ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 18:19
އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ، ޑރ. އަބްދުﷲ ނިޔާފް
އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ، ޑރ. އަބްދުﷲ ނިޔާފް
އަވަސް
ބަޖެޓް 2018
ޓެބްލެޓް ފަދަ ތަކެއްޗަކީ މީހުންނާ މުއާމަލާތްކުރަން ނޭނގޭ ކުދިންނަށް ކަމުދާ ތަކެއްޗެއް ނޫން: ޑރ. ނިޔާފް
 
ޑިޖިޓިލައިޒްކުރުމުން ބޮޑެތި ފޮތް ދަބަހުގެ ބަދަލުގައި ސުކޫލަށް ގެންދަންޖެހޭނީ ޓެބްލެޓެއް އެކަނި ކަމަށް ސަރުކާރުން ހާމަކުރޭ
 
ރާއްޖޭގެ ހުރިހާ ސުކޫލެއް ޑިޖިޓިލައިޒްކުރުމަށް ވަނީ ނިންމާފައި
 
އެއައްވުރެ ބޮޑެތިކުދިންނަށް ކިޔަވާދިނުމުގައި "ހެޔޮކޮށް" ޓެބްލެޓް ބޭނުން ކުރެވިދާނެ

ޓެބްލެޓަކީ މީހުންނާއި މުއާމަލާތްކުރަން ނޭނގޭ ކުދިންނަށް ކަމުދާ އެއްޗެއް ނޫން ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އެފިސަރ، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

ޑރ. ނިޔާފް މި ގޮތަށް ވިދާޅުވީ، ސްކޫލްތަކަށް ޓެބްލެޓް ތައާރަފްކުރުމަކީ ކުޑަކުދިންނަށް ކޮންކަހަލަ ކަމެއްތޯ ޓްވިޓަރގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޑރ. ނިޔާފް ވިދާޅުވީ، ޓީވީ، ފޯނު، ޓެބްލެޓް ފަދަ ތަކެއްޗަކީ ވާހަކަދައްކަން، އަދި އިޖްތިމާއީ ގޮތުން މީހުންނާ މުއާމަލާތް ކުރަން ނޭނގޭ ކުދިންނަށް ކަމުދާ ތަކެތި ނޫން ކަމަށާއި، އެއައްވުރެ ބޮޑެތިކުދިންނަށް ކިޔަވާދިނުމުގައި "ހެޔޮކޮށް ޓެބްލެޓް ބޭނުން ކުރެވިދާނެ" ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

 

 

2018 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސުކޫލެއް ޑިޖިޓިލައިޒްކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ސުކޫލުތައް ޑިޖިޓިލައިޒް ކުރުމުން ބޮޑެތި ފޮތް ދަބަހުގެ ބަދަލުގައި ސުކޫލަށް ގެންދަން ޖެހޭނީ ޓެބްލެޓެއް އެކަނިކަމަށް ސަރުކާރުން ހާމަކުރެ އެވެ. ސަރުކާރުގެ އެ ނިންމުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެގެންގޮސްފަ އެވެ. މި ފައިސާ ބަޖެޓްގައި ހިމެނި އިރު އަންނަ އަހަރަށް ބޭނުންވާ ގިނަ ޓެކްސްޓް ފޮތްތައް މިހާރު ވަނީ ދަރިވަރުންނާ ހަވާލުކޮށްފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
11%
11%
2%
6%
6%
64%
ކޮމެންޓް
19 ނޮވެންބަރ 2017 | އާދީއްތަ 14:36
މުލީހަސަން
މިހާރު ޓެބްލެޓަކީ ޑޮކްޓަރުން ބޭސް ސިޓީ ލިޔީ ލިޔެދޭއިރު ލިޔާ ބޭހެއް ނޫންތަ؟