ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 04:52
އަރަބި ލީގުން ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރެއިން، ލެބްނާން އިން ވަނީ އެމެރިކާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޤައުމުތަކަށް ގޮވާލާފައި
އަރަބި ލީގުން ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރެއިން، ލެބްނާން އިން ވަނީ އެމެރިކާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޤައުމުތަކަށް ގޮވާލާފައި
ރޮއިޓަރސް
އަރަބި ލީގުގެ ކުއްލި ބައްދަލުވ
އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން
 
އެޔަށްފަހު، މާލީ އަދި އިޤްތިސާދީގޮތުންވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ
 
ދަތިކުރުމުގެ ފިޔަވަޅުތައް ފަށަންޖެހޭނީ ޑިޕްލޮމޭޓިކް ގުޅުންތަކާއި ހަމައިން
 
އެގޮތައް ގޮވާލީ އަރަބި ލީގުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި

އެމެރިކާއާ ދެކޮޅަށް ޢަރަބި ޤައުމުތަކުން އިޤްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ލެބްނާންއިން ބުނެފިއެވެ.

 

އެޤައުމުން ޚާރިޖީ ވަޒީރު ގެބްރަން ބަސިލް މިހެން ވިދާޅުވީ ޖެރޫސަލަމް އަކީ އިޒްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ޢަރަބި ލީގުގެ ފޮރިން މިނިސްޓަރުން ކެއިރޫގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

 

ގެބްރަން ވިދާޅުވީ ޓްރަމްޕްގެ އެ ނިންމުމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެފިޔަވަޅުތައް ފަށަންވާނީ ޑިޕްލޮމޭޓިކް ގުޅުންތަކުން ކަމަށެވެ. އެއަށްފަހު ސިޔާސީ ގޮތުންނާއި އިޤްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭކަމަށް އެނާ ވިދާޅުވި އެވެ. 

 

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގެންފިކަން ހާމަކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ޓްރަމްޕްގެ އެ ނިންމުމާއެކު ގިނަ ބަޔެއްގެ ފާދުކިޔުންތައް އެމެރިކާއަށް އަމާޒުވެފައިވާއިރު، މައްސަލާގައި އަރަބި ޤައުމުތަކުން އެންމެ އެކަށީގެންވާ މަސައްކަތްތައްކެއް ނުކުރާކަމަށް ބުނެވެސް ގިނަ ފާޑުކިޔުންތައްކެއް އަންނަނީ އަމާޒުވަމުންނެވެ. 

 

އިޒްރާއީލާއި ފަލަސްތީނާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ޤުދުސްގެ މައްސަލައެވެ. އިޒްރާއީލުން 1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް ހިފުމަށް ފަހު، އިޒްރާއީލުން ޤަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްޠީނުން ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުމަށެވެ.

ޤުދުސްގައި މިހާތަނަށް އެއްވެސް ޤައުމެއްގެ އެމްބަސީއެއް ޤާއިމްކޮށްފައެއް ނުވެއެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ އިޚްތިޞާސް ހިނގާ އިޒްރާއީލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ބަލައިގަނެފައެއް ވެސް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
33%
0%
0%
ކޮމެންޓް
11 ޑިސެންބަރ 2017 | ހޯމަ 11:12
އައްޔު
އަދިކިރިޔާ ތިޔަ ވިސްނެންފެށުނީ ރަނގަލު ފެށުމެއް..