ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 18:33
މާރުކޭޓުގައި ވިއްކަން ހުރި ބައެއް ތަރުކާރީ
މާރުކޭޓުގައި ވިއްކަން ހުރި ބައެއް ތަރުކާރީ
ސިމާހާ ނަސީމް
މާރުކޭޓުގެ ތަކެތީގެ އަގު
ލުނބޯގެ އަގު ވެއްޓުނު އިރު ފަޅޯގެ އަގު އުފުލިއްޖެ
 
މިއަދަކީ ބަންދު ދުވަހެއް ކަމުން މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުގެ ވިޔަފާރި ރަނގަޅު
 
އެންމެ އަގު ހެވީ ލުނބޯ
 
އެންމެ އަގު ބޮޑީ ފަޅޯ

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލުނބޯގެ އަގު 25 ރުފިޔާއަށް ހެޔޮވެފައިވާ އިރު ފަޅޯ ކިލޯއެއް އަގު 50 ރުފިޔާއަށް އަގު ބޮޑުވެފައިވާ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެން ހުރި އިރު ހިކަނދިފަތް ބޮނޑިއެއް 5 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ. އަދި ކެރެޓް ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރި އިރު ކިއުކަންބާރ ކިލޯއެއް ލިބެން ހުރީ 45 ރުފިޔާއަށެވެ.

މީގެ އިތުރުން މިދުވަސްކޮޅު  ހޯދުމަށް އެންމެ އުނދަގޫ އެއްޗަކީ މިރުސް ކަމަށް ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުންޏެވެ.

މާރުކޭޓުގައި އެކި ބާވާތުގެ މޭވާތައް ވިއްކަން ހުރިއިރު އާންމުން އެންމެ ގިނައިން މިދުވަސްކޮޅު ގަންނަނީ މޭބިސްކަނދުރު ކަމަށް މޭވާ ވިއްކާ ފަރާތްތަކުން ބުނ

މާރުކޭޓުގައި އޮރެންޖު 5 ރުފިޔާއަށް ވިއްކަން ހުރިއިރު އާފަލު 3 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އަދި އަންނާރު 80 ރުފިޔާއަށް ކިލޯއެއް ލިބެން ހުރިއިރު އަނބު ކިލޯއެއް ލިބެން ހުރީ 100 ރުފިޔާ އަށެވެ.

މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމުން ތަކެތި ގަންނަން އަންނަ ފަރާތްތައް ގިނަވެފައި ވިޔަފާރި ރަނގަޅު ކަމަށް ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް