ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 10:40
ބަޖެޓް ހުށަހެޅި ޖަލްސާއަށް ރާޖަޕަކްސަ ބައިސްކަލުގައި ވަޑައިގަންނަވަނީ
ބަޖެޓް ހުށަހެޅި ޖަލްސާއަށް ރާޖަޕަކްސަ ބައިސްކަލުގައި ވަޑައިގަންނަވަނީ
ޑެއިލީ މިރޯ
ސްރީލަންކާ
އިޤްތިޞާދު ރަނގަޅުކުރާނެ ޕްލޭނެއް ބަޖެޓުގައި ނެތް: ރާޖަޕަކްސަ
 
ދަރަނިބޮޑުވެފައިވަނީ މިހާރުގެ ސަރުކާރުގެ ސަބަބުން: ރާޖަޕަކްސަ

ސްރީލަންކާގެ އިޤްތިޞާދު ހަމަޔަކަށް އަޅުވައި، އިޤްތިޞާދު ރަނގަޅުކުރާނެ ޕްލޭނެއް އަންނަ އަހަރަށް ލަފާކޮށް, ޕާލަމެންޓަށް ހުށަހަޅާފައިވާ ބަޖެޓްގައި ނެތްކަމަށް ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑާރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސަ ވިދާޅިވީ މިހާރުގެ ސަރުކާރުގެ ކޮރަޕްޝަނާއި މަކަރު ހެދުމުގެ ތެރޭގައި ލަންކާގެ އިޤްތިޞާދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. އަދި ޤައުމުގެ ދަރަނިވެސް ވޭތުވެ ދިޔަ 3 އަހަރުތެރޭ އެތައް ބިލިއަން ރުޕީޒްއެއް ބޮޑުވެފައިވާކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ. ރާޖަޕަކްސަ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، ލަންކާގެ ދަރަނި ޖީޑީޕީގެ 71 އިންސައްތައަށް ކުޑަކުރެއްވިކަމަށާއި، އެހެންނަމަވެސް މިހާރު ދަރަނި ޖީޑީޕީގެ 85 އިންސައްތައަށް އަރާފައިވާކަމަށެވެ. ލަންކާގެ އިޤްތިޞާދު ހަލާކުކޮށްލީ ރާޖަޕަކްސަގެ ސަރުކާރުންކަމަށް ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުން ވިދާޅުވިނަމަވެސް، ލަންކާގެ އިޤްތިޞާދު ހަލާކުކޮށްލީ މިހާރު މިއޮތް ރައީސް މައިތިރިޕާލާ ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ސަރުކާރުންކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ލަންލާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ލަންކާގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދެވިކަން ފާހަގަކުރައްވަމުން ރާޖަޕަކްސަ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަގުތަކާއި ބަނދަރުތަކާއި އިމާރާތްތައް ހެދިނަމަވެސް، މިހާރުގެ ސަރުކާރުން އެފަދަ އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދާކަމަށެވެ. އަދި ޕޯޓް ސިޓީ ޕްރޮޖެކްޓް ކެންސަލްކުރަން އުޅުމުން އެކަމުގެ ބަދަލުގައި 21 ބިލިއަން ރުޕީޒް އަދި ސްރީލަންކަން އެއަރލައިންސްއިން ގެންނަން އުޅުނު އައު މަތިންދާބޯޓުތަކުގެ އޯޑަރުތައް ކެންސަލްކުރުމުން އެކަމުގެ ބަދަލުގެ ގޮތުގައި 15 ބިލިއަން ރުޕީޒް ދައްކަން ޖެހުނުކަމަށެވެ. އަދި ޓެކްސްއިން ލިބުނު އާމްދަނީ ބޮޑުވެއްޖެކަމަށް ބުނެ ސަރުކާރުން އުފާކުރާއިރު، އާއްމު ވިޔަފާރިތަކުން 2014ވަނަ އަހަރު ދެއްކި އަދަދަށްވުރެ ޓެކްސްއަށް ދައްކަން ޖެހޭ މިންވަރު މިހާރު ދެގުނަ އިތުރުވެފައިވާކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް