ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 21:17
ބޮޑު ވަޒީރު ހަރީރީ
ބޮޑު ވަޒީރު ހަރީރީ
ގޫގުލް
ބޮޑު ވަޒީރު ހަރީރި
ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ދާނަން: ސާދުލް ހަރީރީ
 
ހަރީރީ ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބު ވެސް، ލުބުނާނަށް ވަޑައިގެން ހާމަ ކުރައްވާނެ ކަމަށް

ކައިރި މުސްތަގުބަލެއްގައި ލުބުނާނަށް ވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ސާދުލް ހަރީރީ ވިދާޅުވެއްޖެއެވެ.

ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން ހަރީރީ އިއުލާނު ކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަވައިގެންނެވެ. ސައުދީގައި ހަރީރީ ހުންނެވީ ގޭބަންދުގައި ކަމަށް ބުނާ ވާހަކަ މީގެ ކުރިން ހަރީރީ ވަނީ ދޮގުކުރައްވާފައެވެ. ލުބުނާނުގެ ރައީސް އަދި ސަރުކާރުން ހަރީރީގެ އިސްތިއުފާ ގަބޫލުކުރައްވާފައެއް ނުވެއެވެ.

ލުބުނާނަށް ވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ހަރީރީ ވިދާޅުވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި އެގައުމުގެ ރައީސް އެމަނުއެލް މެކްރޮންއާ ބައްދަލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ހަރީރީ ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބު ވެސް، ލުބުނާނަށް ވަޑައިގެން ހާމަ ކުރައްވާނެ ކަމަށެވެލުބުނާނަކީ ކުރިން ފްރާންސްގެ އަޅުވެތިކަމުގައި އޮތް ގައުމެކެވެ. ފްރާންސުން ގެންދަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ލުބުނާނުގެ ބޮޑުވަޒީރު ކަމުން ހަރީރީ އިސްތިއުފާ ދެއްވީ ލުބުނާނުގެ ދާހިލީ ކަން ކަމަށް އިރާނާއި އަދި އިރާނާ ރަހްމަތްތެރި ހިޒްބުﷲ ޖަމާއަތުން ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ. އަދި ހަރީރީ އަވާހަރާކޮށްލަން ބަޔަކު އުޅޭ ކަމަށް ވެސް ހަރީރީ ތުހުމަތު ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް