ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 17:28
އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް
އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް
ގޫގުލް
މެސުތް އޮޒިލް
އެޓްލެޓިކޯ އިން އޮޒިލްއާ މަޝްވަރާކޮށްފި
 
އޮޒިލް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން
 
މި ސީޒަނަށްފަހު އާސެނަލްއާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުން ހަމަވާނެ

އަންނަ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށްގެން އާސެނަލް އަށް ކުޅެމުން އަންނަ މެސުތް އޮޒިލް ހޯދުމަށް އޭނާއާ އެޓްލެޓިކޯ މެޑްރިޑުން މަޝްވަރާކޮށްފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ ޖަރުމަނުގެ މިޑްފިލްޑަރު އޮޒިލް ހޯދުމަށް އެޓްލެޓިކޯ އިން އޭނާއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެ މަޝްވަރާގައި ހަފްތާއަކު 200،000 ޕައުންޑުގެ މުސާރައެއް އޭނާ އަށް ދިނުމަށް ނިންމާފައިވާ އެޓްލެޓިކޯ އިން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް އޮޒިލްގެ ފަރާތުން އޭނާގެ މުސާރައިގެ ގޮތުގައި 330،000 ޕައުންޑުގެ އަގެއް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އާސެނަލްއާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިމޭއިރު، އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް އާސެނަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އޮޒިލް ހޯދުމަށް އެޓްލެޓިކޯގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރު ކެރިޔަރު ފެށި އޮޒިލް ވިދާލީ 2010 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 159 މެޗު ކުޅެ، 27 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށް ފަހު އޮޒިލް އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 168 މެޗު ކުޅެ33   ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮ ށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް