ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 14:26
ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްދަނީ ރެއިންބޯ ލިވިންގ މޯލްގައި
ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްދަނީ ރެއިންބޯ ލިވިންގ މޯލްގައި
ފާތިމަތު ޝަނާ މުހައްމަދު
ލޭ ހަދިޔާ ކުރުމުގެ ހަރަކާތް
ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި
 
މިއީ އެއްދުވަހަށް ކުރިއަށްގެންދާ ހަރަކާތެއް
 
ކުންފުނީގެ 100 މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި ބައިވެރިވޭ

ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުގެ ޕްރެޒިޑެންޓް އިބްތިޝާމު އާދަމް ވިދާޅުވީ، ރެއިބޯ ރީ-ކްރިއޭޝަން ކަލްބުން މުހިއްމު ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރުވެސް ކުރިއަށްގެންދާ އިރު ބްލަޑު ކޭމްޕެއްގެ ބޭއްވުމަށް ނިންމީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ތެެރެއިން ކަމަށެެވެ.

މި ހަރަކާތް ބޭއްވުމަށްޓަކައި މޯލްޑިވްސް ބްލަޑް ސަރވިސްގެ ފަރާތުން އެ ކުންފުނީގެ ސްޓާފުން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ގާތްގަނޑަކަށް އެ ކުންފުނީގެ 100 މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" މިހާރުވެސް އެބަ އުޅޭ ވަކި ވަކި ސްޓާފުން ލޭ ހަދިޔާ ކުރާ. އެހެން ނަމަވެސް ހުރިހާ ސްޓާފުންނަށް މިހާރު މިވަނީ މި ފުރުސަތު ހުޅުވާލެވިފައި. ބިރުން ނަމަވަސް އެބައުޅޭ ލޭ ހަދިޔާ ނުކޮށް. ސްޓާފުން ނޫނަސް ހަމަ ލޭ ދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ލޭ ހަދިޔާ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފައި." އިބްތިޝާމު ވިދާޅުވި އެވެ.

މި ހަރާކަތަކީ ރެއިންބޯ ގްރޫޕުގެ މެނޭޖުމެންޓުން ވަރަށް ބޮޑަށް ބޭނުންވެލައްވާ ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 05:30 ގެ ނިޔަލަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް