ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 19:19
ރ. ހުޅުދުއްފާރުގައި ބޭއްވި އިހުތިޖާޖްގެ ތެރެއިން
ރ. ހުޅުދުއްފާރުގައި ބޭއްވި އިހުތިޖާޖްގެ ތެރެއިން
ފޭސްބުކް
ޤުދުސްގެ މައްސަލަ
ޓްރަމްޕާއި ދެކޮޅަށް ރ. ހުޅުދުއްފާރުގައި މުޒާހަރާކޮށްފި
 
އިހުތިޖާޖްގެ ބައިވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންމްޕްގެ ފޮޓޯގައި ރޯކޮށް، ރުޅިވެރިކަން ހާމަކޮށްފަ
 
އިހުތިޖާޖްގައި 200 އެއްހާ މީހުން ބައިވެރިވެފައިވޭ
 
އިހުތިޖާޖް ކުރިއަށް ގެންގޮސްފައިވަނީ މުއައްސަސާތައް ގުޅިގެން

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އުފައްދާފައިވާ އިސްރާއީލުގެ ދައުލަތުގެ ވެރިރަށަކީ ޤުދުސް ކަމުގައި ބަލައިގަނެ، އިސްރާއީލުގެ ތެލް އަވީވުގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ގުޅިގެން ރ. ހުޅުދުއްފާރުގައި އިހުތިޖާޖްކޮށްފި އެވެ. 

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ރ. ހުޅުއްދުއްފާރު ކައުންސިލްގެ ނައިބް ރައީސް އަލީ ޖާވިދު ވިދާޅުވީ، އެ އިހުތިޖާޖްއަކީ ހުޅުދުއްފާރުގެ މުއައްސަސާތަކާއި، ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖްއެއް ކަމަށެވެ. އަދި އެ އިހުތިޖާޖްގައި ރަށުގެ ހުރިހާ މުއައްސަސާތަކުންނާއި، ރައްޔިތުން ބައިވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

ޖާވިދު ވިދާޅުވީ އެ އިހުތިޖާޖްގައި 200 އެއްހާ މީހުން ބައިވެރިވެފައިވާއިރު، އިހުތިޖާޖްގެ ހުރިހާ ބައިވެރިން ވެސް ގޮވާލާފައިވަނީ ޓްރަންމްޕްގެ ނިންމުން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ގުދުސްއަކީ މުސްލިމުންގެ ބިމެއްގެ ގޮތުގައި އޮތް އޮތުން ދެމެހެއްޓުމަށެވެ. އޭގެއިތުރުން ފަލަސްތީންގެ ވެރިރަށަކީ ގުދުސްކަމަށާއި، އެކަމަށް ބަދަލު ނުގެނައުމަށް ވެސް ގޮވާލާފައިވެއެވެ. 

އިހުތިޖާޖްގެ ބައިވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންމްޕްގެ ފޮޓޯގައި ރޯކޮށް، ރުޅިވެރިކަން ހާމަކޮށްފަ އެވެ. 

އިޒްރާއީލާއި ފަލަސްތީނާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ޤުދުސްގެ މައްސަލައެވެ. އިޒްރާއީލުން 1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިރުމަތީ ގުދުސް ހިފުމަށް ފަހު، އިޒްރާއީލުން ޤަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެން ނަމަވެސް ފަލަސްޠީނުން ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުމަށެވެ.

ޤުދުސްގައި މިހާތަނަށް އެއްވެސް ޤައުމެއްގެ އެމްބަސީއެއް ޤާއިމްކޮށްފައެއް ނުވެއެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ އިޚްތިޞާސް ހިނގާ އިޒްރާއީލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ބަލައިގަނެފައެއް ވެސް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް