ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 12:15
ޑރ؛ ސަވާދު - ކުރީ ސަރުކާރުތަކުގެ ވަޒީރުކަން ކުރެއްވި
ޑރ؛ ސަވާދު - ކުރީ ސަރުކާރުތަކުގެ ވަޒީރުކަން ކުރެއްވި
ގޫގުލް
ޗައިނާ - ރާއްޖެ
ޗައިނާއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ މަރުކަޒެއް އެޅުމަށްވި އެއްބަސްވުމާއި މެދު ޑރ. ސަވާދު ސުވާލު އުފައްދަވައިފި
 
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ސިފައިން ތިބޭ
 
ޗައިނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނަމަ ނިކުމެދާނެ ނަތީޖާ އާއި މެދު ކަންބޮޑުވޭ
 
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް އެތަކެއް ސަތޭކަ ސިފައިން އެބަތިބި

 

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ ނިޒާމެއް ގާއިމު ކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުވި އެއްބަސްވުމާއި މެދު ކުރީގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރު ޑރ. އަހުމަދު އަލީ ސަވާދު ސުވާލު އުފައްދަވައިފިއެވެ.

މި އެއްބަސްވުމާއި ގުޅިގެން ހުކުރު ދުވަހުގެ ވަގުތެއްގައި ސަވާދު ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ﷲ ގަންދީ ހުވާކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރާއާއި އިނާޔަތްދޭ އެތަކެއް ސަތޭކަ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޗައިނާއިން ބަލަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސަވާދު މިހެން ވިދާޅުވެފައިވާއިރު 'ޖޮއިންޓް އޮބްޒަވޭޝަން ސްޓޭޝަންގެ ނަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ ނިޒާމެއް ގާއިމުކުރުމަށް ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއެ ކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މަރުކަޒެއް އެޅުމަށް އެއްބަސްވިއިރު މި އެއްބަސްވުމަކީ ޗައިނާގެ ރައީސްގެ 'ވަން ބެލްޓް، ވަން ރޯޑް' ގެ ދަށުން ހިނގާ 'މެރިޓައިމް ސިލްކް ރޫޓް' ގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށް ބެލެވެއެވެ. މި ސިލްކް ރޫޓަކީ އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ޗައިނާއާއި އެހެން ގައުމުތަކާއި ގުޅުވައިދޭ ވިޔަފާރީގެ މަޝްރޫއެކެވެ.

މި އެއްބަސްވުމުގެ ތަފްސީލު ރާއްޖޭގެ ސަރުކާރުން ހާމަކޮށްފައި ނުވާއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުންވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ރުހުން ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
17%
0%
72%
0%
11%
ކޮމެންޓް