ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 05:40
މިރޭގެ ރަސްމިޔާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ:-ފޮޓޯ-ރައީސް އޮފީސް
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
ރައީސްގެ ގޮވާލުން އަތޮޅު ތެރޭ ރައްޔިތުންނަށް: ހުރިހާ އެންމެން މާލެ އާދޭ!
 
މާލެ އަކީ ހުރިހާ ރައްޔިތުންގެ ތަނެއް
 
ދެވަނަ ފިޔަވަހީގެ ދަށުން އަޅާ ފްލެޓްތައް 2019ގައި ނިމެނޭ

ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މާލޭގައި ދިރިއުޅުމަށް އައުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަނެއްކާވެސް ގޮވާލައްވައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓް އެޅުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށް ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވިދާޅުވީ ކުޑަ ސިޓީ ހައްދައިގެން މާލެ އައި ޒަމާނެއް އައި ނަމަވެސް މިއަދު އެމަނިކުފާނު ގޮވާލައްވާނީ ހުރިހާ ރަށެއްގެ މީހުން މާލެ އައުމަށް ކަމަށެވެ.

"އެކަމު މި ރައީސް ކީކޭތޯ މި ބުނަނީ. ހުރިހާ ރަށަކުން މީހުން އަންނާށޭ މާލެ އަށް.  މާލެ އަކީ ހުރިހާ ރައްޔިތުންގެ ރަށޭ. މާލެއަކީ ހުރިހާ ރައްޔިތުންގެ ރަށްކަމަށްވާތީ މާލެ ތަރައްގީ ކުރުމާއި ތޮއްޖެހިފައިވާ މާލެއިން ޖާގަ ހޯދުމާއި ހިތް ފަސޭހަކަން މާލެ އަށް ގެނައުމާ އެކީ ހުޅުމާލެ ދެވަނަ ޝަހަރެއްގެ ގޮތުގައި ތަރައްގީ ކުރަނީ މި ދެންނެވި ބޭނުމަށްޓަކައި،" ރައީސް ޔާމިން ވިދާޅުވި އެވެ.

 މާލެ އަކީ މީގެ ކުރިން އުޅެން ހިތްފަސޭހަ ތަނަކަށް ނުވި ނަމަވެސް މާލޭގެ ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވިޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މާލޭގެ ކުނީގެ މައްސަލައަށް މީގެ ކުރިން ހައްލެއް ހޯދާދެވިފައި ނެތް ނަމަވެސް އެމަނިކުފާނު އެވަނީ އެ މައްސަލަ ހައްލުކޮށްދެއްވާފައި ކަމަށް ވިދާޅުވި އެވެ.

 ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި އަޅާ ފްލެޓްގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގޮސް އިތުރު ފްލެޓްތައް އެޅިގެން ދިއުން ކަމަށެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އަޅާ ޓަވަރުތަކުންވެސް އާންމު މީހުނަށް ވަކި ވަރަކަށް ފެލްޓް ކަނޑައަޅަން ޝަރުތު ކުރައްވާފައިވާނެ ކަމަށް ވެސް ވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިޔާ މި 62 ޓަވަރު 2019ގެ ތެރޭގައި ނިމޭނެ. އަދި އެ ޓަވަރު ތަކުން ނިމޭ ބައިބައި ނިމިގެން  އަޅުގަނޑުގެ އުފަލަކަށްވާނީ ދިވެހި ރައްޔިތުން އެތަނަށް ވަންނައިރު  ހަމަ އެމީހުންނާ ސަލާންކޮށްލަން ހަމަ މި ތަނަށް އައިސް ހުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ބޭނުންވާ ކަންކަން ފުއްދާ ދެއްވުން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވެރިކަމުގެ ފަހުންވެސް ގައުމު ދޫކުރައްވާ އަމިއްލަފުޅަށް އަރުވާލެވިގެން ހުންނާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރާއްޖޭގެ 19 ރަށެއްގައި އެކި ވަރުގެ ހައުސިންގ ޔުނިޓްތައް އެޅޭ ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ހަމަ ޖައްސާފައިވާ ގޮތައް ރަށްރަށުގައި  އާއި ހުޅުމާލޭގައި ފްލެޓްތައް އެޅުމުން ގާތްގަނޑަކަށް ދެ ލައްކަ މީހުނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
100%
0%
0%
ކޮމެންޓް