ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 16:20
 މިލަންދޫ އަށް ނަގޫރޯޅިއެއް އަރާ ގެއްލުން ލިބުނު ގެއެއްގެ ސީލިންގ ވެއްޓިފައި
މިލަންދޫ އަށް ނަގޫރޯޅިއެއް އަރާ ގެއްލުން ލިބުނު ގެއެއްގެ ސީލިންގ ވެއްޓިފައި
ޓްވިޓަރ
ނަގޫރޯޅިން ލިބުނު ގެއްލުން
މިލަންދޫ އަށް ނަގޫރޯޅިއެއް އަރާ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބިއްޖެ
 
ގެއްލުން ލިބުނު ގެތައް ވަނީ އާންމު ހާލަތަކަށް ގެނެވިފައި
 
ދެ ގެއެއްގެ ފުރާޅު އެއްކޮށް ހަލާކުވެފައިވޭ
 
ތިން ގެއަކަށް ގެއްލުން ލިބިފައިވޭ

ށ. މިލަންދޫ އަށް ނަގޫރޯޅިއެއް އަރާ ތިން ގެއަކަށް ގެއްލުން ލިބިއްޖެ އެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އާދިއްތަ ދުވަހުގެ ހެނދުނު 11:50 އެހާ ކަން ހާއިރު އެރަށަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން ތިން ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ދެ ގެއެއްގެ ފުރާޅު އެއްލައިލާފައިވާ ކަމަށާއި އިތުރު ގެއެއްގެ ދިޔަ ދޮވި ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  މިހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Caption

ޝިޔާމް ވިދާޅުވީ، ގެއްލުން ލިބުނު ގެތައް މީހުން ދިރިއުޅެވޭ ފެންވަރަށް ގެނައުމަށްް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން، ފުރާޅު އަލުން މަރާމާތުކޮށް އާންމުހާލަތަކަށް މިހާރު ގެނެވިފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ލިބުނީ ކިހާ މިންވަރެއްގެ ގެއްލުންތަކެއްތޯ ބެލުމުގެ މަސައްކަތް ކައުންސިލުން ކުރިއަށްގެންދާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް