ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 17:50
ހއ. މާރަންދޫ އެމްބިއުލާންސް ހަލާކުވެ، ބަލިމީހަކު ގާޑިޔަލެއްގައި އުފުލަނީ
ހއ. މާރަންދޫ އެމްބިއުލާންސް ހަލާކުވެ، ބަލިމީހަކު ގާޑިޔަލެއްގައި އުފުލަނީ
ޓްވިޓަރ
ސިއްހީ ހާލަތު
މާރަންދޫގައި ބަލި މީހުން އުފުލަނީ އަތްގާޑިޔަލުގައި!
 
ރަށްރަށުން ބޭސް ލިބުން ވެސް ދަތި
 
ސިއްހީ ހާލަތު އޮތީ ބޮއްސުންލާފައި
 
ހެޔޮވެރިކަމަކުން ކަށަވަރުކޮށްދެވިފައި އޮންނަންވާނެ އެންމެ މުހިއްމު އެއް ޚިދުމަތަކީ ސިއްހީ ޚިދުމަތް

ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯއަކީ މިއަދު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ފޮޓޯއެކެވެ. ހއ. މާރަންދޫގެ ސިއްހީ ހާލަތު މި ފޮޓޯއިން އެކަނިވެސް އެ އޮތީ ހާމަވެ ފެންނާށެވެ.

ރާއްޖޭގެ ސިއްހީ ހާލަތު އެނދުމަތި ވެފައި އޮންނަތާ ކިތަންމެ ޒަމާނެކެވެ. ފުރިހަމައަށް އާސަންދަ ނުލިބޭ ވާހަކަ އާއި، މުހިއްމު ބޭސްތައް އާސަންދައިން ނުލިބޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ނަމެއްގައި ހުއްޓަސް، ބޭހެއް ނުހުރެ އެވެ. ބައެއް ރަށްރަށުން ބައެއް ފަހަރު ޕެނަޑޯލް ވެސް ހުސްވެ އެވެ.

ހެޔޮވެރިކަމެއްގައި އެންމެ މުހިއްމު އެއް ޚިދުމަތަކީ ސިއްހީ ޚިދުމަތެވެ. ބޮޑެތި އިގްތިސާދީ ޕްރޮޖެކްޓްތަކާއި، ބްރިޖާއި އެއާޕޯޓް އޭގެ ފަހުންނެވެ. މި ސަރުކާރަށް ބަރާބަރު ހަތަރު އަހަރުވީއެވެ. އެކަމުގެ އުފާފާޅުކުރުމުގެ ހަފްލާތައް ދަނީ ބާއްވަމުންނެވެ. ކުރިން ނިންމާފައި ހުރި ޕްރޮޖެކްޓްތައް އަލުން ރިބަންކަނޑާ ހުޅުވަނީއެވެ. ސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު، ސިއްހީ ހާލަތު ވަނީ ބޮއްސުންލައިފަ އެވެ.

ހަމަ އެންމެ މިސާލެކެވެ. ހއ. އަތޮޅު މާރަންދޫގައި އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ އެތައް ދުވަހެއްވީއެވެ. މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން އެރަށުގެ ސިއްހީ ހާލަތު ވަރަށް ރަނގަޅަށް ތަސްވީރުކޮށްދެ އެވެ.

މާރަންދޫ ކައުންސިލް މެންބަރު އަހުމަދު ޝާފިއު ވިދާޅުވީ އެމްބިއުލާންސް ހަލާކުވެގެން މަރާމާތަށް ޚިދުމަތް ކެނޑިފައިވާކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަމަށެެވެ. އެހެންވެ، މިހާރު ބަލިމީހުން އުފުލާގޮތް އެ އޮތީ ފެންނާށެވެ. އިސްރަށްވެހިންނަށް މާ ވަރަކަށް އިހްތިރާމް ކުރާ މި ސަރުކާރުން އިސްރަށްވެހި މީހާ އުފުލަމުން އެދަނީ އާދައިގެ ގާޑިޔާ ގަނޑެއްގައެވެ. ރައީސާއި އެމަނިކުފާނުގެ މިނިސްޓަރުން މާދަމާ އެރަށް ވަޑައިގަންނަވަން ޖެހުނަސް ވަޑައިގަންނަވާނީ ފުލުހުންނާއި އެމްއެންޑީއެފްގެ ފައުޖަކާއި، ކާރުކޮޅާއި، މެޓަލް ޑިޓެކްޓައާއި މޮޓޯކޭޑްގައެެވެ. ދައުލަތުގެ ޚަރަދުގައި ފުރިހަމަ އިއްޒަތުގައެވެ. އެކަމަކު ޓެކްސް ދައްކާ ރައްޔިތު މީހާ އާދައިގެ ގާޑިއާ ގަނޑެއްގައެވެ. މީ ކޮން އިންސާފެއްތޯއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން އެހެން ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. އެފަހަރު އދ. ހަންޏާމީދޫގެ ފޮޓޯއެކެވެ. ބަލިމީހަކު ހަމަ ގާޑިޔަލެއްގައި އުފުލާ މަންޒަރެވެ.  އެރަށުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ސަރުކާރަށް ހަތަރު އަހަރު ފުރިފައިވާއިރު، މިއީ ބަހާރެއް ނޫނެވެ. ސިއްހީ ދާއިރާ އޮތީ ހަރީފްކަމުގަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
8%
0%
8%
0%
83%
ކޮމެންޓް
17 ނޮވެންބަރ 2017 | ހުކުރު 20:06
ރަނާ
މިރަށަށް އަންނި އައި އަރު ވެސް އެ ހާޅަތުގަ ހަމައެވަރަށް ސިފައިން އައި އެ ހާ ވަރަށް ކާން ހެދި އަހަރެމެން ތިބީ ނުކައި ކޮބާ ތަފާތެއް ރަށް ފުށު މީހުން ޔާމީން ގާތުގަ އުޅޭތީ ކަމުނުދަނީ ބޭފުޅި ޒަމާން ގޮއްސި