ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 18:17
ފަލަސުރުހީ ޕްރޮގްރާމުގެ ތެރެއިން
ފަލަސުރުހީ ޕްރޮގްރާމުގެ ތެރެއިން
އަބުދުﷲ ނަސީރު އިބްރާހިމް
މާލެ ތޮއްޖެއްސުމުގެ ސިޔާސަތު
މާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރައްޔިތުން އަޅުވެތި ކުރުން: އަލީ ހުސެއިން
 
ދުނިޔޭގައި ކުލި އެންމެ އަގު ބޮޑު އެއް ތަނެއްގެ ގޮތުގައި މާލެ ހިމެނޭ

މި ސަރުކާރުން ގެންގުޅޭ މާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރައްޔިތުން އަޅުވެތިކުރުން ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދުނިޔޭގައި ކުލި އެންމެ އަގު ބޮޑު އެއް ތަނެއްގެ ގޮތުގައި މާލެ ހިމެނޭ ކަމަށެވެ. އަދި ރައްޔިތު މީހާ އަށް ލިބޭ އާމްދަނީގެ 70 އިން ސައްތަ ނުވަތަ 100 އިން ސައްތަވެސް ކުއްޔަށް ހަރަދު ކުރަން ޖެހިފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

މާލެ ތޮއްޖެހުމުން، ވިލިމާލެ އަދި ހުޅުމާލެ ތަރައްގީ ކުރުމުންވެސް މާލޭގެ އޮތް ތޮއްޖެހުމަށް ހައްލެއް ނާންނަކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ މާލޭގެ ތޮއްޖެހުމުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ހައްލެއް ލިބިގެންދާ މަންޒަރު ފެނިގެން ނުދާ ކަމަށެވެ.

"މާލެ ތޮއްޖެއްސުމަކީ އަޅުވެތި ކުރުމެކޭ. ހަގީގަތުގައި މި ސިޔާސަތު ތޮއްޖެއްސުމުގެ ސިޔާސަތު ފެއިލް ވެއްޖެކަމަށް އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހޭ ރާއްޖެ އަކީ 186 ރަށުގެ މައްޗަށް އޮތް ގައުމެއް ކަން. މިއީ ޖަޒީރާ ގައުމެއްކަން ގަބޫލުކުރަން ޖެހޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އަބަދުވެސް ދެން އޮންނަ ފަސް އަހަރަށް ހޮވެން ވެގެން މާލޭގައި ގިނަ މީހުން ތިބީމަ، މާލެ މީހުންނަށް ނިސްބަތްކޮށްގެން އަދިވެސް ގިނަ މީހުން މިތަނަށް ގެނެސްގެން ފުލެޓު ދީގެން މި ދަޅަ ދައްކައިގެން މި އުޅެނީ ފުލެޓު އަޅަން" އަލީ ހުސެއިން ވިދާޅުވިއެވެ.

ރައްޔިތުން ބާރުވެރިކުރުވާނީ "ބިންވެރިކުރުވައިގެން" ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެގޮތުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ބިންތައް ދީގެން ނުވަތަ އެމީހުންގެ ބިންތައް ތަރައްގީ ކޮށް، ރަށުގައި ދިރިއުޅެވޭނެ ފެންވަރު ރަނގަޅު ކުރެވެން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ބެޖެޓަށް ވޯޓް ނުދޭ މެމްބަރުންގެ ދާއިރާތަކަށް މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ އަލީ ހުސެއިން ވިދާޅުވީ އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ބަޖެޓަށް ވޯޓު ނުދީފި ނަމަ އެ ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް އަދަބު ދޭން ސަރުކާރުން ދިމާކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
0%
0%
0%
ކޮމެންޓް