ކ. މާލެ
|
28 ނޮވެންބަރ 2017 | އަންގާރަ 13:02
ރާއްޖެޓީވީ ނައިޓްގައި ބައިވެރިވާ ބައެއް ފަންނާނުންނާއެކު ސޮއި ކުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގެ ތެރެއިން:-
ރާއްޖެޓީވީ ނައިޓްގައި ބައިވެރިވާ ބައެއް ފަންނާނުންނާއެކު ސޮއި ކުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގެ ތެރެއިން:-
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ނައިޓް
"ރާއްޖެޓީވީ ނައިޓް"ގެ ބައެއް ސްޕޮންސަރުންނާއި އަދި ފަންނާނުންނާއެކު ސޮއި ކޮށްފި
 
ޕްރިންޓިން ޕާޓްނަރަކަށް ހަމަ ޖެއްސީ އެމްސެވަން
 
ރާއްޖެޓީވީ ނައިޓް ގެ ކޭޓްރިން ޕާޓްނަރަކަށް ހަމަ ޖެއްސީ ވުޑްބެރީ

"ރާއްޖެޓީވީ ނައިޓް 2017"ގެ ބައެއް ސުޕޮންސަރުންނާއި ބައެއް ފަންނާނުންނާއެކު މިރޭ ސޮއިކޮށްފި އެވެ.

"ރާއްޖެޓީވީ ނައިޓް" ގައި އޮންނަ މިއުޒިކް ޝޯގައި މިފަހަރުވެސް މަޝްހޫރު ބައެއް ފަންނާނުން ބައިވެރިވާނެ އެވެ.  އޭގެ ތެރެއިން މިރޭ ބޭއްވި ރަސްމިޔާތުގައި ރާއްޖެޓީވީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބައެއް ފަންނާނުންނެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތުގައި ރާއްޖެޓީވީއާއެކު ސޮއި ކޮށްފައިވަނީ މަޝްހޫރު ނެށުންތެރިޔާ ޖާދުއްﷲ އާއި ސުނީތާ އަލީ އެވެ. މި ފަންނާނުންނާއެކު ރާއްޖެޓީވީން ވެފައިވާ އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެޓީވީގެ އެގްޒެގެޓިވް ޑިރެކްޓަރ ނާޒްމީ ސައީދެވެ. ރާއްޖެޓީވީން ބުނީ އިތުރު ފަންނާނުންނާއެކުވެސް ކުރިއަށް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއި ކުރަމުންދާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ ލަވަކިއުންތެރިންކަމަށްވާ އަބްދުﷲ ފާލިހް އާއި ހައްވާ އަޝްރާ ވެސް މި ރަސްމިޔާތުގައި ރާއްޖެޓީވީއާއެކު ސޮއިކޮށްފައިވެ އެވެ. ރާއްޖެޓީވީގެ ފަރާތުން މި ދެ ފަންނާނުންނާއެކު ސޮއި ކުރީ ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓިވް އެފެއާޒް އައިމިނަތު ރީޝާ އެވެ.

"ރާއްޖެޓީވީ ނައިޓް"ގެ ކޭޓްރިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވުޑް ބެރީ ކޭޓަރިންގއެވެ. މި އެއްބަސްވުމުގައި ވުޑް ބެރީގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޑިރެކްޓަރ އަހްމަދު ލަތީފެވެ. އަދި ޕްރިންޓިން ޕާޓްނަރަކަށް ހަމަ ޖައްސާފައިވަނީ އެމް ސެވެން އެވެ. އެއްބަސްވުމުގައި އެމްސެވެންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އިބްރާހިމް ރަޝީދެވެ. ސްޕޮންސަރުންނާއެކު ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާއެވެ.   

ރާއްޖެޓީވީން ބުނީ "ރާއްޖެޓީވީ ނައިޓް" ގައި މި ފަހަރު އިންޑިޔާގެ މަޝްހޫރު ފަންނާނެއްގެ އިތުރުން ލަންކާގެ ޖާދޫ ގަރެއް ވެސް ބައިވެރިވާނެ ކަމަށެވެ.

ރާއްޖެޓީވީ ނައިޓްގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށް ރާއްޖެޓީވީގެ މެނޭޖުމަންޓުން މައުލޫމާތުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
0%
0%
0%
67%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި