދަދެއްގެ މާރާމާރީއާ ގޭންގު ހަމަލާތައް ދީފައިވޭ
 
ނިމުނު ދެ އަހަރުގެ ތެރޭގައި ޖަލުތަކުގައި 8 މަރު ހިނގާފައިވޭ

ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅުވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ނިމުނު ދެ އަހަރުގެ ތެރޭގައި ޖަލުތަކުގައި 8 މަރު ހިނގާފައިވާ ކަމަށާއި، އަދި ގިނަ އަދަދެއްގެ މާރީމާރީއާ ގޭންގު ހަމަލާތައް ދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސްފައިވަނީ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކަމަށާއި، ނަމަވެސް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި އެޗްއާރުސީއެމުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

 

 

ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ދެއްވި ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ. އެގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފަށާފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް