ސިލޯން
|
14 ނޮވެންބަރ 2017 | އަންގާރަ 16:56
ތެޔޮ ގަޑުބަޑުކޮށްގެން ވިއްކަން އުޅެނިކޮށް އަތުލައިގަންނަން ލަންކާ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
ތެޔޮ ގަޑުބަޑުކޮށްގެން ވިއްކަން އުޅެނިކޮށް އަތުލައިގަންނަން ލަންކާ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
ޑެއިލީ މިރޯ
ސްރީލަންކާ
ގަޑުބަޑުކޮށްގެން ޕެޓްރޯލް ވިއްކަން އުޅެނިކޮށް އަތުލައިގެންފި
 
ލަންކާއަށް ދިމާވި ތެލުގެ ތާށިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިހާރުވަނީ ލިބިފައި
 
އަތުލައިގަތް ތެޔޮ ބައުޒަރަކީ އައިއޯސީ އަށް ތެޔޮ އުފުލައިދޭ ބައުޒަރެއް

ސްރީލަންގައި ދިމާވި ތެލުގެ ތާށިކަމަށް ދާއިމީ ހައްލެއް ނުލިބި އުޅެނިކޮށް، ޕެޓްރޯލާއި ކެރޮސިން (ސާފުތެޔޮ) އެއްކޮށްގެން ވިއްކަން އުޅެނިކޮށް އަތުލައިގެންފިއެވެ.

ލަންކާގެ ފުލުހުންގެ ސްޕެޝަލް ޓާސްކްފޯސްއިން މިކަން ކުރި ބަޔަކު އަތުލައިގެންފައިވަނީ ދަމްބުއްލަ ސަރަހައްދުންނެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެތަނަށް ދިޔައިރު، ޕެޓްރޯލް އުފުލާ ބައުޒަރަކުން ޕެޓްރޯލް ނަގައި، އޭގެ ބަދަލުގައި ސާފުތެޔޮ އަޅަމުންދިޔަކަމަށް ލަންކާގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިމައްސަލައިގައި ފުލުހުންވަނީ ބައުޒަރުގެ ޑްރައިވަރާއި އޭނާގެ އެހީތެރިޔަކު ހައްޔަރުކޮށްފައެވެ. އަދި ބައުޒަރުގެ އިތުރުން ސާފުތެޔޮ އުފުލި ލޮރީއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ހިފެހެއްޓި ބައުޒަރަކީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އެމް.އޭ.އެމް މަހަރޫފްގެ ބައުޒަރެކެވެ. އޭނާއަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ޕާޓީ ޔޫއެންޕީގެ މެމްބަރެކެވެ. އަދި މިބައުޒަރަކީ ލަންކާ އިންޑިއަން އޮއިލް ކޯޕަރޭޝަންއަށް ތެޔޮ އުފުލައިދޭ ބައުޒަރެކެވެ. ދާދި ފަހުން ލަންކާއަށް ދިމާވި ތެލުގެ ތާށިކަން ދިމާވީ ލަންކާ އައިއޯސީއިން ގެނައި ތެޔޮ ޝިޕްމަންޓެއްގެ ކޮލިޓީ މައްސަލަތަކެއް ދިމާވެގެންނެވެ. މިމައްސަލައިގައި ޤާނޫން ހަދާ މަޖިލީހުގެ މެމްބަރު މަހަރޫފް ވިދާޅުވީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށާއި، މައްސަލަ ތަހުޤީޤްކުރުމަށް ގޮވާލައްވާކަމަށެވެ.

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވުމަށް ފަހު ލަންކާ ސަރުކާރުގެ ތެޔޮ ކުންފުނި ސިޕެޓްކޯއިން މިހާރުވަނީ ތެޔޮ ޝިޕްމަންޓެއް ގެނެސް، މައްސަލަ ހައްލުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ލަންކާގައި ތެޔޮ ރައްކާކުރުމުގެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ތެޔޮ ރައްކާކުރުމުގައި އުނދަގޫތަކެއް ހުރިއިރު، އަނެއްކާވެސް މިފަދަ ތާށިކަމެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް