ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 14:51
ލުބުނާނުގެ ބޮޑުވަޒީރު ސައަދް ހަރީރީ: ސައުދީގައި ހުންނަވައި އިސްތިއުފާ އިޢުލާން ކުރެއްވި ނަމަވެސް، އޭނާގެ އިސްތިއުފާ ލުބުނާނުގެ ރައީސް އަދި ބަލައިގެންފައެއްނުވޭ
ލުބުނާނުގެ ބޮޑުވަޒީރު ސައަދް ހަރީރީ: ސައުދީގައި ހުންނަވައި އިސްތިއުފާ އިޢުލާން ކުރެއްވި ނަމަވެސް، އޭނާގެ އިސްތިއުފާ ލުބުނާނުގެ ރައީސް އަދި ބަލައިގެންފައެއްނުވޭ
އީޕީއޭ
ސައަދް ހަރީރީ
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
 
އެހެންނަމަވެސް އެއީ ސިޔާސީ ހިމާޔަތެއް ނޫން: މެކްރޮން
 
ހަރީރީ އަދި އާއިލާ ފްރާންސަށް ވަޑައިގަތުމަށް ފްރާންސްގެ ރައީސް މެކްރޮން ވަނީ ދައުވަތު އަރުވާފަ

ސައުދީ އަރަބިއްޔާގެ ބަންދެއްގައި މިހާރު ހުންނެވި ކަމަށް ބުނާ ލުބުނާނުގެ ބޮޑުވަޒީރު ސައަދް ހަރީރީ، އާޢިލާއާއެކު ފްރާންސަށް ވަޑައިގެންނެވުމަށް އެގައުމުގެ ރައީސް އެމަނުއެލް މެކްރޮން ދައުވަތު ދެއްވައިފި އެވެ.

ހަރީރީ ފްރާންސަށް ވަޑައިގެންނެވުމަށް ދައުވަތު އެރުވި ނަމަވެސް، އެއީ ފްރާންސުން ހަރީރީ އަށް ސިޔާސީ ހިމާޔަތް ދިނުން ނޫން ކަމަށް ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވި އެވެ.

ފްރާންސްގެ އޮފިޝަލުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަރީރީ ފްރާންސަށް ވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު، ލުބުނާނުގެ ބޮޑުވަޒީރު ކަމުން ކުއްލި ގޮތަކަށް ހަރީރީ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަވައިގެންނެވެ. ލުބުނާނުގެ ސިޔާސީ މަސްރަޙް ހަލަބޮލި ކުރުވި މި ނިންމެވުމަކީ، ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނަވައިފިނަމަ، އަމިއްލަފުޅު ހަށިކޮޅަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން ނިންމެވި ނިންމެވުމެއް ކަމަށް ހަރީރީ ވިދާޅުވި އެވެ. އެހެންނަމަވެސް ހަރީރީގެ އިސްތިއުފާގެ ފަހަތުގައި ވަނީ ސައުދީ އަރަބިއްޔާ ކަމަށް ލުބުނާނުން ތުހުމަތު ކުރެއެވެ.

ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ހަރީރީ މިވަގުތު ހުންނެވީ ސައުދީގެ ބަންދެއްގައި ކަމަށް ލުބުނާނުން ތުހުމަތު ކުރެއެވެ. ބުދަ ދުވަހު ލުބުނާނުގެ ރައީސް މިޝޭލް އައޫން ވަނީ، ސައުދީން ހަރީރީ ބަންދުކޮށްގެން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެކަމުގެ ފަހަތުގައިވާ ސަބަބު ސާފުކޮށްދީފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ސައުދީ ސަރުކާރުން ވަނީ، ހަރީރީގެ ނުގަބޫލު ބަންދެއްގައި ސައުދީން ގެންގުޅޭ ކަމަށް ބުނާ ބުނުމާއި، މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ކުޑަ ކުރުމަށް ހަރީރީގެ އިސްތިއުފާއަށް މަޖުބޫރު ކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

ހަރީރީ ވަނީ، އޭނާ ހެޔޮހާލުކޮޅުގައި ހުންނެވި ކަމަށާއި، ދާދި އަވަހަށް އެނބުރި ލުބުނާނަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ.

ސައުދީގައި ހުންނަވައި ޓީވީ މެދުވެރިކޮށް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހަރީރީ އިޢުލާން ކުރެއްވި ނަމަވެސް، އޭނާގެ އިސްތިއުފާ ލުބުނާނުން ބަލައިގެންފައެއްނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ