ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 12:12
ޑރ ޖަމީލް ނައިބު ރައީސްކަމުގައި ހުންނެވިއިރު ރައީސް ޔާމީން ދަތުރުފުޅަކުން އަނބުރާ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ
ޑރ ޖަމީލް ނައިބު ރައީސްކަމުގައި ހުންނެވިއިރު ރައީސް ޔާމީން ދަތުރުފުޅަކުން އަނބުރާ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ
ގޫގުލް
އެމްއެމްޕީއާރުސީގެ ހިޔާނާތް
ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް
 
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ޖުމްލަ އަދަދު ބިލިއަނަކަށްވުރެ މަތި
 
އެދުވަހު ރައީސް ޔާމީނަށް އެރުވި ލަފާ އަޑު އެއްސެވިނަމަ ޤައުމަށް މިވަރުގެ ބޮޑު ގެއްލުމެއް ނުދެވުނީސް: ޑރ ޖަމީލް

އެމްއެމްޕީއާރްސީގެ ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.  

އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ދިރިއުޅުއްވާ ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެދުވަހު ރައީސް ޔާމީނަށް ދިން ލަފާ އަޑު އެއްސެވިނަމަ ޤައުމަށް މިވަރުގެ ބޮޑު ގެއްލުމެއް ނުދެވުނީސް"ކަމަށެވެ. ޑރ ޖަމީލް އިޝާރާތް ކުރައްވާފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 721 މިލިއަން ރުފިޔާއަށް އަރާފައިވާ މައްސަލައަށެވެ. ޑރ. ޖަމީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމަކީ ރައީސް ޔާމިން "ބަސް ޤަބޫލުނުކުރެއްވުމުގެ ސަބަބުން ލިބުނު އިއާދަނުކުރެވޭނެ ގެއްލުމެއް"ކަމަށެވެ. އަދި އެފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލެ މަލަމަތިން ފެންނަމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެފައިސާ ހޯދުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި އޭރު ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ އެކަންކަން އޭރު ހިނގަމުންދިޔަ ވާހަކަ ރައީސް ޔާމީނަށް ދެންނެވިކަމަށް ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ ޖަމީލްގެ އިތުރުން އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
16 ނޮވެންބަރ 2017 | ބުރާސްފަތި 12:20
މުލީ ހަސަން
މީނަ ދެން ލަންޑަނުގައި ހުރިެގެން ކޮން އނަގަ އެއްތަޅާކަށްތަ؟ މީނަވެސް ހަމަ އުޅުނީ އެފާޑަށް! ހަމަ އަތުޖެހުން އެއްޗެއް ވިއްޔާ ފިލުވާލެވޭތޯ އުޅުނީ!