ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 15:50
ދިވެހިރާއްޖޭގެ ހައި ކޯޓު
ދިވެހިރާއްޖޭގެ ހައި ކޯޓު
މުހައްމަދު ޝަރުހާން
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް ލާން ކުރި ހުކުމަކަށް ހައިކޯޓުން ތާއީދުކޮށްފި
 
ހައިކޯޓުން ނިންމީ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް
 
އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް
 
ސޯޓުގެ ޖީބުން މަސްތުވާތަކެތި އަޅާފައި ހުރި ދަޅެއް ފެނުނު މައްސަލަ

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ހއ. އިހަވަންދޫ ގުޑްލަކް މުހައްމަދު އިމްޔާނު އެވެ. އުމުރަށް ޖަލަށް ލުމުގެ އިތުރުން އެއްލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެސް ވެ އެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.

މުހައްމަދު އިމްޔާނުގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ، އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2013 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ލައިގެން ހުރި ސޯޓުގެ ވާތްފަރާތު ޖީބުން މަސްތުވާތަކެތި އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު މައްސަލައިގަ އެވެ.

އޭނާގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 23.79 ގްރާމް ހުރި ކަމަށް އެތަކެތީގެ ތަހުލީލީ ރިޕޯޓުގައި ބުނެފައިވެއެވެ.

އިމްޔާނުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި