ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 21:34
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށްދާން ޖެހިފައި
އެތައްހާސް ރޮހިންޖާ މުސްލިމުންނެއް ވަނީ ގައުމު ދޫކޮށްދާން ޖެހިފައި
ޓްވިޓަރ
މިޔަންމާ
މިޔަންމާގެ ރަކައިން ސްޓޭޓުގައި ހުރި އަސްކަރިއްޔާގެ ޖެނެރަލް މަގާމުން ދުރުކޮށްފި
 
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކާ ހެދި އަސްކަރިއްޔާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި

މިޔަންމާގެ އަސްކަރިއްޔާ އިން ރަކައިން ސްޓޭޓަށް ކަނޑައަޅާފައިވާ އަސްކަރިއްޔާގެ ޖެނެރަލް މަގާމުން ދުރުކޮށްފިއެވެ.

ރަކައިން ސްޓޭޓަށް ކަނޑައަޅާފައިވާ އަސްކަރިއްޔާގެ ޖެނެރަލް މައުންގް މައުންގް ސޮއެ މަގާމުން ދުރުކުރި ކަމަށް އަސްކަރިއްޔާގެ މީޑިއާ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާއިރު މިޔަންމާގެ އަސްކަރިއްޔާ އިން މިދިޔަ އޯގަސްޓް މަހުން ފެށިގެން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ފެށި އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝް އަށް ވަނީ 600،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ހިޖުރަ ކޮށްފައެވެ.

ރަކައިން ސްޓޭޓަށް ކަނޑައަޅާފައިވާ އަސްކަރިއްޔާގެ ޖެނެރަލް މައުންގް މައުންގް ސޮއެ މަގާމުން ދުރުކުރި ވަކި ސަބަބެއް ހާމަކޮށްފައި ނުވެއެވެ. އަދި އިތުރު މަގާމެއް ހަވާލުނުކޮށް "ރިޒާވް" ގައި ބަހައްޓާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަތް ފޭރިގަންނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް