ސިލޯން
|
13 ނޮވެންބަރ 2017 | ހޯމަ 18:27
ޑީއެމްޒީގައި ދެކުނު ކޮރެއާ ސިފައިންނާއިއެކު އެމެރިކާ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ
ޑީއެމްޒީގައި ދެކުނު ކޮރެއާ ސިފައިންނާއިއެކު އެމެރިކާ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ
ގޫގުލް
އުތުރު ކޮރެއާ-ދެކުުނު ކޮރެއާ
އުތުރު ކޮރެއާ ސިފައިންގެ މީހަކު ޑީއެމްޒީ ހުރަސްކޮށް، ދެކުނު ކޮރެއާއަށް!
 
އުތުރު ކޮރެއާގެ ވެރިކަމުގެ އަނިޔާވެރިކަމުން ސަލާމަތްވާން ހާހެއްހާ މީހުން ކޮންމެ އަހަރަކު ދެކުނު ކޮރެއާއަށް އެތެރެވޭ
 
މިއީ ދުނިޔޭގެ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ އެއް ބޯޑަރު ހުރަސްކުރާ ސަރަހައްދު

އުތުރު ކޮރެއާގެ ސިފައިންގެ މީހަކު ޑީއެމްޒީ ހުރަސްކޮށް، ދެކުނު ކޮރެއާއަށް ގޮސްފިއެވެ. އުތުރު ކޮރެއާގެ ސިފައިންގެ މިމީހާ ޑީއެމްޒީ ހުރަސްކޮށް، ދެކުނު ކޮރެއާއަށް ވަން ވަގުތު އުތުރު ކޮރެއާ ސިފައިން އޭނާގެ ގަޔަށް ބަޑިޖެހިކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވެއެވެ.

ޑީއެމްޒީއަކީ އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ގުޅޭ ސަރަހައްދީ ރޮނގެވެ. ދެ ކޮރެއާ ގުޅޭ މިސަރަހައްދީ ރޮނގަކީ ދެޤައުމުންވެސް ބަރުހަތިޔާރާއިއެކު ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަހައްދެކެވެ. އަދި އުތުރު ކޮރެއާ ސިފައިންގެ މީހާ ސަރަހައްދީ ރޮނގު ހުރަސްކުރި ޕަންމުންޖޮމް އަވަށުގެ ޖޮއިންޓް ސެކިއުރިޓީ އޭރިޔާއަކީ ދެ ކޮރެއާ ހުރަސްކޮށް ފަސޭހައިން ދެވެން އޮންނަ ހަމައެކަނި ސަރަހައްދެވެ. އެހެން ނަމަވެސް ދެޤައުމުގެ ސިފައިންނާއި އަދި ދެކުނު ކޮރެއާ ފަޅީގައި ތިބޭ އެމެރިކާ ސިފައިންގެ ސަބަބުން ސަރަހައްދީ ރޮނގު ހުރަސްކޮށް އުތުރު ކޮރެއާއިން އަންނަނީ މަދު ބައެކެވެ. އަދި އުތުރު ކޮރެއާއާއި ސަރަހައްދީ އިން ހިއްސާ ކުރާ އަނެއް ޤައުމު ކަމަށްވާ ޗައިނާއިން ވެސް ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި އޮތުމުން ފިލައިގެން ސަރަހައްދީ ރޮނގު ހުރަސްކުރުމަކީ އުނދަގޫ ކަމެކެވެ.

އެކި ގޮތްގޮތުން ފިލައިގެން އަހަރަކު ހާހެއްހާ މީހުން އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ދާކަމަށްވެއެވެ. އަދި އުތުރު ކޮރެއާއިން ފިލައިގެން ދެކުނު ކޮރެއާއަށް އަންނަ މީހުންނަށް ދެކުނު ކޮރެއާއިން ހިމާޔަތްދެއެވެ. އުތުރު ކޮރެއާ މީހުންނަށް ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ ޤައުމުން ބޭރަށް ދިޔުން މަނާކޮށްފައިވާއިރު، 1953ވަނަ އަހަރުން ފެށިގެން މިހާތަނަށް 30 ހާހެއްހާ މީހުން އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް އެތެރެވެފައިވާ ކަމަށް އެޤައުމުގެ ސަރުކާރުގެ ރިޕޯޓްތައް ބުނެއެވެ. ކޮރެއާ ހަނގުރާމައަށް ފަހު ދެޤައުމުން ސުލްހައިގެ އެއްބަސްވުމެއް ޤާއިމްކޮށްފައި ނުވާތީ، މިދެޤައުމު އަދިވެސް އޮތީ ހަޤީގަތުގައި ހަނގުރާމައިގެ ޙާލަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް