ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 19:39
   މުގާބޭ ހުންނެވީ އަމިއްލަފުޅު ގެކޮޅުގައި
މުގާބޭ ހުންނެވީ އަމިއްލަފުޅު ގެކޮޅުގައި
ރޮއިޓަރސް
ޒިމްބާބްވޭގެ މަސްރަހު
ޒިމްބާބުވޭގެ މަސްރަހު: މުގާބޭ ގޭބަންދުގައި
 
ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ވަނީ މުގާބޭގެ ހާލު ބައްދަލަވާފައި
 
މުގާބޭ ހުންނެވީ އަމިއްލަފުޅު ގެކޮޅުގައި

ޒިމްބާބުވޭގެ ރައީސް ރޮބަރޓް މުގާބޭ ހުންނެވީ ގޭބަންދުގައިހެޔޮހާލުކޮޅުގައިކަމަށް، މުގާބޭއާ ވާހަދެއްކެވުމަށް ފަހު ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ ވިދާޅުވެއްޖެއެވެ.

މުގާބޭ ހައްޔަރުކޮށްފައި ވަނީ އަސްކަރިއްޔާއިން ގައުމުގެ ކޮންޓްރޯލް ނެގުމަށްފަހުއެވެ.

ބުދަ ދުވަހު ޒިމްބާބްވޭގެ އަސްކަރިއްޔާއިން އެޤައުމުގެ ޤައުމީ ޓީވީ ޗެނަލް ހިފާފައިވާއިރު، އެޗެނަލް މެދުވެރިކޮށް ހަމަނުޖެހުން ނުއުފެއްދުމަށް ގޮވާލާ އަސްކަރިއްޔާއިން ބަޔާނެއް ނެރުނެވެ.ނަމަވެސް ބާރުގޮވުންތަކުގެ އަޑާއި ބަޑީގެ އަޑުފައްގަނޑު ވެރިރަށް ހަރާރޭގެ މަގުތަކުން ދަންވަރުވަނީ އިވިފައެވެ.

ސިފައިން ބުނީ މިއީ ބަޣާވާތެއް ނޫން ކަމަށާއި، ރައީސް މުގާބޭ ހުންނެވީ ސަލާމަތާއި ރައްކާތެރިކަމާއި އެކުގައިކަމަށެވެ.

އަސްކަރިއްޔާގެ ޖެނެރަލަކުވަނީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އަސްކަރީ ބަޣާވާތެއް ނުހިނގާކަމާއި ރައީސްއާއި އާއިލާ ތިއްބެވީ ހެޔޮހާލުކޮޅުގައިކަމަށް ވިދާޅުވެފައެވެ.

ރިޕޯޓްތައް ލިބޭގޮތުގައި އަސްކަރީ ވެހިކަލްތަކުންދަނީ ވެރިރަށް ހަރާރޭގައި ހުރި ގާނޫނުހަދާ މަޖިލީހުގެ ކައިރީގައިވާ މަގުތަކާއި އަދި ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ މައިއޮފީހުގެ ބޭރު ބަންދު ކުރަމުންނެވެ.

ބާރުގޮވުންތަކާއި ބަޑީގެ އަޑުފައްގަޑު ވެރިރަށް ހަރާރޭގެ އުތުރުގެ ސަރަހައްދުތަކުން އިވިފައިވާއިރު އުމުރުފުޅުން 93 އަހަރުފުޅުގެ މުގާބޭގެ އަމިއްލަފުޅު ގެކޮޅުގެ ކައިރިންވެސް ވަނީ ބަޑީގެ އަޑުތައް އިވިފައެވެ.

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ މުގާބޭ އެވެ. މުގާބޭ އެންމެ ފުރަތަމަ ޒިމްބާބްވޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ 1987 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޒިމްބާބްވޭގެ ބޮޑުވަޒީރުގެ މަގާމުގައެވެ. ސިއްހީ ހާލުކޮޅު ގޯސްވެ ދޭތެރެދޭތެރެއިން ސިންގަޕޫރުން ބޭސްފަރުވާ ކުރައްވާއިރުވެސް ރައީސް މުގާބޭވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަމަށް ލޮޅުން އަރާފަދަ ހާލަތަކަށް އެގައުމުގެ ކަންކަން ގޮސްފައި މިވަނީ ނައިބް ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް