ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 08:58
ޝެރިންް ބުނާ ގޮތުގައި އެ ކޮންސެޓަކީ މީގެ އަހަރަކަށްވުރެ ކުރިން ދީފައިވާ ކޮންސެޓެއް
ޝެރިންް ބުނާ ގޮތުގައި އެ ކޮންސެޓަކީ މީގެ އަހަރަކަށްވުރެ ކުރިން ދީފައިވާ ކޮންސެޓެއް
އޭއެފްޕީ
ޝެރިންއަށް ޝޯ ހުށަހެޅުން މަނާ
ނީީލަ ކޯރާމެދު ބަދު ބަހެއް ބުނެގެން މިސްރުގެ ލަވަ ކިއުންތެރިއަކަށް ޝޯ ހުށަހެޅުން މަނާކޮށްފި
 
ޝެރިން ވަނީ ފޭސްބުކްގައި ކޮށްފައިވާ އަސަރުގަދަ ޕޯސްޓެއްގައި އޭނާގެ ވާހަކައަށް މައާފަށް އެދިފަ
 
މިސްރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވަމުން ދާތީ ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

 

ނީލަ ކޯރުން ފެން ނުބުއިމަށް ފޭނުންނަށް ނަސޭހަތް ދިން ކަމަށް ބުނެ މަޝްހޫރު އަރަބި ލަވަކިއުންތެރިޔަކަށް އޭނާގެ އަމިއްލަ ގައުމު، މިސްރުގައި ޝޯ ދިނުން މަނާކޮށްފި ކަމަށް އެގައުމުގެ މިއުޒީޝަނުންގެ ޔޫނިއަނުން ބުދަ ދުވަހު ބުނެފިއެވެ.

ޝެރިން އަބްދުލް ވައްހާބު ނުވަތަ ޝެރިންގެ ނަމުން ގިނަބަޔަކު ދަންނަ ލަވަކިޔުންތެރިޔާ ދާދިފަހުން ދިން ޝޯއެއްގެ ވީޑިއޯ ކްލިޕެއްގައި ބުނެފައިވަނީ" ތިބޭފުޅުންނަށް ބޮޑަށް ރަނގަޅުވާނީ އެވިއަން ބުއިން" ފްރާންސްގައި ބަންދު ކުރާ މިނަރަލް ވޯޓަރގެ ބްރޭންޑަކަށް އިޝާރާތްކޮށް އޭނާ  ބުނެއެވެ.

މި ވާހަކައާއެކު ސޯޝަލް މީޑިއާގައިވަނީ ހުޅު ރޯވެފައެވެ. އެއްބަޔަކު ބުނާގޮތުގައި އެއީ މިސްރުގެ ގައުމީ ފަޚުރަކަށް ކުރި މަލާމާތެކެވެ. އަނެއްބަޔަކު ބުނެފައިވާ ގޮތުގައި ހަގީގަތުގައި މައްސަލަ އުފައްދާ ބަޔަކީ ކޯރު ތަޣައްޔަރު ކުރާ ފަރާތްތަކެވެ.

މިސްރުގައި ފުރަތަމަ އުފެދުނު ޑެމޮކްރެޓިކް ވެރިކަން 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ބަދަލުކުރި ފަހުން އެ ގައުމުން ގެންދަނީ ގައުމިއްޔަތާ ދެކޮޅުކަމަށް ތުހުމަތުކުރެވޭ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ހަރުކަށި ގޮތްތަކަށް އަމަލު ކުރަމުންނެވެ. އެ ގައުމުން ސިފަކުރާ ގޮތުގައި ދައުލަތަށް ފާޑުކިއުމަކީ ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމުގެ ހަމަޖެހުން ނަގާލުމަށް ރޭވޭ ރޭވުމެކެވެ.

ޝެރިން ވަނީ ފޭސްބުކްގައި ކޮށްފައިވާ އަސަރުގަދަ ޕޯސްޓެއްގައި އޭނާގެ ވާހަކައަށް މައާފަށް އެދިފައެވެ.

"އަޅުގަނޑުގެ ލޯބިވާ މިސްރާއި އެ ގައުމުގެ ދަރީން އަޅުގަނޑުގެ ފަރާތުން ތިބާއަށް އެއްވެސް އަނިޔާއެއް ދެވިފައިވާނަމަ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން މައާފަށް އެދެން" އޭނާ ލިޔެފައިވެއެވެ. "އަޅުގަނޑަށް އަނބުރާ މާޒީއަށް ދެވޭނެ ނަމަ އެއީ އަޅުގަނޑު ބޭނުން ނުކުރާނެ ޖޯކެއް"

މިއުޒީޝަނުންގެ ޔޫނިއަނުން ބުނީ އެ ކޮންސެޓް އޮތީ ލުބުނާނުގައިކަމަށެވެ. ނަމަވެސް ޝެރިންގެ ބަޔާނެއްގައި ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި އެ ކޮންސެޓް އޮތީ މީގެ އަހަރަކަށްވުރެ ވެސް ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް